އޮސްޓްރޭލިއާގައި ޒުވާނުންގެ މެދުގައި ކަންބޮޑުވާ މިންވަރަށް ވޭޕް ބޯ މީހުން އިތުރުވަމަުންދާތީ ސިއްހީ މާހިރުން އިންޒާރު ދީފިއެވެ.

ވޭޕް ކުރުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ އެގައުމުގެ "ވިކްޓޯރިއަން" ސްޓޭޓްގައެވެ. އެ ސްޓޭޓުގައި ވޭޕް ބޯ މީހުންގެ އަދަދު ހަތަރު އަހަރު ތެރޭގައި ދެގުނައަށް އިތުރުވެފައިވާ ކަމަށް "ވިކްޓޯރިއަން ސްމޯކިން އެންޑް ހެލްތު ސާވޭ" އިން ބުދަ ދުވަހު ޝާއިއުކޮށްފައިވާ ލިއުމެއްގައި ވެއެވެ.

ޒުވާނުންގެ ތެރޭގައި ފެތުރެމުން އަންނަ މި ބިރުވެރި ޓްރެންޑާ ގުޅިގެން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މުޅި ސްޓޭޓްގައި އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރާ 18 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ އަދަދު "ފަސް ގުނަ" އަށް ވަނީ އިތުރުވެފައިވެއެވެ. 2018-2019 ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުން 30 އަހަރުން ދަށުގެ ވޭޕް ބޯ މީހުންގެ 2.8 ޕަސެންޓްގައި ހުރިއިރު، މި އުމުރުފުރާގެ މީހުން ވޭޕް ބޯ މިންވަރު މި އަހަރު 15.2 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވިކްޓޯރިއަން ސްޓޭޓްގެ 18 އަހަރާ 24 އަހަރާ ދެމެދުގެ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ވޭޕް ބޭނުން ކުރާ މީހުންނެވެ.

މި ދިރާސާއިން ދައްކާ ގޮތުގާ ގިނައިން ޒުވާނުން ބޭނުންކުރަމުން އަންނަނީ މާކެޓުގައި އަގު ހެޔޮ ބާވަތްތަކުގެ އީ-ސިނގިރޭޓުތަކާއި، ވޭޕްތަކެވެ. އެތަކެތީގައި ހަށިގަނޑަށް ގެއްލުން ހުރި އަދި މަނާކޮށްފައިވާ ގިނަ އަދަދެއްގެ ކެމިކަލް ހިމެނޭ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

"ގިނަ ދުވަހު ދިރި ހުންނަން ބޭނުންވާނަމަ، ނޫނީ ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގއި ހުންނަން ބޭނުންވާނަމ، މިފަދަ ކަންކަމާއި ދުރުހެލިވާން ޖެހޭ".

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟެން

    މި ތަކެތިން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކޮށްގެން ވިޔަސް މި ހުއްޓުވާބަލަ. މީގެން ހަމައެކަނި މި ބޯ މީހުނެއް ނޫނޭ ހަނާވަނީކީ. މަގުމަތީގައާއި އޮފީސްތަކުގައިވެސް އަބަދު މި ބޮއެ ބޮއެ ތިބެނީ މި އުޅޭ ޒުވާނުން ވަކި ތަނެއް އޮންނަނީކީ ނޫން.

    3
    1