މަދު ދިވެއްސަކަށް ނޫނީ އެހާ އަވަހަށް އަދި ފަރިތަކަމާ އެކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެހާ ފަސޭހައެއް ނުވާނެއެވެ. އެކަމަކު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހު ތަފާތެވެ. ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ހަވާސާގައި މީޑިއާ އަށް އިނގިރޭސި ބަހުން ދެއްވި ވީޑިއޯއާ އެކުގައި ގިނަ ބައެއްގެ ތައުރީފު ނޫރައިން އަށް ވަނީ އޮހެން ފަށައިފައެވެ.

ނޫރައިންގެ ބަސް މޮށުންތެރިކަން ފުރިހަމަވެފައި، ވާހަކަ ދެއްކުމުގައި ހުރި "ޗާލު" ކަމާ ހެދި ގިނަ ބައެއްގެ "ހިތް" ނޫރައިން އަށް ވަނީ ދެވިފައެވެ. މި ވީޑިއޯ ވައިރަލް ވެގެން ދިޔައީ އެމްވީ ކްރައިސިސް އިން އާންމު ކުރުމާ އެކުގައެވެ. މަޝްހޫރު "އެކްސް"ގައި މިއަދު ހެނދުނު އާންމު ކުރި ވީޑިއޯއަށް މިހާތަނަށް އައިއިރު، 114،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި ފޭސްބުކްގައި އާންމު ކުރި އެ ވީޑިއޯ އަށް ވެސް 62،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މި ވީޑިއޯ ބެލި ބައެއް މީހުން ކިޔައި ދިން ގޮތުގައި ނޫރައިންގެ ވާހަކަ ދެއްކުންތެރިކަމުގެ ފުރިހަމަކަން ފެނިފައި ގައިން "ހީ ބިހި" ނަގައިގެން ދިޔައެވެ. އަދި އެފަދަ ކިޔަވައިގެން ތިބި ދިވެހި ދަރިން ރާއްޖެ ތަމްސީލް ކުރަމުންދާތީ ފަހުރުވެރިވާ ކަމަށް ވެސް ވީޑިއޯ ބެލި މީހުން ބުންޏެވެ. އެހެން ބައެއް މީހުން ބުނެފައިވަނީ މިފަދަ ގާބިލް ދިވެހި ދަރިން ގައުމުގެ ހުންގާނުގައި ތިބޭ ނަމަ، ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށެވެ. ތައުލީމީ މިފަދަ ޒުވާނުންގެ ބޭނުން ހިފައިގެން ރާއްޖެ އަށް އިތުރު ކުރިއެރުން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމީހުން ބުންޏެވެ.

ނޫރައިން ޖަނާހު-- ފޮޓޯ: ދި އެރައިވަލް

ހެލްތް އެންޑް ފިޓްނަސް ދާއިރާގައި 21 އަހަރުވެފައިވާ އަދި "ހީޓް ހެލްތު އެންޑް ފިޓްނަސް"ގެ ސީއީއޯ އަދި "ވެލްނެސް ސެންޓަރު"ގެ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޝިފާނާ "އެކްސް" ގައި ބުނީ ނޫރައިންއަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ނަމަ، އެކަން ވާނީ ވަރަށް ފަހުރުވެރި ކަމަކަށް ކަމަށެވެ. ރާއްޖެ ތަމްސީލް ކުރުމުގެ ގާބިލް ކަން ލިބިފައިވާ ނޫރައިން ފަދަ އެތައް އަންހެނުން ރާއްޖޭގައި މިހާރު ވެސް އެބަތިބި ކަމަށް ޝިފާނާ ބުންޏެވެ.

ފާތުމަތު ޒީނާ މޫސާ ނަމުގައި ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ބުނީ ރާއްޖެއަކީ ކިޔަވައިގެން ތިބި މޮޅެތި ރައްޔިތުންތަކެއް ތިބި ގައުމެއް ކަމަށެވެ. އެގޮތުން އޯލެވެލް އާއި އޭ ލެވެލްގެ ނަތީޖާ އަށް ބަލާއިރު ވެސް މި ކުޑަކުޑަ ރާއްޖެ އިން ދަނީ ދުނިޔޭގެ ފެންވަރުގައި މޮޅެތި ވަނަތައް ހާސިލް ކުރަމުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ހުރިހާ ކަމަކަށް ސިޔާސީ ނުފޫޒު ނުފޯރުވައި ކަމަށް ގާބިލް މީހުން މަގާމުތަކަށް އައްޔަން ކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ސުހައިލް އަބްދުﷲ ނަމުގައި ފޭސްބުކްގައި ހިޔާލު ފާޅުކުރި މީހަކު ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އުފައްދާފައިވާ ކުންފުންޏެއްގައި ހުންނަވައި ނޫރައިން ދެއްކި ވާހަކަތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން އެނގި ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ކޮންމެ ދިވެއްސަކު ވެސް އުފާ ކުރަން ޖެހޭ ކަމަށް ބުންޏެވެ.

އެކްސްގައި ހިޔާލު ފާޅުކުރި އެހެން މީހަކު ބުނީ ގައުމަށް ބޭނުންވަނީ މިކަހަލަ ތައުލީމް ހާސިލްކޮށްފައި ތިބި ދަރިން ކަމަށާއި ނުރައިންއާ މެދުގައި ފަހުރުވެރިވާ ކަމަށެވެ.

"މިއީ މި ރާއްޖެ އަށް ބޭނުންވާ ކަނބަލުންނަކީ. މި ކުދިންނަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ގެނެވިދާނެ. ފަހުރުވެރިވޭ ނޫރައިން،" ހައްޖަ އިސްމާއިލްގެ ނަމުގައި ޓުވިޓާގައި ހިޔާލު ފާޅު ކުރި މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.

ބައެއް މީހުން ހިޔާލު ފާޅުކުރަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ޝަފީގަށް "ވަށް ބަހުން" ޖަހައި ބައެއް މީހުން މަލާމާތް ވެސް ކުރިއެވެ. އެކަމަކު، އެމީހުންނާ ހިޔާލު ތަފާތުވާ މީހުން ބުނާ ގޮތުގައި ފައިސަލް އާއި ފާތުމަތަކީ ވެސް ގާބިލް ދެ ބޭފުޅުންނެވެ. އޭގެ އަގު ވަޒަން ކުރަން އެނގޭނީ ވެސް ދެ ބޭފުޅުން ކުރައްވާ މަސައްކަތުގެ ނަތީޖާ އިން ކަމަށް ވެސް އެމީހުން ގަބޫލު ކުރެއެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ބޮޑު ކުންފުންޏެކެވެ. އެ ޒިންމާގެ ދަށުން އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. މިދިޔަ ހަފްތާގައި ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓުގެ ތެރެއިން ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީން އެވޯޑް ހާސިލުކުރި ފަރާތްތައް އިއުލާންކުރިއިރު، ރާއްޖެ އިން ހަތަރު އެވޯޑެއް ހޯދިއެވެ. އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަންސް އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

މި އެވޯޑުތައް ލިބުމާ ގުޅިގެން ނޫރައިން ދެއްވި އިންޓަވިއުގައި ވިދާޅުވީ ކޮވިޑް-19ގެ އާލަމީވަބާއާ ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުން މިހާރު ރަނގަޅުވަމުންދާ ކަމަށާއި މިހާރުގެ ޓާގެޓަކީ އަރަބި މާކެޓުން އިންވެސްޓަރުންނާއި ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

ނޫރައިން ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކުން ހާމަކޮށްދެނީ ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ ޝަރަފު ރާއްޖެއިން ދަމަހައްޓަމުންދާ ކަމެވެ. ނޫރައިން ވިދާޅުވީ ހަނީމޫން ޑެސްޓިނޭޝަން އެވޯޑަކީ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަދި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މާހައުލު ހިމާޔަތް ކުރުމަށް ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ އިތުރުން ލަގްޒަރީ އާއި ފަތުރުވެރިންގެ މިނިވަންކަމަކީ ވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ނޫރައިން ވިދާޅުވީ ރިސޯޓްތަކުގައި ވަކިން ހާއްސަކޮށް ވަން އައިލެންޑް ރިސޯޓުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަފާތު ލަގްޒަރީ ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ނޫރައިންއަކީ ކާކު؟

ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމަށް ނޫރައިން އައްޔަން ކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާކަން ވެސް ކުރައްވާ ނޫރައިންއަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރައްވާފައިވާ ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ. ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގައެވެ.

ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވައިފައެވެ. އަދި އޭނާ ވަނީ "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެދެއްވައިފައެވެ.

ހިޔާލު ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ނޫރައިން އަށް މިއަށް ވުރެ ބޮޑު މަގާމެއް ހައްގެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ބަހުގެ ކޯޗު

    ރާއްޖޭގައި އުޅެނީ މާދަރީ ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތީ އެކަމެވެ މާދަރީ ބަހުން ރަނގަޅަށް މޮށެއުޅެން އެނގޭނަމަ އެމީހަކު އެހުރީ ބަހަވީ ގޮތުން ކުރިޔަށް ނިކުމެފައެވެ

    89
    4
    • Anonymous

      ޢަހަރެމެން ފަހުރުވެރިއެއް ނުވޭ އެއްގޮތަކަށްވެސް އެބޭފުޅާ އިގިރޭސިބަހުން ފަރިތަކޮށް ވާހަކަ ދެއްކުމަކުން...އަހަރެމެންގެ މާދަރީ ބަސް ކުރިނާރާނެ މާދަރީބަހައް ވުރެ އުހައް އެހެން ބަސްތައްނެރެ އެކަމަށް ސަނާކިޔާގެން..ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތައް ކުރިއަރާ ގޮސްފައިވަނީ އިގިރޭސި ބަހައް މޮޅު މީހުން މަގާމުތަކަށް އައްޔަންކޮށްގެނެތް ނޫން..އެބޭފުޅާޔަކީ ގާބިލު ބޭފުޅެއް..ދިވެހިބަހުންވެސް އެބޭފުޅާގެ ގާބިލުކަން ދެއްކޭނެ...އިގިރޭސިން ފަރިތަކޮށް ވާހަކަ ދައްކާ ކޮންމެ މީހަކީ ގާބިލު މީހަކަށް ނުކިޔޭނެ...

      39
      9
  2. ދިރާސާ

    އުމުރުން 15 އަހަރުން ފެށިގެން ނިއުޒިލެންޑުގައި އުޅެ ކިޔެވީމާ ވާނީ އެހެން.. ބޭރުގެ ރައްޔިތުކަން އޮންނަ މީހަކަށް މިނިސްޓްރުކަން ނުދެވޭނެ އެންނު

    121
    4
  3. ބޫންބޫން

    ފައިއްޓެ ވަޒީފާއިން ކަނޑާލާ ނޫރައިންއަށް އެމަގާމު ދޭންވީ. މިކަމަށް ދިވެހިރައްޔިތުން ލޮބީކުރާންވީ.

    56
    66
  4. ބުރާންތީ

    އަވަހައް ވާހަކަ ދެއްކުމަކީ މޮޅު ކަމެއްތަ ޕޮރަނުންސް ކުރުން ރަންގަޅެއްނުން.

    71
    11
  5. ޙަޤީޤަތް

    ނަން ތާނައިން ލިޔާނީ: ނޫރްޢައިން

    35
    5
    • ކޮއްކޮ

      ކަލެއަށް ތިޔަ ހުރީ މާބޮޑަށް އެނގިފައި. "ނޫރައިން" (نورين( އާއި "ނޫރްޢައިން" (نورعين) އަކީ ތަފާތު 2 ލަފުޒެއް.

      44
      5
      • ޖަމޯ

        ކޮއްކޮ އަށޭ މިފަހަރު ތި ނޭނގުނީ. ނޫރުޢައިން އަކީ އޭނާގެ ނަން ތާނައިން ލިޔާ ގޮތް

        5
        3
      • އިބުރާހިމީ

        ތިޔަކަހަލަ ކިތަންމެ ޒުވާން ދިވެހި ކުދިން މިހާރު އެބައުޅޭ އިނގިރޭސިވިލާތުގަ އެމެރިކާގަ އަދި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގަ.ގްރޭޑް 2 އަކުން ކެނޑިގެން ގޮސް އުޅެނީ އެމެރިކާ ނުނީ ނިއުޒިލޭންޑް ނޫނީ އޮސްޓްރޭމިއާގަ.އިނގިރޭސިއަށް ދޫފަރިތަ ވީމަ.ފަތުރުވެރިކަން.ކުރިއަރުވާނެ އިލްމާ ތައުލީމު.އޭނަގެ ކިބައިގަ ހުރިކަމަށްވޭތަ؟ބައެއް ދިވެހި ކުދިން ލަންޑަނުގަ 2 މަސް ކޮށްފަ ރާސްޖެ އަންނައިރު ރަނގަޅަށް ގަރުދިޔަ ކިޔަންވެސް ނޭންގެ.އިނގިރޭސިވިލެއް ބޮޑުކަމުން.ދޫގޮތަކަށް އޮޅާލާފަ ކިޔަނީ ގާރޮޑިޔަ(:

        11
  6. ހިކި ކިރު

    މިކަހަލަ ޤާބިލު މީހުން ސަރުކާރުގައި ތިބޭނަމަ މި ސަރުކާރުގެ ހައިބަތު ބޮޑުވެ ދަޢުލަތުގެ އިއްޒަތާއި ޤަދަރު ބޭރުގެ ދުނިޔޭގައި ވިދާލާނެ ކަމާއި މެދަކު އެއްވެސް ޝައްކެތް ނުކުރަނމު! ނަމަވެސް ހިތާމައަކީ މި ސަރުކާރުގައި އަދިވެސް އިނގިރޭސި ބަހުން ދެ ލަފްޒު ބުނެލަން ނޭގޭ ބައެއް ވަޒީރުން ތިބޭތީ ދަޢުލަތުގެ އަގު ބޭރުގެ ދުނިޔޭގައި ވެއްޓެމުން ދާތީއެވެ. ހިތާމައަކީ ރަޢީސަށްވުރެ އެ ވަޒީރުންގެ ބާރު ދަޢުލަތަގައި ގަދަ ވެފައިވާތީ ކަމަށް މި ނިކަމެތި އަލާ ދެކޭ ވާހަކަ ދަންނަވާލީއެވެ.

    37
    25
  7. ޙުހު

    ނޫރައިން ކުރިން އުޅުނީ ރާއްޖޭގައެއްނޫން އެހެންވީމަ ގިނައިން ވާހަކަ ދައްކާ އުލޭނީ އިގިރޭސިބަހުން..ފައިސަލް ވެސް ރާއްޖޭން ބޭރުގައި އުޅެފަ އައިނަމަ އެހާފަރިތަވާނެ..

    89
    9
  8. ސާމް

    ފުރާވަރު ކުދިން ވާހަކަ ދައްކާ ރާގަށް ސަރުކާރުގެ އޮފިޝަލުން ދެއްކީމަ އެހާ ހިތްގައިމެއްނޫން. ދިވެހިން އެބަޖެހޭ ބޮޑުތަނުން އިސްލާހުވާން. ރަނގަޅު މެނޭޖަރުންނާއި ޕުރޮފެޝަނަލް މީހުންގާތުން މެންޓޯރވާން. އެހެން ނޫނީ މިޒާތުގެ ކަންކަން ދިމާވާނީ.

    42
    16
    • ބަންދު

      އިންޑިއާ ސްޓައިލްގަނޑު ނެތީމަ ކަމު ނުދިޔައީ ދޯ؟

      27
      10
  9. އަބްދުއްރަޙީމް

    ފައިސަލޫލޫލޫލޫލޫ.... ނިކަން ދެކިބަލަ... ކިޔަވާށޭ މިބުނަނީ މިކަހަލަ ކަންކަން ބައްޕަ ދެކެން ޖެހޭތީއޭ. ދެރަ

    49
    19
    • ނަންނ

      އިނގެރޭސިން ވާހަކަ ދެެއްކުން މުހިންމެއް ނޫން. އިނގެރޭސިން ހަންފެތުރި ޒަމާން ނިމި މިނިވަން ވެެއްޖެ. އަދިވެސް ދިވެހިން އުޅެނީ އެމީހުން ކިބައިން ސަލާމަތް ނުވެގެން

      52
      6
  10. Anonymous

    ކުދިންނޭ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކި މީހުން އެކި ކުލައިގައި އެކި ސިފައިގައި އެކިގޮތަށް ހައްދަވާ ،އެކި ނިޢްމަތް އެކި މީހުންނަށް އެކިވަރަށް މިންވަރު ކުރެއްވި ކުޅަދުންވަންތަ ފަރާތުގެ މަތިވެރި ކަމާއިއެވެ. ކޮންމެ ކަމަކީވެސް އިމްތިޙާނެވެ. ޝުކުރު ކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

    57
    2
    • ކުރަނޑިފަތި

      އައްތެއްޔޭއް!!!! ކަލޭ ތިނުކުތީ ކައްވަޅުންތަ....... ކުކުޅު ކޮއްޓަކައްވަދެ މޮޔަ ގޮވާބެޔާ...

  11. ޢަޒްރާ

    މިގޮތަށް ފަިތަކަމާއެކު އިނގިރޭސި ބަހުން ވާހަަކަ ދެއްކި ދިވެހި ދަރިއަކާ އަދި ދިމަލެއްނުވޭ ވ އުފާވެއްޖެ

    18
    25
  12. ހަމީދު707

    ނޫރްޢައިންއަކީ ދިވެހިބަހުން ރަނގަޅައްވާހަކަދައްކަންދަންނަ މީހެއްނޫން

    42
    4
  13. ހަސަނުގ

    ލިޔެފަ އޮންނަ އެއްޗެއް ވެސް ކިޔަން ނޭނގޭ މީހުން ނަގާ، ބޮޑެތި ކުންފުނިތަކުގެ މެނޭޖަރުންނަށްލާފަ އެތިބީ. ނިކަން ތިތިބަ މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ނައިބުން ޓެސްޓް ކޮއްލަބަލަ. އަނގަ ހުޅުވަން އެނގޭ ކިތައް މީހުން ތިބިތޯ. ބައި އަޅާފަ އެއޮތީ. ކިޔަވައިގެން ހުރުމުގެ ބޭނުމެއްނެތް.

    32
    6
  14. ނޭގޭކަންވެސް ނޭގޭމީހާ

    ޫައެންމެ ބޮޑު ޖާހިލު ކަމަކީ ނޭގޭކަންވެސް ނޭގުން. ފުރަތަމަ ތިމާމީހާޔަށް ނޭގޭކަމާ ތައުލީމް ހާސިލްކުރަންޖެހޭކަމާއި، އުގެނިގެން ނޫނީ މަސަައްކަތް ކުރުމުގެގާބިލް ކަމާއިއެކު ބުއްދީގެބޭނުންރަނގަޅަށްހިފަންވެސް ނޭގޭނެކަން ގަބޫލްކުރަންޖެހޭ.

    18
  15. ކޮއްކޮ

    ޔާމީނުގެ ވެެރިކަމުގެ 5 އަހަރުގެ ތެރެއިން ގިނަ ދުވަސްތަކެއްގައި ފައިޞަލް ހުރީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގައި. ކިޔަވާށޭ ކިޔައިގެން މެލޭޝިޔާއަށް ދިޔައިމާ، އަދުރޭ ބުނެގެން އެމްބަސީން އިސް މަގާމެއް ޔާމީނު ހަމަޖައްސައިދިނީ ކަމަށް ވަނީ. އެކަމަކު ކިޔެވީ ކޮން އެއްޗެއް ކަމެއް އެނގޭ މީހަކު އުޅޭކަމެއް ނޭނގެޔޯ ބައެއް މީހުން ބުނޭ.

    30
    3
  16. ދިވެއްސެއް

    'ވައިލް ވީ އޯލްސޯ ރިޓެއިން ވަން އައިލެންޑް ވަން ރިސޯޓް ލަގްޒަރީ ސެގްމެންޓް އޭސްވެލް' އޭ ބުނީމާ ރާއްޖޭގެ އެންމެ މުހިއްމު ސެގްމަންޓައް ފަރުވާ ނުބަހެއްޓާކަން ދޭހަވޭ. ނޭގި ނަމަވެސް ކުރެވޭ ބޮޑު ގެއްލުމެއް މިއީ

    16
  17. ނަސީ

    އަދި އިގިރޭސިން މޮޅަކަސް ކަންކުރަން ނޭނގިދާނެ، މިކަން ތައް މިހާ ބޮޑައް މިއަޅައިގަތީ އަހަރުމެންގެ ޓުއަރިޒަމް މިނިސްޓަރު ތަންކޮޅެ އިގްރޭސި ބަހައް އައް ކޮށިވީމަކަމައް ލަފާކުރަނީ،

    30
  18. ޙުނި

    އުމުރުން 5 އަހަރުން ޖަނާ އަތުގައި ފާއިސާ ހުރީމާ ބޮޑުވީ ނިއުޒިލޭންޑުގައި. ޢަވަހަށް ވާހަކަ ދެއްކުން އެއީ އެއްގޮތަކަށްވެސް ހިންގުންތެރި ކަމާއި ގުޅިފައި އޮތް ކަމެއްނޫން. މޮޔެ ނުގޮވާ ތިބޭ

    48
    1
  19. ތ

    ފަރިތަކޮށް އިނގިރޭސި އެންގުމަކީ މާމޮޅުކަމެއް ނޫނެވެ. އިގިރޭސި ރާނީ ވަހަކަ ވަރަށް ލަސްލަހުން ދައްކާފަހުރީ. މިހާރުގެ ޅަކުދިން ދިވެހިބަހުން ވާހަކަވެސް ދައްކަން ލަދުގަންނަ ހިސާބައް ގޮއްސި.

    36
  20. އަލްހާމް

    ގޮތްގޮތަށް އަނބުރާފަ ވާހަކަ ދެއްކުމަކީ މޮޅުކަމެއްވެސް ނޫން. އެކަމަކު ނޫރައިން ދެއްކި ވާހަކަ ވަރަށް ސަބްސްޓެންޝަލް އަދި ވަރަށް ފުރިހަމަ. ފައިސަލްއަށް ރީއްޗަށް ބަހެއް ބުނަން ނޭނގޭތާގަ ރަނގަޅު ވާހަކައެއްވެސް ނުދައްކާ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، އަޅުގަނޑު އެދެނީ އަދި ރައީސަށް ދަންނަވާލަން ބޭނުންވަނީ މިފަދަ މުހިއްމު ވުޒާރާއެއްގަ މިކަހަލަ ނާގާބިލް މީހަކު ނުބަހައްޓަން.

    21
    2
  21. ފޫކަހާ

    ކުރީ ސަރުކާރުގަ ތިމަގާމުގަ ހުރީ ސުމިތު ތަ؟

    12
  22. ސޯސަލް

    ރާއްޖޭން ބެޭރުގަ 15 އަހަރު ބަހައްޓަބަލަ ކޮންމެމީހަކު ވެސް. އެބައެއްގަ ތެރޭގަ މޮށެއުޅޭ ބަހަށް ފަރިތަވާނެ.

    32
  23. އަލްހާމް

    ގޮތްގޮތަށް ބަސްތައް އްނބުރާފަ ވާހަކަ ދެއްކުމަކީވެސް މާމޮޅުކަމެއްނޫން. ބުނަން ބޭނުންވާ ވާހަކަ ސާފުކޮށް ބުނީމަ ރަނގަޅުވާނެ. ނުރައިން ދެއްކި ވާހަކަ ވަރަށް ސަބްސްޓެންޝަލް އަދި ވަރަށް ފުރިހަމަ. ޓޫރިސަމް މިނިސްޓަރަށް ރީއްޗަށް ބަހެއް ބުނަންނޭގޭތާގަ ހަމަޖެހޭ ވާހަކައެއްވެސް ނުދައްކާ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދެނީ އަދި ރައީސަށް ދަންނަވާލަން ބޭނުންވަނީ މިފަދަ މުހިއްމު ވަޒާރާތަކުގަ މިކަހަލަ ނާގާބިލް މީހުން ނުބައިތިއްބަން.

    11
    2
  24. ހެ

    މީ ދޯ މިކިޔާ އެއްޗަކީ، ކަމަށް ގާބިލް މީހުން އެބަތިއްބޭ އެމީހުން އިސްކޮށްގެންނޫނީ ގައުމު ކުރިއަރާ ދިއުމަކީ ވަރަށް އުދަގޫ ކަމެކޭ، މީހުން ފާޑު ކިޔަނީ ވަކިތަނަކުން އައި ވަކިމީހެއްގެ ދަރިއެއްވީމަ އެއްނޫން. މިވެސް ހަމަ ސަރުކާރުގެ ބޮޑެއްގެ ދަރިއެއް، އެކަމަކު ގާބިލް ވީމަ ތައުރިފު ކުރަނީ. ފައިސަލޫ.............

    21
    4
  25. އަވަށުމީހުން

    ދެން ބަލަންވީ މިކޮޔަށް ކައްކަން އެނގޭތޯ

    23
    1
  26. ނޫރައިން އާ ފައިޞަލް އަޅާނުކިޔޭނެ!

    މަހުޖަނު ޖަނާޙް ގެ ދަރިފުޅު ނޫނައިން އާއި އަދުރޭގެ ދަރި ފައިޞަލް އާ އާޅާނުކިޔޭނެ އެވެ. ނޫރައިން ދުނިޔެއަށް ފުރަތަމަ ނޭވާލާފައި ވަނީ ވެސް ފައިސާ އާއި މުދަލާއި، ޖާހާއި ޢިއްޒަތުގެ ތެރެއަށެވެ. ތަޢުލީމް އުނގެނި އުޅެބޮޑުވީ ރާއްޖޭން ބޭރުގައެވެ. ބިދޭސީންނާއި އެކުގައެވެ. އެއާއި ޚިލާފަށް ފައިޞަލް ދުނިޔެއަށް ނޭވާލީ ލ. އަތޮޅު ފޮނަދޫ އަށެވެ. އޭރު އައްޕަ އަދުރޭ އުޅުނީ އެންމެ އާދައިގެ ވަޒީފާއެއްގަ އެވެ. ފައިޞަލް ބޮޑުވީ އަދުރޭގެ ދާދާގިރީ އާއި ހުތުރު ވާހަކަ ތަކުގެ ތެރޭގައި ދިވެހިރާއްޖޭގަ އެވެ. މެލޭޝިޔާގައި ހައެއްކަ އަހަރު އުޅެގެން ވެސް މާބޮޑުކަމެއް ނުކުރެވުނެވެ. ކަން އެހެން އޮތަސް ޤަބޫލު ކުރަންޖެހޭ ޙަޤީޤާތަކީ ފައިޞަލް އަކީ ޓުއަރިޒަމް މިނިސްޓަރަކަށް ބައްޓަން ކުފޫ ހަމަވާ މީހެއް ނޫންކަމެވެ. އެކަމުގެ ސަބަބުން ބޭރު ދުނިޔޭގައި ދިވެހިރާއްޖެއަށް ލިބޭނީ މަލާމާތެވެ.

    28
    3
  27. ހީލާ

    އެމެރިކާ މަގުމަތީގައި ތާއްޔާ ޖެހޭމީހުން ވާހަކަ ދައްކަން މޮޅު. މީހާ މޮޅުވަނީ ކިހިނެއް ފައިސަލް ވަރެއްނެތް ހަމަ

    10
    7
  28. ހޔހޔހ

    މަބުނީ މަށަށް ހަމަ ރީތީ ފައިސަލްގެ ވާހަކަދެއްކުން. ނޫންތަ؟:÷

    14
    2
  29. Anonymous

    އިނގިރޭސިވެސް އެހެން ބަސްތައްވެސް އެގުން މުހިނމު އެކަމަކު ތި ކަމަނާފާނު ދިވެހިބަހުން ރީއްޗައް ވާހަކަ ދެއްކިނަމަ މޮ ވަރު އަރާނެ ބާ ނުވަތަ ރިއްޗައް ގުރއާން ކިޔެވިނަމަ ތިހުރިހާ ތައުރީފު ލިބޭނެބާ

    15
    1
  30. ސަރބޮންޖު

    ބޭރު ބަހަކަށް ފަރިތަ ވުމަކީ ހުރިހައި ކަމަކަށް ޤާބިލުވުން ކަމުގައި ނުދެކެން. ޤައުމެއް ދެކެ ލޯބިވުންވެސް މުހިންމު. ތިމާގެ ޢާއިލީ މީހުން ނުދަންނަ މީހުން ޤައުމަށް އޮންނާނީ ކޮން ކުލުނެއް.

    18
  31. Anonymous

    ދިެވެއްސެގެ އައިޑީ ކާޑް އޮތަސް ، މީނައުޅެބޮޑުވީ ނިއުޒީލޭންޑްގަ. ދިވެހިން ވާހަކަދައްކަން އެގެންޏާ މޮޅުމީހަކަށްވާނީ އަދި ފުރިހަމަ ދިވެއްސަކަށްވެސް ވާނީ.

    14
  32. އިބްން ބަތޫތާ

    ދިވެހިންނަކީ ދައްކާލާ ކޮންމެ ދަޅަ އަކަށް ހެއްލޭ ބައެއް

    16
    2
  33. އިސްޢާފް ސަލީމް

    މި ޤަވްމަށް ބޭނުންވަނީ އިބްރާހީމް މުޙައްމަދު ޞާލިޙްކަހަލަ ، ވަޔާ ފެން ވަކުިކުރަން ނޭނގޭ ސަންގޯރުން ކަމަށް ބުނާ މީހުނެއް މަދެއްނޫނެވެ.

    2
    8
  34. އިސްޢާފް ސަލީމް

    މި ޤަވްމަށް ބޭނުންވަނީ އިބްރާހީމް މުޙައްމަދު ޞާލިޙްކަހަލަ ، ވަޔާ ފެން ވަކުިކުރަން ނޭނގޭ ސަންގޯރުން ކަމަށް ބުނާ މީހުނެއް މަދެއްނޫނެވެ. " ނޫރައިން" ގެ މާނައަކީ ދެ ނޫރު!

    2
    6
  35. ވެރިން

    ނިއުޒީލޭން ޑުގެ އުޅެ ބޮޑުވެފަ ހުރިމީހަކަށް ތިކީ މާބޮޑުކަމަކަށް ނުވާނެ

    9
    1
  36. ސައު

    ދިވެހިންނަކީ އޭޝިޔާ ބައްރުގަތިބި އެންމެ ބޮޑުމަރްމޯލުން.

  37. އަމަލު

    އެއީ މޮޅު މަންޖެއެއް . ވަރަށް ކެރޭ ކޮންފިޑެންސް އެބަހުރި. އެމަންޖެއަށް ކާމިޔާބީއަށް އެދެން.

    7
    0
  38. ހަމީދު 1

    އެކުދިން އުޅުނީ އިނގިރޭސިބަހުގެ ތެރޭގައި. ވަރަށް ހިތްގައިމު، މިފަދަ އެތައް ކުދިންނެއް ތިބޭނެ ރާއްޖޭގަ. ފުރިސަތު ލިބުނީމާ ފެންނާނެ. އެކަމަކު ސިޔާސީ ގޮތުން ގިނަފަހަރު ސުރުޞަތު ލިބެނީ އެހާ މޮޅުމީހުންނަކަށްނޫން.

  39. އއ

    ޖަނާޙް ގެ ދަރިފުޅު ފަރިތަކަމާއިއެކު އިނގިރޭސިބަހުން ވާހަކަދެއްކީމާ، ދިވެހި ކުއްޖަކަށްވާތީ އަހަރެމެން ވަރަށް އުފާވޭ. އަދުރޭގެ ދަރި ފައިސަލް އަކީ ދޫފަރިތަކަމާއިއެކު ވާހަކަ ދައްކާލެވޭވަރަށް އިނގިރޭސި ބަސް ނޭނގޭ ދިވެހިކުއްޖެއްވީމާ، އަހަރެމެން މިތިބެނީ ރާއްޖޭގެ އަގުވެއްޓޭތީ ވަރަށް ބޮޑަށް ލަދުގެންފައި. ހަމަ އެއާއި އެކުވެސް، ދެތިން ފޮޅުވަތް ހަމަނުވާވަރުގެ ކުރު ކޮމެންޓެއް ލިޔެލާއިރު، ބުނަންއުޅޭ އެއްޗެއް ބަޔަކަށް ފަހުމު ނުވާވަރަށް ލިޔެވޭބަސްތައް އިސްފަސްވެ، އިމްލާ ކުށްތައް ކިތަންމެ ގިނަވިއަސް ، ދިވެހީންނަށްވިޔަސް އަހަރެމެން ލަދެއްނުގަނޭ.

    4
    1
  40. ހ. ހުސައިން

    ދިވެހިންނަށް އަދިވެސް ވަރަށް މޮޅުކަމެއް ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުމަކީ. ބަނގުލަދޭސް މީހުން ރާއްޖޭގައުޅޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދައްކާ، ހަމަ އެގޮތަށް ދިވެހިންވެސް އިނގިރޭސި ބަހުން ވާހަކަ ދައްކާ ގައުމުތަގުގައި އުޅޭނަމަ އެބަހަށް ފަރިތަވުމަކީ ހައިރާންވާންޖެހޭ ކަމެއްނޫން.

  41. ޑޖދިެނ

    ގާބިލް ކަނބަލެއްނަމަ ތަންދޮރު ނޭނގޭ މީހެއްގެ ފަހަތުގައި ނުހުރެ މިނިސްޓަރ ކަމުގައި ހުންނާނީ