ކޯޓުގައި މިހާރު ހިނގަމުންދާ މައްސަަލައެއްގެ ސަބަބުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ގާނޫނުތައް ތަންފީޒުކުރުމަށް ދަތިވެގެންދާ ގޮތްތައް ސާފުވެފައިވާ ކަމަށާއި ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރަން ޖެހުނު ކަމަކީ ދައުވާކުރުންކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން މިހެން ބުނެފައިވަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެ އާންމު ފަރާތްތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ގުޅިފަޅު ހިއްކުން ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކޮށް ނެރުނު ބަޔާނެއްގައެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނީ މަޝްރޫއުތައް ހިންގުމުގެ ކުރިން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ގާނޫނުގައި ބުނެފައިވީނަމަވެސް އެއީި ހަމަ އެކަނި ގޮޅިއެއްގައި ފާހަގައެއްލުންހާ ފަސޭހަ ކަމަކަށް ހަދާފައި އޮތް ކަމެއް ކަމަށް އެ ޖަމިއްޔާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އީއައިއޭ ހެދުމަށްފަހު ހުށަހަޅާ ރިޕޯޓުތައް ގިނަ ފަހަރު ސަރުކާރުން ރިޖެކްޓު ކޮށްލާ ކަމަށްވެސް މައުލޫމާތު ލިބޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެެއެވެ.

ހައި ކޯޓުގެ އަމުރާއި ގުޅިގެން ސުޕްރީމް ކޯތުން ނެރުނު އަމުރުގައި ބުނެފައިވަނީ، ހައިކޯޓުގެ އަމުރު ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މައްސަލައިގައި ހިއުމަން ރައިޓްސް ވޮޗިންނާއި ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ގުޅިފަޅުން މިހާރުވެސް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޖައިބެއް

    ތިމާވެއްޓަށް ގެއްލުންވެދާނެތީ ނުހިއްކާ ގޯތިދިނަސް ކަނޑުއަޑީ ގެއަޅާކަށް ރައްޔިތުން ބޭނުމެއްނޫން. ތިމާވެށި ހިމާޔަތްކުރެވޭނީވެސް ހިމާޔަތްކޔރަންތިބި މީހުންގެ ނަފްސް ހިމާޔަތްކޮށް ބޯހިޔާވެގެންދޯ.

  2. Anonymous

    ހިއުމަންރައިޓުސް ވޮޗް ކަލޭމެނަށް ނުފެންނަނީތަ ފަލަސްތީނުގެ ޢައްޒާގެ ތިމާވެށި! އިންސާނުން މަރަމުން ، ގެތަށް ހަލާކުކޮށް، ދަންޑު ބިންގަޑު ހަލާކު ކޮށް، ބޮން އަޅާ މުޅި ޖައްވު ވިހަކުރަމުން އެދަނީ އިސްރާއީލް ކިޔާ ބަޔެއް ! އެކަމާއި ބަހެއް ނުބުނެވޭ ބަޔެއްތީ !

  3. ތަރައްގީ

    އެއްވެސް ބަޔަކު މިރާއްޖޭގެ ތަރައްގީއަށް ހުރަސް އަޅައިގެން ނުވާނެ. މިރާއްޖޭގެ މީހުންގެ ހައްގަށް އަރަން ނޫޅުން ބުއްދިވެރި.

  4. Anonymous

    މިދެން ކިހާބޮޑު މުސީބާތެއް މި ހިއުމަން ރައިޓްސް ވޮޗް އަކީ. ލާދީނީ އެމްޑީޕީން ކުރީމަ ނުވޭ މައްސަލައަކައް. އެހެން ބަޔަކު ކުރަން އުޅެފިއްުޔާ ގިޔާމަތް ވެގެން އުޅޭހެން ހީވަނީ

  5. އިބްރާ

    ހިއުމަން ރައިޓްސްގެ އަޑު ވ ގަދަވާނެ އެންޑީޕީ އިދިކޮޅު އޮންނައިރު.

  6. ނަނަނަ

    ތި ހިއުމަން ރައިޓްސް ވޮޗް އުވާލާ.. ނިމުނީނު... ކޮންހާ ބޭކާރު ވާހަކަތަކެއް ދައްކާކަށް. މާ ޔޫރަޕް ވާންވެގެން..

  7. ހުވަދުއަތޮޅުން: ދޮންއަހައްމަދާގެ މުކުރިޔާ / ދޮން އަޙްމަދު އާބެ

    ހިއުމަން ރައިޓްސް ވޮޗެވެ. ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ދެބޯގިރި ދުއްވާ އިސްލާމީ ބިނާވެށްޓާއި ބީރަށްޓެހި ހުޅަނގުގެ ޢައުވާނުންގެ ގޮނޑިކޮއްކޮ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ޤައުމު ފަސާދަކުރަން އުޅުމަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އެރުން ފަދަ ކަމެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުން މިވަނީ ޤައުމުގެ ވަލިއްޔުލް އަމްރަކު އިންތިޚާބުކޮށްފައެވެ. ފިނިހަކަ ދުވެލީގައި ދެން މިޤައުމު ނުބޭއްވޭނެއެވެ. ބިމަށް ގަދަވާނީ ވެސް ދުނިޔޭގައި ތިބި ބައެއްތާއެވެ! ތިޔަ ޖަމްޢިއްޔާއިން އަވާމެންދުރެއް ބަލަން އޮންނާށެވެ. ޝަރްޢީ ކޯޓުތަކުން ވެސް ޤައުމުގެ އަޣުލަބިއްޔަތު ރައްޔިތުންނާއި ދެކޮޅަށް ކަމެއް ނުނިންމާނެކަން އެއޮތީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް އިހަށް ދުވަހު ނިންމާފައި ނޫންހެއްޔެވެ؟ އެހެންކަމުން ދިވެހިން ގުނބޯ ހައްދަން ތިޔަ ޖަމްޢިއްޔާއިން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެދުވަސް މިހާރު ހިނގައްޖެއެވެ. އެއަށްވުރެން ތަހްޛީބާއި ތަމައްދުންގެ ރޮނގުން އަފްރާދުން މިތިބީ ކުރިއަރައި ގޮސްފައެވެ.

  8. އަބްދޫ

    ތިމާވެށި ކިޔައިގެން ބޭކާރު ވާހަކަދެއްކުން ހުއްޓާލާ .ގުދުރަތީގޮތުން އުފެދިފަ އޮތްގޮތާ ތަފާތުކުރެވޭ ކޮންމެ ކަމަކީ ތިމާވެއްތަށް ގެއްލުން ހުރިކަމެއް އެއީ ފަރުބަދަ ކެނޑިޔަސް އުސް އިމާރާތް ހެދިޔަސް ބިންހިއްކިޔަސް ކަރަންޓް ބޭނުންކުރިޔަސް . ފަންކާ ބޭނުންކުރިޔަސް އެއާކޯން ބޭނުނކުރިޔަސް އައިސްއަލަމާރި ބޭނުންކުރިޔަސް މިނޫންވެސް ތަރައގީގެ އެތައްވަސީލަތަކީ ތިމާވެއްޓަށް ގެއްލުންހުރިކަންކަން. ގައުމަކަށް ބޭނުމީ ތިމާވެއްޓަށް ވުރެ ގައުމުގެ ތަރައްގީ . ދުނިޔޭގެ މުެ=އްސަނދި ވެފައިވާ ބާރުހުރި ފަނާކުރަނިވި ހަތިޔާރު ހަދައިގެން އޭގެ ބޭނުނަކުރަމުންގެންދާ ގައުމުތަކަކީ ތިމާވެއްޓަށް މާބޮޑަށް ގެއްލުންދޭ ގައުމުތައް. މިހާރު ފަލަސްތީނުގަ ޔަހޫދީން ހިންގާ ޖަރީމާ އަކީ ރާއްޖޭގަ ފަޅެއް ހިއްކުމަށް ވުރެ ތިމާވެއްޓަށް އެތައް ގުނަ ގެއްލުނަ ހުރި ކަމެއް . އެ ބޭނުންކުރަމުންދާ ހަތިޔާރި ތަކަކީ ތިމާވެއްޓަށާއި އިންސާނީ ނަސްލަށް ވެސް ބިރުވެރި ނާމާން ކަންހުރި ކަމެއް މަނާ ހަތިޔާރުތަކުންދެވޭ ގެްއްލުމެއް. ތިމާވެށީގެ މައްސަލާގަ ރާއްޖެއާ ނުތޮޅުި އިޒްރާއިޅް ގޮވައިގެން ތިމާވެށި ހައްލު ހޯދަން ކޯޓަށް ގޮސްބަލަ. ރާއްޖެ އަށް ވެސް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ލިބެންޖެހޭނެ. ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކުރި އެރުން ލިބެންޖެހޭނެ. ތަރައގީގެ ކޮންމެ ކުރި އެރުމަކީ ތިމާވެށީން ބައެއް ނެތި ދިއުމެއް. ވީމާ ތިމާވެށީކިޔައިގެން ހަޅޭއްލަވާ މޮޔަ ގޮވާނެ ކަމެއްނެތް.