ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ 21 މާޗްގެ ރޭގެ ވަގުތެެއްގައެވެ. އެ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގައި މާލޭގައި ދޮރުން ދޮރަށް ވަޑައިގަންނަވާފައެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ރޯދަ މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް ދަތުރުކުރައްވައިފައެވެ.

އެ މަސައްކަތު ދަށުން ގިނަ ރަށްތަކަކަށް ވަޑައިގެން މިހާތަނާށް 150 އަށަވިރެ ގިނަ ކައުންސިލްތަކާއި އެމަނިކުފާނު ބައްދަލުކުރައްވާފައިވެއެވެ.