ޕޫލަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ މަންމައެއްގެ ފުރާނާ 10 އަހަރުގެ ދަރިފުޅު ސަލާމަތް ކޮށްދީފިއެވެ.

އޭބީސީ ނޫހުން ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެން ދަނީ ކުޑަ ކުއްޖަކު ހަރުގަނޑެއް މައްޗަށް އަރައި ޕޫލު ތެރެއަށް ފުންމާލާ މަންޒަރެވެ. އަދި ގެނބެމުން ދިޔަ އެކުއްޖާގެ މަންމައާއި ދިމާލަށް ބާރަށް ގޮސް ޕޫލުގެ އެއް އަރިމައްޗަށް މަންމަ ކައިރި ކުރިއެވެ.

ތުއްތު ކުއްޖެއްގެ ފަރާތުން މިފަދަ މަންޒަރެއް ފެނުމާއި ގުޅިގެން މީޑިއާގައި ގިނަ ބަޔަކު ވަނީ ކުއްޖާގެ ކުޅަދާނަ ކަމާއި ކުއްޖާއަކީ އެއީ ކޮން އުމުރެއްގެ ކުއްޖެއްތޯ ސުވާލު ކޮށްފައެވެ. އެސުވާލުތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ބުނެފައިވަނީ ކުއްޖާއަކީ އެންމެ 10 އަހަރުގެ ކުއްޖެއް ކަމަށާއި މަންމަގެ މޫނު ފެނު އަޑިއަށް ނުފޮނުވައި ގިނަ އިރުތަކެއް ކުއްޖާ ހޭދަކޮށްފައިވާ ކަމަށެވެ.

އެކުއްޖާއާއި މަންމަ ޕޫލު ތެރެއިން ނަގާފައިވަނީ އެސަރަހައްދަށް އައި އިތުރު މީހެކެވެ.

 

View this post on Instagram

 

A post shared by ABC News (@abcnews)

ރިޕޯޓްތަކުން ބުނާ ގޮތުގައި ކުއްޖާގެ މަންމަ ގެނބެން ފަށާފައިވަނީ ލިބުނު ކުއްލި ޝޮކެއްގެ ސަބަބުންނެވެ. އެޝޮކުގެ ސަބަބުން މީހާގެ ހަރަކާތް އެއްކޮށް ހުއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކުއްޖާ މަންމަ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ ވީޑިއޯއަށް ލިބިފައެވެ. އަދި ގިނަ ބަޔަކު ވަނީ އެއުމުރުގެ ކުއްޖަކަށް ޕޫލަށް ފައިބައިގެން އެކަން ކުރަން އެނގުމަކީ ކުއްޖާގެ މަންމަ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެކެކެ

    އެއީ އެކުއްޖާގެ ކާފަ..

  2. ފާއިޒު

    ވަރަށް ފޭކު. މީ ވަރަށް ވާހަކަ.

    2
    1
  3. ޙެޖޭ

    ޑުޜާމާއެއް..