އިނގިރޭސި ޓީވީ ސީރީޒް "އެމެރިކަން ހޮރޯ ސްޓޯރީ" ގެ 12 ވަނަ ސީޒަންގައި މަޝްހޫރު ޕޮޑްކާސްޓާރ ކިމް ކާޑޭޝިއަން ހަރަކާތްތެރިވާނެކަމަށް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިިޕޯޓްކޮށްފިއެވެ.

މިއީ ޓީވީ ސީރީޒްއަކުން މޮޑެލް އަދި ރިއަލިޓީ ޝޯވ ތަރި ކިމް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ފިލްމީ ދާއިރާގައި ކުޑަ ތަޖުރިބާއެއް ލިބިފައިވާ ކިމް މި ސީރީޒްގައި ކާސްޓް ކުރެވުމުން ސީރީޒްގެ ބައެއްް ފޭނުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އެކްޓިންގއަކީ ކިމްއާއި ނުގުޅޭ މަސައްކަތެއް ކަމަށް އެއް ބަޔަކު ދެކެއެވެ. މިއީ ކިމްގެ އެކްޓިންގ ކެރިއަރގައި އޭނާ މިހާތަނަށް ކުޅޭނެ އެންމެ ބޮޑު ރޯލެވެ.

"ކިމް ފެނިގެންދާނީ ވަރަށް މަޖާ އަދި ސްޓައިލިޝް ރޯލްއަކުންނެވެ. މި ސީޒަން އިން ކުރިން ނުފެންނަ ތަފާތެއް ފެނިގެންދާނެ" ކަމުގައި މި ފިލްމުގެ ޕްރޮޑިއުސަރ ރަޔާން މަރފީ ބުނެފައިވެއެވެ.

ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށްފައިވާ ޕްރޮޑިއުސަރ ބްރެޑް ފޭލްޗުކްއާއި ރަޔާން މާރފީގެ އެފްއެކްސް އެންތްރޮޕޮލޮޖީ "އެމެރިކަން ހޮރޯ ސްޓޯރީ" ގައި ކިމް ފެނިގެންދާ ރޯލަކީ އޭނާއަށް ޚާއްސަކޮށް އުފައްދާފައިވާ ރޯލްއެއްކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިފަހަރުގެ "ޑެލިކޭޓް"ގެ ގޮތުގައި ނަންދެވިފައިވާ މި ސީޒަންގެ ސްކްރިޕްޓް ލިޔެފައިވަނީ ހެއިލީ ފެއިފަރއެވެ.

މީގެ ދެ އަހަރު ކުރިން 'ސަޓަޑޭ ނައިޓް ލައިވް' ގައި ހޯސްޓެއްގެ ގޮތުގައި ކިމް ފެނިގެންދިޔަ ފެނިލުން މަރފީއަށް ވަރަށް ކަމުދިޔައެވެ. އޭގެ ފަހުން އޭނާ ވަނީ ކިމްއަށްޓަކައި ޚާއްސަކޮށް ރޯލެއް ފަރުމާކުރުމުގެ ވާހަކަ ދައްކާފައިއެވެ.