ބްރެޒިލްގެ އަންހެނަކު އޭނާގެ ފޯނު ފޭރިގަތް ނެގި ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިއްޖެއެވެ. މިއާއެކު އޭނާގެ ލޯބީގެ ވާހަކައާ މީސް މީޑީއާއި ވަނީ އާއްމު ވެފައެވެ. ލޯތްބަކީ އެތައް ކަމަކާއި ގުޅިފައިވާ އެއްޗަކަށް ވާއިރު، ވައްކަން ކުރާ މީހަކު ދެކެ ލޯބި ވުމަކީ ވަރަށް ތަފާތު ކަމަކަށް ވެދާނެއެވެ.

އެގޮތުން "ކްރައިމް އޮފް ޕެޝަން" އަށް މުޅިން އާ މާނައެއް ދިން އެމެނުއެލާގެ އެ ވާހަކަ އެތައް ބަޔަކަށް ސަމާލު ކަމެއް ވަނީ ލިބިފައެއް ނުވެއެވެ. ޓްވިޓާގެ 200،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ވީޑިއޯއެއްގައި ބްރެޒިލްގެ މި އަންހެން މީހާ ވަނީ އޭނާގެ ވާހަކަ ހިއްސާކޮށް ހައިރާންކޮށްލިއެވެ.

ބްރެޒިލްގައި ބޭއްވި މީޑިއާ އިވެންޓެއްގައި އެމެނުއެލާ ވަނީ އޭނާގެ ހުވަފެންތަކުގެ ފިރިހެން މީހާއާ އެކު "ފަސްޓް ޑޭޓް" ގެ ހަނދާންތައް ހިއްސާ ކޮށްފައެވެ. އަދި އޭނާގެ ލޯބިވެރިޔާ ދިރިއުޅޭ ހިސާބު މަގުމަތިން ހިނގާފައި ދަނިކޮށް އޭނާގެ ފޯނު ފޭރިގަތް ކަމަށް ބުންޏެެވެ. އަދި އޭނާގެ ފޯނު ފޭރިގަތް މީހާ އަށްވެސް އެ އަންހެން މީހާ ދެކެ ގަޔާ ވެއްޖެއެވެ.

އަދި އެ ފިރިހެން މީހާ ވަނީ ވީޑިއޯއެއް ހިއްސާކޮށް ހަގީގަތުގައި ވެސް އެ އަންހެން މީހާގެ ފޯނުން ފެނުނު ފޮޓޯއާއެކު އެ އަންހެން މީހާއާ މެދު އޭނާގެ އިހުސާސްތައް ބަދަލުވެފައިވާ ކަމުގެ އިހުސާސް ކުރެވުނު ކަމަށް ބުނެފައެވެ.

"އަހަރެން ނަށް އުނދަގޫ ހާލަތެއް ދިމާވީ އަންހެނަކު ނެތުމުން،؟" އޭނާ ބުނެފައި ވެއެވެ. އަދި އެ ފޯނުން ފެނުނު އަންހެން މީހާ އާއެކު، ލޯބިވެވި ފޯނު ފޭރިގަތުމުން ލަދުގަތް ކަމަށްވެސް ބުންޏެވެ.

މި ދެ ލޯބިވެރިން މިހާރު އެކުުގައި އުޅޭތާ ދެ އަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަހަރެން މިއުޅެނީ އަނހެނަކާ އެކު އެކަމަކު އެކަނިވެރިއެއް ގޮތައް އުޅެން މިޖެހެނީ. ދާނވީ ކަންނޭގެ ފޯނެއް ފޭރިގަންނަން.

    1
    4