ސައުދި އަރަބިއްޔާއަށް ނިސްބަތްވާ އުމުރުން އެންމެ ނުވަ އަހަރުގެ ފިރިހެން ކުއްޖަކު، ތިން ދަބަހެއް ކޮނޑު އަޅުވައިގެންދާ މަންޒަަރު ފެންނަ ފޮޓޯއަކާއެކު އެތައް ބަޔަކު ވާހަކަ ދައްކަން ފަށައިފިއެވެ.

މިޝާލް އަލް ޝަހްރާނީ ނަމަކަށް ކިޔާ އެ ކުއްޖާ ފެނިގެން ދަނީ އޭނާގެ ކޮއްކޮ ސާރާ އާއި ނޫރާގެ އިތުރުން އޭނާގެ ދަބަސް ކޮނޑުގައި އަޅުވައިގެން ދާ ތަނެވެ. އެއީ އެ ކުދިން ސްކޫލް ގަޑި ނިންމާފައި ގެެއަށް ދިޔަ މަގުމަތީގައި ނަގާފައިވާ ފޮޓޯއެކެވެ.

އެ މަންޒަރުގެ ފޮޓޯ ފުރަތަމަ ނަގާފައި ވަނީ އެ ކުދިންގެ ބައްޕައެވެ. އެ ފޮޓޯ ނެގުމަށްފަހު އެ ކުދިންގެ ބައްޕަ ފޮޓޯ ހިއްސާކޮށްފައި ވަނީ އާއިލާ މީހުން ތިބޭ ވަޓްސްއެޕް ގްރޫޕެއްގައެވެ.

ފަހުން އެ ފޮޓޯ ވައިރަލްވެ އެތައް ބަޔަކު އެ ފޮޓޯގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. އެތައްް ބަޔަކު އެ ފޮޓޯއަށް ކޮމެންޓްކޯށް ލައިކް ދީފައި ވެއެވެ.

މިޝަލް އަކ ޚަމިސް މުޝައިތު ގައި ހުންނަ އިބްނު ނަފީސް އެލިމެންޓަރީ ސްކޫލްގެ ދަރިވަރެކެވެ.

މި ފޮޓޯ ވައިރަލްވުމާއެކު އޭނާ ދީފައި ވަނީ ހައިރާން ކުރުވާވަރުގެ ޖަވާބެކެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ އަހަރެންގެ އާއިލާއަށް، ހާއްސަކޮށް އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސާރާ އާއި ނައުރާ ސްކޫލުން އެނބުރި އަންނައިރު އެހީވާން".

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😄

    އެދަބަހުގަ ފުރޮޅުވެސް އެބަހުރި، އިންޓުދަބަސް ބަރެއްވެސް ނުވާނެ. ބޭބެއިން ކޮއްކޮއިންނަށް އެހީނުވާށެކޭނޫން. ޢެކަމަކު ފޮޓޯ ނަގަންވެސް ބެލެނިވެރިޔަކު ހުރުން އެކަށީގެންވޭ.

    3
    2
    • 🤔

      ވަރަށް ހާލުގައި ލައިފް ކުރިއަށް ގެންދާ މީހެއްހެން ހީވެ. ތިލެވެލްގެ ނެގެވިޓީ ހުރިމީހަކް ދިރިއުޅުމުގައި ވަރަށް ކަންކަން ދިމާވާނެ.