ފުވައްމުލައް ސިޓީގައި މި މަހު ހިނގި ދެ އެކްސިޑެންޓުގެ ތެރެއިން އެއް އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުވައްމުލަކުގައި ހިނގި ދެ އެކްސިޑެންޓުގެ ތެރެއިން ފުރަތަމަ އެކްސިޑެންޓު ހިނގީ މިދިޔަ ހޯމަ ދުވަހުގެރެއެވެ. އެއީ ދޫނޑިގަން އަވަށުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ގޮސް ކަފިހި ހުރަސް ދަނޑީގައި ޖެހިގެން ހިނގި އެކްސިޑެންޓެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އެމީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. އައިޖީއެމްއެޗުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާ ދެނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ.

ފުވައްމުލަކުގައި ހިނގި ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސްކަވޭޓަރަކަށް އަރައިގެންނެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އައިޖީއެމްއެޗުން ބުނީ އެމީހާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.