ބްރެޒިލްގެ ޖަންގަލިތަކުގެ ތެރޭގައި އުޅޭ މީހުންގެ ތެރެއިން އެންމެ ފަހުން ފެނުނު މީހާ 26 އަހަރުފަހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިޒަމަނާމުގެ ތަހުޒީބާއި ތަރައްގީގެ އެއްވެސް އަސަރެއް މި ގަބީލާ އަށް ނިސްބަތްވާ މީހުންނަށް ނުކުރާއިރު އެމީހުން ފެށުނީއްސުރެ ދިރިއުޅެމުން އައީ ވަލުތެރޭގައި ކަމަށް ބްރެޒިލްގެ ކަމާބެހޭފަރާތްތަކުން ބުނެއެވެ.

މި ގަބީލާގެ އެންމެ ފަހު މީހާ، "ދަ މޭން އޮފް ދަ ހޯލް" ގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު އޭގެ ކުރިން އުޅުނު އެ ގަބީލާގެ އެންމެ ފަހަށް ތިބި މީހުން މަރުވެފަައި ވަނީ ޖަންގައްޔަށް އެކި ކަންކަމުގައި ދާ މީހުންގެ ފަރާތުން ލިބުނު އަނިޔާތަކުގައެވެ.

ބްރެޒިލްގެ ނެޝަނަލް އިންޑިއަން ފައުންޑޭޝަން (ފުނާއީ) އިން ނެރުނު ބަޔާނެއްގައި ބުނީ 26 އަހަރު ވަންދެން މުޅިން އެކަހެރިވެގެން ދިރިއުޅެމުން ދިޔަ މި މީހާ އަކީ އެއްވެސް އިރެއްގައިބޭރު ދުނިޔެއަށް ނުދަންނަ މީހެއް ކަމަށާއި، އޭނާ ފެނިފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޮލީވިއާއާ ބޯޑަރު ސަރަހައްދުގައި އޮންނަ ރޮންޑޯނިއާ ސްޓޭޓުގެ ޓަނާރޫ އިންޑިޖިނަސްޓެރިޓަރީގައި މަރުވެފައި އޮއްވާ ކަމަށެވެ.

އޭނާ ދަންނަ އެންމެން މަރުވެ އަދި ގެއްލުނު ހިސާބުން ފެށިގެން އެ މީހާ ވަނީ ބޭރު ދުނިޔެއާ ހުރިހާ މުއާމަލާތެއް ކުރަން ދެކޮޅު ހަދާފަ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ ބިޔަ ޖަނަވާރުތަކާއި ބްރެޒިލްގެ އެމޭޒަން ރެއިންފޮރެސްޓްގެ އެންމެ ނުރައްކާތެރި އެއް ސަރަހައްދުގައިއެވެ.

ބެލެވޭ ގޮތުގައި މި މީހާ އެކަނިވެރިވީ 1990ގެ މެދުތެރޭގައި އޭނާގެ ކުޑަ ކުޑަ ގަބީލާގެ ބާކީ ތިބި މީހުން، ގަވައިދާ ހިލާފަށް ޖަންގައްޔަށް ގޮސް އުޅޭ މީހުން ގަބީލާގެ ސަރަހައްދުގެ ބޭނުން ހިފުމަށް އެދިގެން އެމީހުން މަރާލި ހިސާބުން ފެށިގެންނެވެ.

މި ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ މައިން ކުރާ މީހުންނާއި، ޝިކާރަ ކުރާ ފަރާތްތަކުން ގަބީލާގެ މިމީހުންނަށް ކުރީގައި އަނިޔާ ކޮށްފައިވާ ކަމަށް ސަވައިވަލް އިންޓަނޭޝަނަލް އިން ބުނެއެވެ.