ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުވުމަށް އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރިޔަށް ގެންދާ އޭވިއޭޝަން ފޯރަމް މިއަދު ފަށައިފިއެވެ.

މި ފޯރަމް ފަށާފައިވަނީ މިއަދު ހެނދުނު 10:00 ޖެހިއިރު ހޮޓަލް ޖެންގައެވެ. ފޯރަމް ހަވީރު 16:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

މި ފޯރަމްގައި ހިމެނެނީ ރާއްޖޭގެ ކުރިއަރަމުން އަންނަ އޭވިއޭޝަން ސިނާއަތް ރަނގަޅަށް ހަރުދަނާކުރުމަށް ހައްލުތަކަށް ސަމާލުކަންދީ މަތީ ފެންވަރެއްގައި އޭވިއޭޝަން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ މެދުގައި މުހިންމު މަޝްވަރާތަކެކެވެ.

އޭވިއޭޝަން ފޯރަމް 2024 އަށް އެންޑޯސްކޮށްފައިވަނީ މޯލްޑިވްސްގެ އޭވިއޭޝަން އިންޑަސްޓްރީ ހިންގުމަށް ވަކާލާތުކުރާ މުހިއްމު ސްޓޭކްހޯލްޑަރެއް ކަމަށްވާ އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ) އިންނެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ތެރޭގައި މޯލްޑިވިއަންގެ އޭވިއޭޝަން އިންޑަސްޓްރީ %154 ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، މިކަމުގެ ސަބަބުން 2038 ވަނަ އަހަރުގެ ނިޔަލަށް އިތުރު 4.7 މިލިއަން ފަސިންޖަރުން ފުރާނެ އެވެ ގާތްގަނޑަކަށް 8 ބިލިއަން އެމެރިކާ ޑޮލަރުގެ ޖީޑީޕީ އާއި ގާތްގަނޑަކަށް 92،000 ވަޒީފާއެވެ.

އޭވިއޭޝަން ފޯރަމްގެ މަގުސަދަކީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮޕަރޭޝަނަލް، ޕޮލިސީ މެކިންގ، ސޭފްޓީ، އިކުއިޕްމަންޓް އަދި އިމްޕްލިމެންޓޭޝަން މަރުހަލާ ފަދަ ވަކި ދާއިރާތަކުން އޭވިއޭޝަން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމެވެ.

މި ފޯރަމަކީ ގިނަ ހައްލުތަކަކަށް މަގުފަހިކޮށްދޭނެ އަދި މޯލްޑިވްސްގެ އޭވިއޭޝަން ސިނާއަތް ބައްޓަންކުރުމުގައި މުހިއްމު ތަނބެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފޯރަމެކެވެ.

ފޯރަމް އިންތިޒާމް ކުރަނީ ފުލް ސުއިޓް އިވެންޓް އޯގަނައިޒާއެއް ކަމަށްވާ މީޑިއަމް އިވެންޓްސްއިންނެވެ. މީޑިއަމް އިވެންޓްސްގެ އަމާޒަކީ މުޅި މޯލްޑިވިއަންގެ ސިނާއަތްތަކަށް ޚިދުމަތް ދިނުމުގައި ހެޔޮ އަސަރުތަކެއް ކޮށްދިނުމެވެ.