ބ. އޭދަފުށީގައި ސަރުކާރުން 100 ހައުސިން ޔުނިޓްގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި ޕީޕީއެމް/ޕީއެންސިގެ ފަރާތުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގައި އާބަން ސެންޓަރެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އޭދަފުށީ ދާއިރާއަށް ޕީއެންސީއިން ވާދަކުރައްވާ އަހުމަދު ސަލީމް ގެ ވެބްސައިޓް ލޯންޗުކުރުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

" މި ކަންކަން ކުރެވޭނީ ސަލީމްގެ ފުރިހަމަ އެއްބާރުލުން ލިބިގެން. އަޅުގަނޑަށް އެނގޭ ތިބޭފުޅުން އެގޮތަށް ނިންމަވައިދެއްވާނެކަން. އެހެންކަމުން އަޅުގަނޑު އެކަމާ ޝައްކެއް ނުކުރަން. އަޅުގަނޑު އެދެނީ މިދިޔަ ދުވަސްތަކުގައި ކެމްޕެއިންގައި ކުރި މަސައްކަތް އިތުރު ގިޔަރުތަކެއް މައްޗަށް ގެންގޮސްދެއްވައި ބާކީ އޮތް 17 ވަރަކަށް ދުވަހު އަދި އިތުރަށް މަސައްކަތް ކުރައްވައި ހިޔާލު އެއްގޮތްނުވާ ބޭފުޅަކު ހުރި ނަމަވެސް އެ ބޭފުޅަކު ވެސް އޮންބޯޑް ކުރައްވައިގެން ބޮޑު މެޖޯރިޓީއެއް، ވަރަށް ވަރުގަދަ އަގްލަބިއްޔަތެއް ނެންގެވުމަށް އެއް ރޫހެއްގައި މަސައްކަތް ކުރުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކަށް ބަލާއިރު ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ވިދާޅުވިއެވެ. އޭދަފުށީގައި އާބަން ސެންޓަރެއް އެޅުމަށް ކަނޑައެޅުމާއިއެކު އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމަކީ އެ ރަށަށް ވެސް ދިމާވެފައިވާ މުހިންމު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ސަލީމްގެ އިސްނެންގެވުމުގެ މަތިން އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ދާއިރު ދާދި އަވަހަށް ސަރުކާރުން އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނަން." ރައީސް ވިދާޅުވިއެވެ.

އޭދަފުށީ ދާއިރާއަށް ޕީއެންސީއިން ވާދަކުރައްވާ އަހުމަދު ސަލީމް ގެ ވެބްސައިޓް ލޯންޗުކުރުން- - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ރައީސް ވިދާޅުވީ 1000 ހައުސިން ޔުނިޓް އެއީ ރަށަށް އަދި ދާއިރާއަށް އަދި އަތޮޅަށް ވެސް އޭގެ ފައިދާ ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ސަބަބުން ގެދޮރު މައްސަލަ ބޮޑު ހަލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާ ވައުދުތަކެއް ފުއްދޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމަށެވެ. މަޖިލިސް މެޖޯރިޓީ ބޭނުންވަނީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ސަލީމްގެ ކެންޕޭނަށް ބުނެލާ ވާހަކަ އެއްތީ....11 އަހަރުވީ ބިން ހިއްކިފަހުންވެސް ، އޭރުވެސް މަޖުލިސް މެންބަރު ހަމަ ސަލީމު .....

    ސަލީމް ބެ ކުރާކަމަކީ އިތުރު ވިޔަފާރިތައް ހުޅުވުން - ރަށު ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް .
    ރަށު މީހަކު ކަމަކު ދިޔައީމާ ކުރީގައި ތީމު ގެއިން ދޭ 5000 ރުފިޔާ އުސޫލުން އެ ދޭނެ ...

  2. Anonymous

    ސަލީމް ނޫން ގޮތެއް، ސޭ ނޯ ޓު ސަލީމް،
    މިފަހަރު ބޭނުމީ ބަދަލަކައް

  3. މުހައްމަދު

    ޓީރުން އަނެއްކާތިޔަތަނުން ހައިސިން ޔުނިޓ ނަގައި ގެސްޓް ހައިސް ހަދާ މާލޭގަ އަޗާކަނޑަން އުޅޭނީ އަބަދުވެސް އެވެރިންނައް މޮޅުގޮތް ވޯޓު ގިނަކުރަން ޑެރަކަމެއް