މީސްމީޑިއާ ބޭނުން ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު ގޮތަކަށް އެމީހުންނަށް ހިނިތުންވުމެއް ލިބިދެންދާފަދަ ވީޑިއޯތައް ފެނެއެވެ. އެގޮތުން މިހާރު މިއޮތީ ވެސް އެފަދަ ވީޑިއޯއެއް އާންމުވެފައެވެ. މިފަހަރު އާންމުވެފައިވާ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އުމުރުން ދުވަސްވީ އަންހެންކު އޭނާގެ ފިރިމީހާ ގޮވައިގެން ސައިކަލު ދުއްވާ މަންޒަރު ފެނިގެން ދާތީއެވެ.

އިންސްޓަގްރާމްގައި "ދަ އެސްޕަޔަރިން ސީޑްގެ ނަމުގައި ހަދާފައި ހުރި އެކައުންޓަކުން އެ ވީޑިއޯ ހިއްސާ ކޮށްފައިވާއިރު، އޭގެއިން ފެނިގެން ދަނީ ފެހި ކުލައާއި ފިޔަތޮށި ކުލައިގެ އިންޑިއާ ހެދުން ނުވަތަ ސާރީ އެއް އަޅައިގެން ހުރި އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ފިރިމީހާ ސައިކަލު ފަހަތަށް އަރުވައިގެން ދުއްވާ މަންޒަރެވެ.

 

View this post on Instagram

 

A post shared by Susmita Dora (@the_aspiring_seed)

މިމަހުގެ 3 ވަނަ ދުވަހު ހިއްސާ ކުރި އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އާންމުކޮށް އެގޮތަށް ސައިކަލުގައި ފެނިގެން ދާނީ ކައިވެނި ކޮށްގެން އުޅޭ ޒުވާނުން ނުވަތަ ރައްޓެހިވެގެން އުޅޭ އަންހެނުން ކުދިންނާއި ފިރިހެން ކުދިން ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ވެސް ދުއްވަން ހުންނާނީ ފިރިހެން މީހާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ އެ ވީޑިއޯއިން ފެނިގެން ދަނީ ވަރަށް "ޔުނިކް" މަންޒަރެއް ކަމަށާއި ވީޑިއޯ ބަލާ މީހުންނަށް އުފާވެރިކަން ވެސް ލިބޭނެ ކަމަށެވެ.

މިވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން 3.6 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލަާފައެވެ. އަދި 3.6 ލައްކައަށްވުރެ ގިނަ މީހުން ވީޑިއޯއަށް ލައިކް ދީފައިވާއިރު، އެތައް ބަޔަކު ވަނީ ވީޑިއޯއިން އެމީހުންނަށް ހިނިތުންވުމެއް ލިބިގެންދިޔަ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެ

    ދިވެހިންނަށް އާ މަންޒަރެއްނޫން.

  2. Anonymous

    ވ ރަގަޅު ހިތްހެޔޮ އަންބަކަށް ވާނީ ! ގިނަ އަންހެނުން ސައިކަލް ނުދުއްވޭ ފިރިހެނުންނާ ހިތާ ވެސް ނުވޭ

    1
    2
  3. ބެއްޔާ

    އިންޑިއާގައި އަންހެނުން ސައިކަލް ދުއްވުމަކީ އާންމު ކަމެއްނޫން. އެހެންވީމަ އިންޑިއާ މީހުންކޮސްވާނެ.