ފޯނު ޗާޖަށް ޖަހާ، ކައިރީގައި ބާއްވައިގެން ނިދުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކެރި ކަމުގެ ވާހަކަ އެތައް ފަހަރަކު ދައްކާފައި ވެއެވެ. މިއީ މީހުންގެ ސިއްްހަތާއި ގުޅުން ހުރި ވާހަކައެވެ. އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ސިއްހަތަށް ކުރާނެ ކަމުގެ ވާހަކައެވެ.

މި ވާހަަކަ ދައްކާތާ އެތައް ދުވަހެއް ވެފައިވާއިރު، އައިފޯން އުފައްދާ އެޕަލް އިން ދާދި ފަހުން ވަނީ ޗާޖަށް ޖަހައިގެން، ފޯނު ކައިރީގައި ބާއްވައިގެން ނިދުމުގެ އާދަ އޮންނަ މީހުންނަށް ހާއްސަކޮށް ސީދާ އިންޒާރުގެ މެސެޖެއް ނެރެފައެވެ. މި އިންޒާރު އެޕަލްގެ އޮންލައިން ޔޫޒަރ ގައިޑްގައި ހިމަނާފައިވެސް ވެއެވެ.

މި އިރުޝާދުގައި އެ ކުންފުނިން ލަފާދީފައި ވަނީ އައިފޯން ޗާޖުކުރަން ވާނީ ރަނގަޅަށް ވެންޓިލޭޓްވެފައިވާ މާހައުލުތަކުގައި އާއި މޭޒުފަދަ ފްލެޓް ސަރފޭސްތަކުގައި ކަމަށެވެ.

ބްލޭންކެޓް، ބާލީސް ފަދަ މަޑު ތަންތަނުގެ މަތީގައި ފޯނު ޗާޖުކުރުން ވަރަށް ސާފުކޮށް މަނާ ކޮށްފައި ވެއެވެ. އަދި ގައި މަތީގައި ބާއްވައިގެން ފޯނު ޗާޖަށް ޖަހައިގެން ނުއިނުމަށްވެސް ނަސޭހަތްތެރިވެފައި ވެއެވެ.

އެ އިރުޝާދުގައި ބުނެފައިވާގޮތުން އައިފޯނުތަކުގެ ޗާޖިން މަރުހަލާގައި ހޫނު އުފައްދައެވެ. ފޯނުގެ މި ހޫނުކަން ފަސޭހައިން ދޫނުކުރެވޭ ތަންތަނަކީ ބަންދުވެފައި ހުންނަ ތަންތަން ކަމަށް ބަޔާން ކުރާއިރު، މިފަދަ ހާލަތްތަކުގައި އަލިފާން ރޯވުމުގެ ފުރުސަތު އޮވެދާނެއެވެ.

އެހެންކަމުން ބާލީހުގެ ދަށުގައި ފޯން ޗާޖަށް ޖަހާފައި ބެހެއްޓުމަކީ ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ކުރެވިދާނެ އެންމެ ނުރައްކާތެރި އެއް އާދަވުން ގާތެވެ.

އެޕަލް އިން ވަނީ ހަލާކުވެފައިވާ ކޭބަލް ނުވަތަ ޗާޖަރު ބޭނުން ނުކުރުމަށާއި ފެން ހުންނަ އިރު ޗާޖިން ބޭނުން ނުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަބެ

    ފޯނު ޗާޖަށް ޖަހައިގެން ފޯނާ ކޮއްޓުން އެއި މާ ރައްކާތެރިކަމެއްތަ

    6
    2
  2. މުޙައްމަދު

    މި ފަދަ ނުރައްކާތެރި އެއްޗެހި ބޮޑު އަގު ދީފައި ނުގަންނަމާ

    11