ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެނިފާރ ލޯރެންސްއާއި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އާއި ދެމެދުގައި އޮންނަ ގުޅުމާއި ބެހޭގޮތުން ޖެނިފާރ ލޯރެންސް ވާހަކަދައްކައިފިއެވެ. ހަންގާރ ގޭމްސް ފިލްމްތަކުގެ ތަރި ޖެނިފާރ ލޯރެންސް ބުނާގޮތުގައި އޭނާއާއި ކިމް ކާޑޭޝިއަންއާއި ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަކީ އެއްކޮޅުން އޮންނަ ގުޅުމެކެވެ.

މިގޮތުން ކިމް ކާޑޭޝިއަންގެ ފަރާތުން މި ގުޅުން ދެމެހެއްޓުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރާކަމަށް ހާމަވާފަދަ ގޮތަކަށް ވާހަކަދައްކަމުން ޖެނިފާރ ލޯރެންސް ވަނީ އޭނާއަކީ ކިމް ކާޑޭޝިއަންގެ އެކުވެރިއެއްގެ ގޮތުގައިވެސް ކިމް ދެކޭކަމަށް އޭނާއަށް ހީނުވާކަމަށް އިންޓަވިއުއެއްގައި ބުނެފައެވެ. ކާޑޭޝިއަން އާއިލާއާއި ބެހޭގޮތުން ސުވާލުކުރެވުމުން ޖެނިފާރ ލޯރެންސް ވަނީ އެމީހުންނަކީ ވަރަށް ރަނގަޅު ބައެއްކަމަށް ބުނެ އެމީހުންނަށް ތައުރީފްކޮށްފައެވެ.

މިގޮތުން ކާޑޭޝިއަން އާއިލާގެ އެންމެންވެސް އޭނާއަށް ވަރަށް ރަނގަޅުކަމަށާއި އަދި އެ އެންމެންނަކީވެސް ވަރަށް އާދައިގެ އަދި ވިސްނުންތޫނު، މަޖާ ބައެއްގެ ގޮތުގައި ޖެނިފާރ ވަނީ ސިފަކޮށްފައެވެ. ޖެނިފާރ ވަނީ ކާޑޭޝިއަން އާއިލާއާއި ދިމާވުމުގެ ކުރިން އޭނާ ކިމް އާއި ބެހޭގޮތުން ހޯދެންހުރި ހުރިހާ މައުލޫމާތެއް ހޯދިކަމަށްވެސް ކިޔައިދީފައެވެ. އަދި ޖިމީ ކިމެލް ޝޯވ ގައި ކިމް ކާޑޭޝިއަންއާއި އިންޓަވިއުކުރަން ފުރުސަތު ލިބުން އެއީ މުޅި އުމުރު ދުވަހު އޭނާ މަޑުކޮށްގެން ހުރި ފުރުސަތެއްގެ ގޮތުގައިވެސް ޖެނިފާރ ލޯރެންސް ވަނީ ބުނެފައެވެ. ޖެނިފާރ ބުނާގޮތުގައި އޭނާ އަކީ ކިމް ކާޑޭޝިއަންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ.

http://www.dailymail.co.uk/tvshowbiz/article-5430849/Jennifer-Lawrence-friends-Kim-Kardashian-not-reciprocated.html