23:01

އައިފޯން-15 އަގު ފެށެނީ 799 އެމެރިކާ ޑޮލަރުން. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/12320 ރުފިޔާ. އައިފޯން-15 ޕްލަސްގެ އަގު ފެށެނީ 899 އެމެރިކާ ޑޮލަރުން. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/13860 ރުފިޔާ. އައިފޯން-14 އާއި އައިފޯން-15 އަގު އެއްވަރު.

22:59

އައިފޯން-15 ޕްރޯ އަދި އައިފޯން ޕްރޯ-15 މެކްސްގައި ބޭނުންކޮށްފައި ވަނީ ޓައިނޭޓިއަމް.

22:52

އައިފޯން-15 ގައި ހިމެނޭނީ ސީ ޕޯޓެއްކަން ކަށަވަރު ކޮށްދީފި.

22:51

ފައިންޑް މައި އަށް އިތުރު ތަރައްގީ ގެނެސް 14 ގައުމެއްގައި ސެޓްލައިޓް މެދުވެރިކޮށް ފޯން އޮތްތަނެއް ހޯދާނެ ގޮތް ވަނީ އައިފޯން-15 ގައި ހިމަނާފައި.

22:45

އަނދިރީގައާއި އަދި އަލި ތަންތަނުގައި ވެސް ހުރިހާ މަންޒަރެއް ވަރަށް ރީއްޗަށް އައިފޯން-15 އިން ކެޕްޗާ ކޮށްދޭނެ.

22:41

އައިފޯން-15 ގައި 48 މެގަޕިކްސެލްގެ ކެމެރާއެއް ވަނީ ހިމަނާފައި. އައިފޯން-15 ގައި ޕިންކް ކުލަ ވެސް ހިމެނޭނެ.

 

22:40

އައިފޯން-15 ޑައިނަމިކް އައިލެންޑަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައި. ލިބޭ ފޯން ކޯލްގެ އިތުރުން ޗާޓުން ދަތުރު ކުރާއިރު ދެން އަޅަންވީ މަގު ވެސް ދައްކައި ދޭނެ. އަދި އެއާޕޯޓް ޗެކިން ވުމަށްފަހު ފުރަން ދާން ޖެހޭނެ ގޭޓް ނަމްބަރަށް ދާންދެން ދައްކުވައިދޭނެ.

22:36

ދެން އޮތީ އައިފޯން-15

22:34

އެޕްލް ވޮޗް އަލްޓްރާ-2 ގެ އަގަކީ 799 އެމެރިކާ ޑޮލަރު. މިގަޑި ސެޕްޓެމްބަރ 22 ވަނަ ދުވަހުން ފެށިގެން ލިބޭނެ.

22:33

ވޮޗް އައިއޯއެސް-10 ހިމެނޭ އަލްޓްރާ ވޮޗް އަކީ ޖީޕީއެސް އެކިއުރޭޓް ވުމުގައި މީގެ ކުރިން އެއްވެސް ގަޑިއަކަށް ނުލިބޭ ވަރުގެ ގާބިލްކަން ލިބިފައިވާ ގަޑިއެއް. އަލްޓްރާ ވެގެން ދާނީ އެއްގަމާއި އަދި މޫދުގައި ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ގަޑިއަށް.

36 ގަޑިއިރު އަލްޓްރާ ވޯޗް ބޭނުން ކުރެވޭނެ. އަދި ބެޓްރީ ސޭވިން މޯޑްގައި 72 ގަޑިއިރު ބޭނުން ކުރެވޭނެ.

22:31

ދެން އޮތީ އެޕަލް ވޮޗް އަލްޓްރާ. މިފަހަރު ނެރެނީ އެޕަލް ވޮޗް އަލްޓްރާ-2. އަލްޓްރާ ވޮޗްގެ ޑިސްޕްލޭއަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައި. ބަދަލުތައް ކަސްޓަމައިސް ކުރެވޭނެ.

22:26

22:16

އެޕަލް ވޮޗް-9 ގައި ފޯނަށް ޖަވާބު ދިނުމާއި، ފޯން ބޭއްވުމަށް ފޯންގެ ސްކްރީންގައި އަތް ޖައްސާލަން ވެސް ނުޖެހޭނެ. އިނގިއްޔަށް ގެންނަ ހަރަކާތަކުން ފޯން ކޯލަށް ޖަވާބުދެވި، އަދި ފޯން ކޯލް ނިންމާލެވޭނެ.

22:13

އެއްވެސް ކަނެކްޝަނެއް ނެތް ނަމަވެސް ސިރީ އިން އެޕަލް ވޮޗްގައި ހުންނަ ސިއްހަތާއި ގުޅޭ ޑާޓާތަކުގެ މައުލޫމާތު ދޭނެ.

22:12

ފުރަތަމަ ތައާރަފް ކުރަނީ އެޕަލް ވޮޗް. އެޕަލް އިން މިރޭ ތައާރަފް ކުރަނީ އެޕަލް ވޮޗް ސީރީޒް-9. އެޕަލްގެ ވޮޗްގައި ހިމަނާފައިވާ ޗިޕް އަކީ މިހާތަނަށް ގަޑިއެއްގައި ހިމަނާފައިވާ އެންމެ ގާބިލް ޗިޕް. އެޕަލް ވޮޗްގައި 18 ގަޑިއިރު ޗާޖު ހިފަހައްޓާނެ. އޭގެ އިތުރުން ސިރީ މެދުވެރިކޮށް އިތުރު ކަންކަން އަވަހަށް ރައްކާތެރިކަމާއިއެކު ކުރުމުގެ ގާބިލްކަން އެޕަލް ވޮޗަށް ވަނީ ދީފައި.

22:09

އިވެންޓް ފެއްޓެވީ އެޕަލްގެ ސީއީއޯ ޓިމް ކުކް

21:50

ހަފްލާ ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފްތާއަކީ އެޕަލްގެ ލޯބިވެރިންނަށް އުފާވެރި ޚަބަރުތައް ގެނެސްދޭ ހަފްތާއެކެވެ. މިރޭ އެޕަލް އިން އަލަށް ނެރޭ އައިފޯން ދައްކާލާނެއެވެ. އެޕަލްގެ އާއައިފޯނާއި އަދި އެޕަލް ވޮޗްގެ އިތުރުން އެހެން ބައެއް އުފެއްދުންތައް ދައްކާލުމުގެ ހަފްލާ ފަށާނީ މިރޭ ރާއްޖޭ ގަޑިން 22:00 ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މިރޭ ހަތަރު ވައްތަރެއްގެ އައިފޯން-15 ދައްކާލާނެއެވެ. އޭގެ އިތުރުން ދެން މިރޭ ލިބޭނެ އެންމެ އުފާވެރި އަނެއް ޚަބަރަކީ އެޕަލް ވޮޗް އަށް އިތުރު ކުރިއެރުންތަކެއްދީ، އާއެޕަލް ވޮޗެއް ދައްކާލުމެވެ. އޭގެ އިތުރުން މުޅިން ތަފާތު އައިޕެޑެއް ވެސް މިރޭ އެޕަލް އިން ދައްކާލާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އައިފޯން-15 އަށް އަލަށް ގެންނާނެ ބަދަލުތަކުގެ ތެރެއިން އެއްބަދަލަކީ ސީ-ޕޯޓް ހިމެނޭ ފޯނަކަށް އައިފޯން ބަދަލު ކުރުމެވެ. އެއީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ވިއްކާ ހުރިހާ ފޯނަކީ ވެސް ސީ-ޕޯޓް ޗާޖިން ހިމެނޭ ފޯނަކަށް ހަދަން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ގެންނަ ބަދަލެކެވެ.

އެޕަލްގެ އުފެއްދުންތައް ދައްކާލުމުގެ ހަފްލާ ކުރިއަށްދާނީ އެމެރިކާގެ ކެލިފޯނިއާގެ އެޕަލް ޕާކް ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ދިވެހިން މުއްސަނދިކަމުން މިހާރުވެސް މިއުޅެނީ ދޯ

  2. ކާލާ

    އެޕަލް ފޯނު ގެ އަގު؟