އިންޑިއާގެ އެކްޓަރ ކަމަލް އާރް ޚާން (ކޭއާރްކޭ) ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ކޭއާރްކޭ ހައްޔަރު ކުރީ 2020 ވަނަ އަހަރު އޭނާގެ މީށް މީޑިއާ ޕޯސްޓްތަކާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ކަމަށެވެ.

ކޭއާރްކޭ ޚާން ހައްޔަރުކޮށްފައިވަނީ މުމްބާއީ އެއާޕޯޓުންނެވެ. އޭނާ މިއަދު މުމްބާއީގެ ބޮރިވާލީ ކޯޓަށް ހާޒިރުކުރާނެއެވެ.

ކޭއާރްކޭ ހައްޔަރުކޮށްފައި ވަނީ، ޔޫވާ ސެނާގެ ލީޑަރު ރާހުލް ކަންނާލް 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ހުށަހެޅި ޝަކުވާއެއްގެ މައްޗަށް ބިނާކޮށެވެ. އެ ޝަކުވާ އަކީ މަރުވެފައިވާ އިރްފާން ޚާން އާއި ރިޝީ ކަޕޫރުއާ ގުޅޭގޮތުން ކޭއާރްކޭ "ނަފްރަތު"ގެ ޓްވީޓްތަކެއް ކޮށްފައިވާ ކަމަށް ބުނެއެވެ.

ރާހުލް ކަންނާލް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކަމާލް އާރް ޚާން ނަމަކަށް ކިޔާ މީހަކު މީސް މީޑިއާގައި ނަފްރަތު ފަތުރަމުންދާ ކަމަށެވެ.

ހިކަމާލްއަކީ ހިންދީ އަދި ބޮޖްޕޫރީގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭނާ ވަނީ ބައެއް ޕްރޮޖެކްޓްތައް ޕްރޮޑިއުސްކޮށްފައެވެ. އަދި ބިގް ބޮސް 3 ގައިވެސް އޭނާ އުޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަދި ތަންކޮޅެއް އަވަހެއްނު ހައްޔަރު ކުރިއިރު……؟

  2. Anonymous

    ތީނަ އަކީ އެއްމެ ފިލްމެއް ކުޅުނު ފްލޮޕް އެކްޓަރެއް ދެން މަޗްހޫރު ވާންވެގްނ ފިލްމީ ތަރިންނާ ދިމާލަށް އެއްޗެހި ގޮވޮމުން ޓްވީތް ކުރަމުން ދިޔަ ވ ގޯސް މީހެއް!