މިސްރާބު ހަމަމަގަށް އަޅުވަން އައްޑޫ ސިޓީ އެންމެ ކުރިއަށް ނިކުމެ އޮންނާނެކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި އައްޑޫ ސިޓީއަށް ވަޑައިގެން އެސިޓީގެ އެމްޑީޕީ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އައްޑޫ ސިޓީއަކީ އަބަދުވެސް މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން މެޖޯރިޓީ ހޯދާ ސިޓީއެއްކަމަށާއި، އައްޑޫ ސިޓީއަކީ އެމްޑީޕީގެ "ކިއްލާއެއް" ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކަށްވެސް ވާނީ އެމްޑީޕީއަށް އައްޑޫގެ ގޮނޑިތައް ގެއްލުވާލަންކަމަށާއި، އެހެންނަަމަވެސް އައްޑޫ ރައްޔިތުން އެފުރުސަތު ނުދޭނެކަމަށެވެ. އައްޑޫގެ ކެމްޕޭން ޓީމްތަކާއެކު ބޭއްވި ބައްދަލުވުމުގައި ޝާހިދުވަނީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަން ފާހަގަކުރައްވާފައެވެ.

ވެރިކަމަށް އައުމަށް މިސަރުކާރުން ބޮޑެތި ދޮގުތައް ހެދިކަން ވަކިން ޚާއްސަކޮށް އައްޑޫ ރައްޔިތުންނަށް ހެއްކާއެކު އެނގޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ޝާހިދު ނެންގެވީ އައްޑޫ ޕޮލިސް އެކަޑެމީއަކީ އިންޑިއާ ސިފައިންގެ ބޭސްއެއްކަމަށާއި އެތަނުގައި އެތައް ހާސް ސިފައިން އެބަތިބިކަމަށް ބުނެ މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ދެއްކި ވާހަކައެވެ.

މި ސަރުކާރުން ރައްޔިތުންގެ އިހްސާސްތަކަށް ނުބަލައި، އިސްކުރަނީ އެމީހުންގެ ސިޔާސީ ވިސްނުންކަމަށާއި، އެ މިސްރާބަށް ދިޔަ ނުދީ، މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އައްޑޫލެއި

    އެމްޑީޕީން ކުރިހާކަމަކީ އިންޑިޔާ މީހުންލައްވާ އައްޑޫމަގުތަކާ ކާވެނީކުރުން. އެމްޑީޕީ ކައުންސިލެއް އަބަދު އޮންނަނީ އެކަމަކު ކައުންސިލުންކުރިހާ ކަމަކީ ރުއްގަހަ ކާވެނިވުން އަދި ބިންތަކަ ކާވެނިވެ ބޭނުންބަޔަކަށް ހަދިޔަ ކޮއް ވިއްކުން. ދެން ކުރާކަމަކީ ދައުރު ނިމޭއިރު ކައުންސިލުގައި ހުންނަ ހަރުމުދާ ވަގަށްނެގުން. ކުރީގެ އައްޑޫ ރީޖަނަލް ހޮސްޕިޓަލް އިކުއެޓޯރިއަލްއަށް ބަދަލުކުރިދުވަސްވަރު ކުރީގެ ހޮސްޕިޓަލުގައި ހުރި ހަރުމުދަލެއްވެސް މެނޭޖުމަންޓުން އަދި ސްޓާފުން މިލްކުވެރިކޮށް އެތަން ދޮވެހުސްކުރި. އެމްޑީޕީ މީހުންނަކީ މާވަގުން. އެކަމަކު ދެންވެސް ހޮވޭނީ މިބައިގަނޑު. މިއީ މުސީބާތެއް

    17
    • ހނހ

      މިސްރާބު އަނެއްކާ ވައްކަން ކުރަން އަދި ދޮގު ފަތުރަން

      14
  2. ޑައެލޯގް

    ޝާހިދު ރަގަޅެވެ. އައްޑޫމީހުން ހައްދާފަބަހައްޓާށެވެ. އެއީ ހެއްދޭބައެކެވެ. އަދި އެމްޑީޕީވެސް ހެއްދޭނެއެވެ. ކިހާވަރަކަށް ހެއްދީތީތާ! ތިޔަ ޝާހިދަކީ ބޮޑުވަގެކޭ، މައުމޫނު އިރުގައި ރައީސް އޮފީހުން ވައްކަންކޮށްފައިވާ މީހެކޭކިޔައި ޝާހިދުގޭދޮށަށް އެއްވެ އޮއްގާއުކާފައިވެއެވެ. އެކަމަކު މިހާރު ވަގަށްގޮވި ޝާހިދަކީ އެމްޑީޕީގެ އެންމެއިސްވެރިޔާއެވެ. ކީކޭބުނާނީދޯ

    17
  3. Anonymous

    ޝާހިދުއަށް ފެނުނުތަ އައްޑޫގައި އެމްޑީޕީ ސަރުކާރުން އެފްކޮންސް ލައްވާ ހަދާ ދުނިޔޭގެ ފެންވަރުގެ މަގުތައް. މަގުބައްތި އޯލްރެޑީ ހުއްޓާ އާ މަގުބައްތިތައް ޖަހާފައި އެވަރިހަމަ ނުދިއްލުނަސް. މަގުގެ ހަތަރުއަނގޮޅި އެއްވެސް ވަރަކަށް ނުގުޅުވާ މަގުތައް ހަދާގޮތް އެހާ ކަޑަ. ފެންވަރު ދަށް. ހަންކެޑެ ބީޗު އެއްކޮށް ހަލާކުކޮއްފި. ނާޗަރަންގި ކުޅޭނެ ތަނެއް ނެހެދިގެން އުޅޭ ބައެއް. ލަދެއްނުގަނޭތަ އަނގައަރުވަން.

    15
  4. Anonymous

    މިސްރާބު ހަމަމަގަށް އަޅުވާށޭ ކިޔާފާ ރާއްޖެ ބަނގުރޫޓުކޮއް ރައްޔިތުން ބިކަކުރި ބައެއްތީ! ދެން މިހާރު ހުރި ވެރިމީހާ ހަދާނެ އެއްޗެއްވެސް ނޭގޭ! މިހާރުވެސް ދޮގު ދޮލަނގު ފުރިއްޖެ! މީކިހާ ވަރުގަދަ ކަމެއް

    5
    4
  5. ކާޕެޓު

    ކާޕެޓު އަޅައިގެންތޭ މިސްރާބު ރަނގަޅުކުރީ

    13
  6. ޒުހޭރު

    އައްޑޫއަކީ މެޖޯރިޓީ ވަގުން އެކި ލެވެލްގަ އުޅޭ ތަނެއް! އެހެންވެއައްޑޫ ގިނަމީހުން އައްޑޫ ދޫކޮށް މާލެއާއި ރާއްޖޭން ބޭރުގައި ދިރިއުޅެނީ! އެމްޑީޕީ ގުންޑާއިންގެ ތަނެއް

    12
  7. ބިސް

    ގުނބޯ ހައްދާނެ ކަމެއްނެތް...ސިޓީ ކައުންސިލް ގަ ތިބެނީ އެމްޑީޕީ މީހުން..ކުރާހާވެސްކަމަކީ މީހަކަށް ނޫނީ އަތޮޅަށް ފައިދާވާ ކަމެއް އޮތިއްޔާ އެކަމެއް ހުއްޓުވުން ނޫނީ ދަތިކުރުން ދެން ރަށުގަ ހުރިއްޔާ ހުރި ގަހެއްކަނޑާ ތިރިކުރުން...

    13
  8. ސެސަ

    މިސްރާބުހުރީ އިންޑިއާގެ އަޅުވެތިކަމަށްތަ؟

    14
  9. خبردار

    ޢެހެނާ! މަބޯހަލާކި

  10. ޖޯކަޜޭ

    ޥަށްކަންނުކުރާ އެކަކުވެސް ނެތް ،، ހުސްވަގުން، ލޮލް،

    3
    3
  11. Anonymous

    އިންތިހާބެއް ކައިރިވާއިރަށް އެމްޑީޕީއިން އައްޑޫ މީހުންގެ ބޮލަށް އަބަދުވެސް ވަރުގަދަ ޗިޕެއް ލަޑާނެ. ދެން އައްޑޫ މީހުން ހީވާނީ ހޭބަލިވެގެން އުޅޭހެން. އެހެނަސް ޙަގީގަތަކީ ރާއްޖޭގެ އެންމެބޮޑު ސަޕޯޓެއް އެމްޑީޕީއަށް އައްޑޫއިން ދޭއިރުވެސް އެމްޑީޕީގެ އާރާއި ވެރިކަމާއި ބާރު އޮންނައިރުވެސް އައްޑޫ އޮންނަނީ ހަނދާނުންވެސް ފުހެވިފައި.

    15
  12. ގުނބޯ ނުހައްދާ

    މިސާރާބު ނަހަމަ މަގަށް އަޅުވަން އުޅޭ ބައެއްތީ. ކަލޭމެނަށް މަޖިލިސް ދީފިނަމަ މި 5 އަހަރު އައްޑޫއަށް އެއްވެސް ކަމެއްވިޔަ ނުދޭނެ

    14
  13. Anonymous

    ފުޅަ ޝާހިދު ހިޔަޅު

  14. އިއްބެ

    އެމްޑީޕީ އުފެއްދި އެޕާޓިގެ މުއައްސިސުންނާއި ބާނީން ފަހަތަށް ޖައްސާފަ ޑީއާރުޕީ ހަލާކުކޮށް އިދަޖައްސަައިލި ބައިގަނޑު މިތިބީ އެމްޑީޕީގެ އަސާހިފައިގެން މިހާރު! ކީކޭބުނާނީ

  15. ސޯލޭ

    ބިތު ފަންގި ނަގާލީމަ މިއެނގުނީ މި ވަގުންތައް ވައްކަން ކުރުމުގެ މިސްރާބު އޮތްވަރު ވަގު ކާޕެޓް

  16. Anonymous

    5 އަހަރުވަންދެކަށް ހިބަރު ވަދުއަޅާފަ ލިބުނީ ކުނިވެ ފުޅައަޅާފައިވާ ދޮގުން ފުރިފައިވާ ދޮލަގެއް، އޭތި ކޮނޑަށް ލައިގެން ގަންނާނެބާ ކިޔަކަސް ގަންނާނެ މީހަކުވެސް ނުވި!

  17. އަބްދޫ

    މިސްރާބު ހަމަމަގުން ނެއްޓީ ގައުމުގަ ދަރަނި 78 ބިލިއނަށް އަރުވާފަ ގައުމުވަނީ އެމްޑީޕީން ބަގުރޫޓް ކޮށްފަ. އެމްޑީޕީ ނޫން ބަޔަކު މަޖިލީހަށް ހޮވުމަކީ ރައޔިތުންނަށް ވާޖިބުވާކަމެއް.ވިސްނާ ފިކުރުކޮށްގެން ކަންކަން ނިންމުމަށް މާތްﷲ އންގަވާފަ ވޭ. ގައުމަށް ޖެހިފަ އޮތްހާލާމެދު ވިސްނާ ފިކުރުކުރޭ.