ކަވާސާގެ 32 ވަނަ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.

މިރޭގެ ޝޯވް ހުށަހަޅައިދޭނީ ޒުވާން ދެ މިއުޒިޝަނުން ކަމަށްވާ ހުމޭ އާއި އައިން އެވެ.

ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވް ސްޕޮންސަރ ކުރީ އާޓިސްޓުންނަށް އުންމީދެއް ދިނުމުގައި މިބާވަތުގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބައެކެވެ.

އެ ކްލަބުން ބުނީ ކަވާސާގައި ޕާފޯމްކޮށްގެން ހުސްއަތާ އެއްވެސް މިއުޒިޝަނަކު ނުދާނެ ކަމަށާއި އެހެން ނަމަވެސް މާލީ ހާލަތު ދަށް ދުވަސްވަރެއްގައި ސްޕޮންސަރ ހޯދުމުގެ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމުން މިއުޒިޝަނުން ބާރުވެރިކުރުވުމަށް އެންމެގެވެސް އެހީތެރިކަން ބޭނުންވާ ކަމުގައެވެ.

ކަވާސާއަކީ ވާޗުއަލް އޯޑިއޯ ކޮންސެޕްޓެއްގައި ލައިވް ގިގުތައް ރާއްޖޭގައި ބާއްވަން ފެށި ފުރަތަމަ ކްލަބެވެ. އެ ކްލަބްގެ ޝޯވްތައް ހިލޭ އަޑުއަހާލުމަށް