މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އާއި އޭޕީ ރޮކީއަށް ދަރިއަކު ލިބުނުތާ ނުވަ މަސްވި ދުވަހު އަނެއްކާވެސް ރިހާނާ ބަނޑުބޮޑުކަން އިއުލާނު ކޮށްފިއެވެ.

މި ދެ މީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައި މިދިޔަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ މީހުންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ.

ރިހާނާ އެރިޒޯނާގެ ގްލެންޑޭލްގެ ސްޓޭޓް ފާމް ސްޓޭޑިއަމްގައި އޭނާ ވަނީ ސުޕަ ބޯލް 57 ހާފްޓައިމް ޝޯގައި ޕާފޯމް ކޮށްފައެވެ.

އެގޮތުން ރިހާނާ ވަނީ އޭނާގެ ގިނަ ހިޓް ލަވަތަކެއް ކިޔައި ނަށާފައެވެ. އޭނާ ވަނީ "ވީ ފައުންޑް ލަވް"، "ވެއާ ހޭވް ޔޫ ބީން"، "ޑައިމަންޑްސް" އަދި "ވޯކް" ފަދަ މަޝްހޫރު ހިޓް ފިލްމުތައް ރިހާނާ ހުށަހެޅިއެެވެ.

އިއްޔެ މުޅި މީސް މީޑިއާގައި ގުގުމަމުން ދިޔަ މި ޕާފޯމަންސްގައި އޭނާ މާބަނޑު ކަމުގެ އިޝާރާތެއް ދީފައި ވެއެވެ. އެއީ އޭނާ ހެދުން އަޅައިގެން ހުރި ގޮތުންނާއި އެކުގައެވެ. އެގޮތުން އޭނާ ހެދުން އަޅައިގެން ހުރި ގޮތުން ބަނޑު ބޮޑުކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

ރިހާނާގެ މަންދޫބަކު ހޮލީވުޑް ރިޕޯޓާއަށް ކަށަވަރުކޮށްދިން ގޮތުގައި ސުޕަސްޓާ ބަނޑުބޮޑެވެ.

މިއީ ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ އާ ދެ މީހުންގެވެސް ދެ ވަނަ ދަރިފުޅަށް ވާނެއެވެ.

އެތައް އަހަރެއްގެ ރަހުމަތްތެރިކަމަށްފަހު މި ދެ މީހުންގެ ލޯބީގެ ގުޅުމަށް އަދި ވާނީ ތިން އަހަރެއްހާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މީހުން ދިވެހިންނަށް މަލާމާތްކުރަން ބުނާނެ އަހަރު ދެކޮޅު ވިހަނީއޭ. ބިޗުލެއް ވިހާހެން ވިހަނީއޭ. އަޅެ މި ކޮއި މީ ކޯންޗެއް؟

    11
    2
  2. ހުވަދޫ އަލިބެއްޔާ

    ނަހަލާލަށް ދޯ މީނަ މި ވިހަނީ؟؟؟؟

    3
    1