މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

އެމްޕީއެލް ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު އެކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް ވަނީ ހުރިހާ މުވައްޒަފުންނަށްވެސް މަރުހަބާ ދަންނަވައި މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.

އެމްޕީއެލްގެ ހައްޖު ދަތުރު ލިބުނު މުވައްޒަފަކަށް ލިޔުން ހަވާލުކުރަނީ -- ފޮޓޯ:އެމްޕީއެލް

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާ މުވައްޒަފުންނަކީ:

1- އިލްޔާސް މުޙައްމަދު: އެސިސްޓަންޓް އެކްޒެކުޓިވް

2- އަޙްމަދު ރަޝާދު: ސްޕެޝަލިސްޓް އިންޖިނިއަރ

3- އަޙްމަދު އުންމީދު: ސަރވިސް އިންޖިނިއަރ

4- މުޙައްމަދު ނަބީލް: އޮޕަރޭޝަންސް އެގްޒެކުޓިވް

5- ޒަކަރިއްޔާ އިބްރާހީމް: ލީޑް އެގްޒެކުޓިވް

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 5 މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. އަދި އުމްރާގެ އަޅުކަމަށް 3 މުވައްޒަފުން ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ.