އުމްރާގެ އަޅުކަމަށް ފުރާ މީހުން ކުރިއާލައި އެއަރޕޯޓަށް ގޮސް ޗެކިން ވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލުން ބުނީ ވީއައިއޭގެ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އެމްއޭސީއެލް، ފަސިންޖަރުންނާއި އާއިލާއަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

އުމްރާގެ އަޅުކަމަށް ފުރާ މީހުން ފޮޓޯ: އެމްއޭސީއެލް

ނަމަވެސް ފަސިންޖަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން ދަތުރުވެރިންނަށް އިންތިޒާރުގެ ވަގުތު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެހެންކަމުން، ފަސިންޖަރުން ކުރިން ތައްޔާރުވެ، ޗެކިން ކުރުމަށް އަވަހަށް އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރަމަޟާން މަހަކީ އާންމުގޮތެއްގައި އުމްރާ ވެރިން އެންމެ ގިނައިން މައްކާއަށް އުމްރާގެ އަޅުކަމަށް ދާ މަހެވެ.