ގއ. ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީ އަނދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ސަފާރީ އެއްކޮށް އަނދާފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް ފޮރެންސިކް ފުލުހުންގެ ޓީމެއް މިއަދު އެ ރަށަށް ދާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ސަފާރީގެ އިތުރުން އެ ސަފާރީ އޮތް ހަރުގެ ވެސް ވަނީ އަނދައިފައެވެ.

އެމްއެންޑީއެފުން ބުނީ ވިލިނގިލި އުތުރު ފަރާތު މީހުން ދިރިނޫޅޭ ސަރަހައްދުގައި ސަފާރީއެއް ބަނުމަށްޓަކައި ހަދާފައި ހުރި ހަރުގެއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މީހުންގެ މިފަދަ އަގުބޮޑަތި މުދަލަށް ގެއްލުންދޭއިރު އެކަނަކުރާމީހާ ﷲގެ މަތިން ހަނދާންވޭބާވައެވެ؟ ތިމާގެ މިފަދަ މުދަލަކަށް ގެއްލުމެއްލިބެން ތިމާ ރުހޭނޭހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ؟

  2. ނަން

    އިންސިއުރެންސް ލޯން އިން ސަލާމަތް ވީ.

    1
    1
  3. އންސިއުރެންސް

    އިންސިއުރެންސް ލޯން އިން ސަލާމަތް ވީ.