ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އަރަން ރާވާފައިވާ އަސްކަރީ އޮޕަރޭޝަން ފަސްކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޔަހޫދީންގެ އަނިޔާވެރި އިސްރާއީލްގެ ސަރުކާރުން ދީފިއެވެ.

ޔަހޫދީންގެ އަނިޔާވެރި ހާރިޖީ ވަޒީރު އިސްރައެލް ކަޓްޒް ބުނެފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި އިސްރާއީލުގެ ސަރުކާރާ ދެމެދު މިހާރު މިސްރުގެ ވެރި ރަށް ޤާހިރާގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުން ހެޔޮ ނަތީޖާއެއް ނުކުމެ ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން ވެސް އެއްބަސްވެވިއްޖެ ނަމަ އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އެރުން ލަސްކޮށްލަށް ނުވަތަ އެ އޮޕަރޭޝަން އެއްކޮށް ބާތިލް ކޮށްލަށް ވެސް ޖެހިދާނެ ކަމަށެވެ.

" ސުލްހައިގެ ވާހަކަތަކުގައި އަހަރެމެން ނަށް ވެސް ޤަބޫލުކުރެވޭ ނަތީޖާ އެއް އައިސްފި ނަމަ ރަފާހް ގައި އެއްގަމު މަގުން ހިންގަން ރާވާފައިވާ އޮޕަރޭޝަން ކުރިއަށް ނުގެންދާނަށް" އިސްރާއީލްގެ މީޑިއާ ތަކާއި ވާހަކަ ދައްކަމުން އެގައުމުގެ ހާރިޖީ ވަޒީރު އިސްރެއަލް ކާޓްޒް ބުންޏެވެ.

ޔަހޫދީ ހާރިޖީ ވަޒީރު މިހެން ބުނި ނަމަވެސް އޭނާ އަކީ އިސްރާއީލްގެ ބޮޑުވަޒީރު ޣައްޒާގެ ހަނގުރާމައިގެ ކަންކަން ނިންމުމަށް އެކުލަވާލާފައިވާ ހަނގުރާމައިގެ ކެބިނެޓްގެ މެންބަރެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އިސްރާއީލް ސަރުކާރުގެ ކެބިނެޓް މެންބަރެކެވެ. ނަމަވެސް ޔަހޫދީ އިސްރާއީލުން ޣައްޒާ ހަނގުރާމައިގެ ހުރިހާ ކަމެއް ނިންމަނީ ހަނގުރާމައިގެ ކެބިނެޓްގެ ވިސްނުމާއި އެއްގޮތަށެވެ.

ފަލަސްތީނުގެ ޣައްޒާގެ ސުލްހައިގެ އެެއްބަސްވުމުގެ މައްސަލައިގައި އިސްރާއީލްގެ ސަރުކާރު ހިންގާ ކޯލިޝަން މިހާރު ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. އެ ގޮތުން އިސްރާއީލްގެ ދީނީ ޒައިނިސްޓް ޕާޓީގެ ފަރާތުން ސަރުކާރުގައި ފައިނޭސް މިނިސްޓަރުގެ ރޯލު އަދާކުރަމުންދާ ބަޒައެލް ސުމޮޓްރިޗް ބުނެފައި ވަނީ ހަމާސް ޖަމާއަތާއި އެކީ އިސްރާއީލުން ހަދަންޖެހޭ އެއްވެސް ޑީލެއް ނޯންނާނެ ކަމަށާއި، އޭނާ އާއި އޭނާގެ ޕާޓީން މިކަމާއި ދެކޮޅު ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފާހް އަށް އެއްގަމު މަގުން އަރަން އުޅޭތީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ މިކަމާއި ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިނުބެ.

    ތިހުރިހާ ކަމެއް ހިންގަނީ އެމެރިކާއިން އެމެރިކާއާއި އަރަބިން ގުޅުން ކަނޑާބަލަ މުޅިދުނިޔެ ފަސާދަ ކުރަނީ އެމެރިކާ އިނގި

  2. ހުސައިނުބެ.

    ހުަރިހާ މުސްލިމް ގައުމުން އެމެރިކާ އިނގިރޭ ސިވިލާއް ބޮއިކޮޓް ކޮއްބަލަ ކޮބާ ޖުއްބާވެރިން މިހާރު އެމެރިކާއިން ފަލަސްތީނުގައި އަޅާ ވަގުތީ ފާލަން ނިމުނީމަ ފަލަސްތީނު މުޅިން އި ސްރާއީލުގެ ތަނަކައް މަގުފަހިވެގެން ދާނެ އެއީ އެމެރިކާގެމަކަރު ވެރިނިންމުން .ބަލަންތިބޭ.ކޮހުންނޭ.

  3. Anonymous

    އެމެރިކާ އަޑީގަ އޮވެގެން ކުރާ ކަމެއް ހުއްޓުވޭނެ.