ކޮންމެ މީހަކު ވެސް އެމީހަކު އަދާ ކުރަމުން އަންނަ ވަޒީފާ ދެކެ ލޯބިވާނެއެވެ. ކިތަންމެ އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް ހިނިތުންވުމަކާއި އެކީ ވަޒީފާ އަދާ ކުރާ މީހުން އެބަ ތިއްބެވެ. އުނދަގޫ ވަޒީފާތަކުގެ ތެރޭގައި ޓްރެފިކް ބެލެހެއްޓުން ހިމެނެއެވެ. ހާއްސަކޮށް އެއީ އިންޑިއާގެ ފުލުހުންނަށް ވަރަށް ވެސް އުނދަގޫ، ގޮންޖެހުންތައް ގިނަ ވަޒީފާއެކެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް އެގައުމުގެ ފުލުހަކު "ނަށަމުން" ޓްރެފިކް ބަލަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި މިވަނީ ދައުރުވާން ފަށާފައެވެ. މިވީޑިއޯއާއި އެކީ ގިނަ ބައެއްގެ ސަމާލުކަން އޭނާ ވަނީ ހުއްޓިފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެވީޑިއޯގައި ފެނިގެން ދަނި ޖޮގެންޑްރަ ކުމާރު ނަމަކަށް ކިޔާ ފުލުހެކެވެ.

އޭއެންއައި ނޫހުން ހިއްސާކޮށްފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ދެހްރާދުންގެ ހޮސްޕިޓަލެއް ކައިރީގައި އޭނާ ޓްރެފިކް ބަލަހައްޓާ މަންޒަރެވެ. އެގޮތުން އޭނާ އެކަން ކުރަނީ އޭނާ އަނގަޔަށް ލައިގެން ހުރި ކަށި ފުމެގެން އަތުން އިޝާރާތް ކޮށްގެންނެވެ. މި ހުރިހާ ކަމެއް ކުރާއިރު އޭނާ ފައިން ނަށާ ހަދައެވެ.

މިވީޑިއޯ މީސްމީޑިއާގައި އާންމުވުމުން 12،000 އަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ޓުވިޓާއިން ބަލާފައެވެ. އަދި ވީޑިއޯއާއި ގުޅޭ ގޮތުން ވާހަކަ ދެއްކި ގިނަ މީހުން ބުނެފައިވަނީ އޭނާ އަކީ ވަޒީފާ އަދާ ކުރާ ހިތުން ފޫހިވުމެއް ނެތި އެކަން ކުރަމުން އަންނަ މީހެއްކަން ވީޑިއޯއިން ފެނިގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަަހަ

    ތީގައި ނެތް ނަށާފައެއް ، ތީ އަސްލު ތިކަން ކުރަންޖެހޭނެ ގޮތަކީ ، ތިއަށްވުރެ ސްލޯވެއްޖިއްޔާ ތިކަމެއް ނުވާނެ

  2. ކެނެރީ

    އެއީވެސް ނެށުމެއްތަ