ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕުން އެކި މީހުންނަށް ސްކޭމް ކޯލްތައް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕުން އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ފުލުހުން ނުގުޅާނެ ކަމަށްވެސް ވިދާޅުވެފައި ވެެެއެވެ.

އަދި އެފަދަ ކޯލްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދާދި ފަހުން ޕޯސްޓުން ފޮނުވާ އެޑްރެސްގެ މައުލޫމާތު ނޭނގޭތީ، ޕެކޭޖް ފޮނުވޭނެ ގޮތް ނެތް ކަމަށް ބުނެ ފޭކު މެސެޖުތަކެއް ވެސް ވަނީ ފޮނުވާފައެވެ.

މި މެސެޖުތައް ފޮނުވަމުން ދަނީ ކެނެޑާގެ ނަމްބަރުތަކުންނެވެ.

އެމެސެޖުގައި ބުނެފައި ވަނީ "މޯލްޑިވްސް ޕޯސްޓް" އިން ފޮނުއްވާފައިވާ ޕެކޭޖް އެ ގުދަނަށް ޕެކޭޖް އައިސްފައިވާ ކަމަށާއި އެޑްރެސްގެ މައުލޫމާތު ރަނގަޅުނުވެގެން ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ.

އެގޮތުން ރަނގަޅު މައުލޫމާތު އަލުން ފުރިހަމަ ކުރެއްވުމުން 24 ގަޑިއިރު ތެރޭގައި ފޮނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފުލުހުން ދާދި ފަހުން ވަނީ ސްކޭން ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރުމަށްވެސް ނިންމައިފައެވެ.