އިންޑިއާގައި ބަސް ޑްރައިވަރަކު ބަހެއްގެ ތެރޭގައި ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެކުއްޖާ ރޭޕް ކޮށްފައިވަނީ ކުއްޖާ ސްކޫލަށްދާ ބަހުގެ ޑްރައިވަރެވެ.

މަދްޔާ ޕްރަދޭޝްގައި ހިނގި މިހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، ބަސް ޑްރައިވަރެއްގެ އިތުރުން ބަސް އެޓެންޑެންޓަކަށް ހަރަކާތްތެރިވަމުން އަންނަ އަންހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ސްކޫލު މެނޭޖްމެންޓުގެ އަތެއް ވެސް ވާކަމަށް ޝައްކު ކުރެވޭތީ ފުލުހުން ވަނީ އެކަން ވެސް ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އެކަން އެގޮތަށް ބަލަން ނިންމާފައިވަނީ ހާދިސާއާއި ގުޅިގެން ސްކޫލުގެ ޕްރިންސިޕަލް ވަގުތުން އެކަމާއި ގުޅޭ ގޮތުން ވަކި އެއްޗެކޭ ބުނެފައި ނުވާތީއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ބޮޕާލްގައި ހުންނަ ޕްރައިވެޓް ސްކޫލެއްގައި ކިޔަވަމުން އަންނަ އެކުއްޖާ ރޭޕް ކޮށްފައިވަނީ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީއެވެ.

ކުއްޖާ ރޭޕް ކޮށްފައިވާކަން އާއިލާއަށް އެނގިފައިވަނީ ކުއްޖާ ގެއަށް ދިއުމުން ލައިގެން ހުރި ހެދުން ބަދަލުކޮށްފައި ހުރުމުންނެވެ. އެކަން އެގޮތަށް ހިނގައިދިއުމުން ސްކޫލު ޕްރިންސިޕަލް އަށާއި ކުއްޖާގެ ޓީޗަރަށް ގުޅުމުން އެފަރާތުން ވަނީ ހެދުން ބަދަލު ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

އަދި އޭގެ ފަހުން ކުއްޖާގެ ޖިންސީ ގުނަވަންތަކަށް ތަދުވާތީ މަންމަ ކައިރީ ބުނުމުން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުން ކުއްޖާ ރޭޕް ކޮށްފައިވާކަން ވަނީ އެނގިފައެވެ. އޭގެ ފަހުން ކުއްޖާ ވެސް ވަނީ ބަސް ދުއްވަން ހުރި މީހާ ކުއްޖާއާއި ބެހުނު ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 123

    ވަރަން ހިތާމަށް

  2. މަ

    ޔާﷲ

  3. Unknown

    ޔާ ﷲ

  4. Anonymous

    ބީޖޭޕީގެ ލީޑަރުން ތިޔަ ތާނގައި ތިބިހާ ހިނދަކު ރޭޕެއްވެސް އެހެން މުންކަރާތެއްވެސް ނުހުއްޓުވޭނެ.