ގައުމީ އިނާމު ލިބުނު ރާއްޖޭގެ ފުރަތަމަ މިއުޒިކް ބޭންޑް، ޑިޓިއުންއަށް 29،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 448,050 ރުފިޔާ) ދައްކަން ރިސޯޓެއް ހިންގާ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގައި ބެލި މި މައްސަލަ އަކީ 2022 ވަނަ އަހަރު ވިޔަފާރީގެ އުސޫލުން ޑިޓިއުން ބޭންޑުން ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅެދިނުމަށް އެއްބަސްވުމެއް ހަދައި، ޑިޓިއުންގެ ފަރާތުން ރިސޯޓުގައި މިއުޒިކް ކުޅުމަށް ތައްޔާރުވެފައި ވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމަށް ނިންމަައި، ރިސޯޓުގެ ފަރާތުން އެއްބަސްވުން ބާތިލް ކޮށްފައިވާތީ ޑިޓިއުންއިން ދައުވާ ކުުރުމުން ބެލި މައްސަލައެކެވެ.

އެ ދައުވާގައި، ޑިޓިއުންގެ ފަރާތުން އެދިފައިވަނީ ބޭންޑަށް ސީދާ ލިބުނު ގެއްލުމަށް 50،000 ޑޮލަރު އަދި ނުސީދާ ގެއްލުމަށް 50،000 ޑޮލަރު ނެގުމުގެ އިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ވަކީލު ފީގެ ގޮތުގައި 4000 ޑޮލަރު ނަގައިދިނުމަށެވެ.

ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހުނީ އެއްބަސްވުން ހަދާފައި ވަނިކޮށް، އެއްބަސްވުން ހަދާފައިވަނީ ރިސޯޓުގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ބީލަމަށް ހުޅުވާލެވިގެން ނޫން ކަމަށް ބުނެ އެއްބަސްވުން ބާތިލް ކުރުމާ ހަަމައިންނެވެ. އެއްބަސްވުން ބާތިލް ކުރިކަން ރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން ބޭންޑަށް އެންގުމަށް ކުރި އީމެއިލްގައި އިތުރަށް ބުނެފައިވަނީ އަލުން ބީލަމަށް ހުޅުވާލާނެ ކަމަށެވެ. އަލުން ބީލަމަށް ހުޅުވާލުމުން ބޭންޑުން ވަނީ ބީލަމަށް ކުރިމަތިލައިފައެވެ. އެހެންނަމަވެސް، ބީލަން ކާމިޔާބުވެފައެއް ނުވެއެވެ.

މި މައްސަލާގައި ރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން ބުނެފައި ވަނީ، އެއްބަސްވުން ބާތިލް ކުރިކަން އަންގައި ނޯޓިސް ފޮނުވިފަހުން ބޭންޑުގެ ފަރާތުން އަލުން ބީލަމަށް ހުށަހެޅުމުގެ މާނައަކީ ބޭންޑުން އެއްބަސްވުން ބާތިލު ކުރުމާމެދު ރުހިފައިވާ ކަމުގައެވެ. މިކަމާމެދު ޝަރީއަތުން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލި ބިޑަށް ބޭންޑުގެ ފަރާތުން ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުން ބާތިލުކުރި ކުރުމަށް ރުހުންކަމުގައި ނުބެލެވޭނެ ކަމަށެވެ.

ޑިޓިއުން ބޭންޑުގެ ޝޯއެއްގެ ތެރެއިން

މި މައްސަލާގައި ބޭންޑަށް ސީދާ ގެއްލުމުގެ ގޮތުގައި 50،000 ޑޮލަރު ނަގައިދިނުމަށް އެދިފައިވަނީ އެއީ އެއްބަސްވުމުގެ ދަށުން ބޭންޑަށް ޖުމްލަ ލިބޭގޮތަށް އޮތް ފައިސާ ކަމުގައިވާތީއެވެ. އެހެންނަމަވެސް، ޝަރީއަތުން ފާހަގަ ކޮށްފައިވަނީ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، އެއްބަސްވުމުގައި ސޮއިކުރުމާއެކު އެޑްވާންސްކޮށް 25،000 ޑޮލަރު ރިސޯޓުގެ ފަރާތުން ދައްކަން ޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލްކޮށްފައި ވަނީ ރިސޯޓު ހިންގާ ކުންފުނީގެ ފަރާތުން ކަމުގައި ވާތީވެ، އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އަނބުރާ އަތުނުލެވޭ 25،000 ޑޮލަރަކީ ބޭންޑަށް ލިބުނު ސީދާ ގެއްލުންކަމުގައި ވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ނުސީދާ ގެއްލުމުގެ ގޮތުގައި 50،000 ޑޮލަރު ނަގައިދިނުމަށް އެދިފައިވާނަމަވެސް، އެ މިންވަރަށް ބޭންޑަށް ގެއްލުން ލިބިފައިވާކަން ސާބިތު ކޮށްދެވިފައި ނުވާތީ ނުސީދާ ގެއްލުން ނަގައިދެވެން ނެތްކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ކުރެއްވި ހުކުމްގައި ވަނީ 12 މެއި 2024 އިން ފެށިގެން 14 ދުވަސް ތެގޭގައި ސިދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 4000 ޑޮލަރާއެކު ޖުމްލަ 29،000 ޑޮލަރު ސެއިންޓް ރެޖިސް ރިސޯޓު ހިންގާ ކުންފުނިން ޑިޓިއުން ބޭންޑަށް ދެއްކުމަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަބްދުއް ސަމީޢު

    ދިވެހި މިއުޒިކީ ފަންނާނުންނަށް ލިބުނު ފުރަތަމަ ނަޞްރު . މީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރަނގަޅުކަން މި ފެންނަނީ . އެމްޑީޕީ ސަރުކާރު އުފެދުނިީއްސުރެ މުއްލާއިން މެދުވެރިކޮށް މިއުޒީޝަނުން ނިކަމެތިކޮށް އެކަމަކު އެ މީހުންގެ ފައިދާ ސިޔާސީ ބޭނުމަށްޓަކައި ނެގި އެންމެ ބޮޑަށް ނެގި އެމްޑީޕީން ކޮށްދިން ކަމެއް ޙަރާން . ! ޙަރާން ކަމަކަށް ހަދައިގެން މިއުޒިޝަނުން ންމުޖްތަމަޢު ގައި ބާކީ ކޮށްފާ ތިއްބާ މިއޮތީ މުޢިއްޒު ސަރުކާރުން ތަފާތު ދައްކާފަ . އެމްޑީޕީއަށް ދެން ދުވަހަކުވެސް ވެރިކަން ނުލިބޭނެ. ކުރިއަށް އޮތް 30 އަހަރަށްވެސް އޮންނާނީ މި ރާއްޖޭގައި މުޢިއްޒުގެ ވެރިކަން ..انشاءالله
    الحمد لله

    7
    11
    • ޢަލީ

      ކަލެއަކީ އިސްލާމްދީނަށް ޖޯކުޖަހަން ރަނގަޅަށް ދަންނަ މީހެއް! ތިކަހަލަ ބޭރުފުށުން ރަނގަޅު އެތެރެއިން މުނާފިގުމީހުން އިސްރޭލަށްވުރެ ނުރައްކާވާނެ!

      7
      3
      • ޢަބްދުއް ސަމީޢު

        މިހިރީ ސަލަފީންގެ ވިސްނުން ހުންނަގޮތް. ފުރަތަމަ ހެދީ މުނާފިގަކަށް ދެން ޔަހޫދީ އަކަށްވުރެ ނުބައި މީހަކަށް ! މީ ކީއްވެޔޯ . މި މީހުން ޙަރާން ކަމަށް ބުނާ ކަމެއް ކުރާތީ. ބަލަ އަހަރުމެންނަށް ނޯވޭތަ ކަލޭމެން މުނާފިގަކަށާ ޔަހޫދީންނަށް ވުރެ ނުބައި މީހުންނަށް ހެދުމުގެ ބާރެއް . ތީ ދޯ ފަނޑިޔާރުން ނަކީ . އަޖައިބެއްތީ . މާތްކަލާންގެ ޙަޒްރަތުން އެއްވެސް އޮތޯރިޓީ އެއް އޮތް ބައިގަނޑެއް ނޫންތީ

  2. އަބްދޫ

    ނުކުރާ މަސައްކަތަކަށް ފައިސާ ނެގުން އިސްލާމްދީނުގަ ހުއްދަ ނުވާނެ. އަދި އެއްބަސް ވުމެއްހެދިކަމަށްވިޔަސް އެމީހުންއެއްވެސް މަސައްކަތެއްނުކުރާ އިރު އެފަިއިސާ ހަލާލެއްނުވާނެ. ހަރާމްފައިސާ ނަގައި ދިނުމަށް ހުކުމްކުރުން ފަނޑިޔާރުންނަށް ހުއްދަވާނެބާ؟

    10
    11
    • ފެޒޫ

      ކީރިތި ޤުރްއާނުގައި ޢަހުދަށް ރައްކާތެރިވާން ނޯވޭތަ؟ ދެފަރާތުން ފިންގަރޕްރިންޓް ޖަހާ ސޮއެ ކޮށްފަ އޮތް ޢަހުދެއް އެބައޮތް . ޢަހުދެއް އޮވެއްޖިއްޔާ މީހަކާވެސް ނުއިނދެވޭނެ . ޢެ އަހުދަށް ޓަކާ ޑިޓިއުން ބޭންޑުން އެކަހަލަ ކިތައް ބުކިން ކެންސަލް ކުރި؟ އެ އަހަރު ނިވް ޔިއާރ ގައި އެއްްވެސް ތަނެއްގަ ކުޅުމުގެ ފުރުޞަތު ނުލިބުނު . ގެއްލުމުގެ ބަދަލު މިވަރުންވެސް ކަވަރު ނުވޭ

  3. Anonymous

    މީދެން ބޮޑުވަރު ، އަދި މިއުޒިކް ކުޅުނީކީވެސް ނޫން ، އެގްރިމެންޓް ހެދިއިރު މައްސަލަތަކެއް އުޅޭތީ ވާހަކަ ދައްކާގެން އަލުން ބީލަމަށް ލީވެސް އެހެނވީމަ ކުރީގައި ހިނގިކަންކަން ބާތިލް ވާންޖެހޭނެ ، ނުކުރާކަމެއްގެ ފައިސާ ލިބިގެންނުވާނެ ، ކަމެއްގޯސްކޮށްވެސް ހިނގާފާނެ އެހެންވީމަ ބަލަންޖެހޭނީ 2 ފަރާތަށްވެސް ލުއިގޮތެއް ، ބެލެވޭ ގޮތުގައި ތީ ބީލަން ކާމިޔާބު ނުވީމަ ކުރި ދައުވާ އެއް

    6
    4
    • ޑިޓިއުން ބޭންޑް

      ތަންދޮރު ނޭނގޭ މީހުން ކޯަޓުތަކުގެ ޙުކުމަށް ފާޑު ނުކިޔާ

      6
      3
    • ރޯނު އެދުނު

      ދެފަރާތުގެ ދެމެދުގަ ވެވޭ އެއްބަސްވުންތަކާ ހިލާފުވީމަ އޭގެ ބަދަލު ނެގޭނެ. އޮފާ އެންޑް އެކްސެޕްޓެންސް ކިޔާ އެއްޗެއް ދަންނަންތޯ އަނބުރާ ސްކޫލަށް ވަޑައިގަންނަވާ

  4. ކޮއްކޮ

    ރިސޯޓުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅަން ފެނޭ. ކާމިޔާބު ވެދާނެ ކަމަށް ފެނޭ.

    3
    4
  5. ވަލީ އާދަނުު

    މަ ބުނީ، ގެއްލުމުގެ ބަދަލަކީ ހިތުހުރިގޮތަކަށް ނަގަން އޮންނަ އެއްޗެއްނު، ދެފަރާތަށްވެސް ގެއްލުން ނުވާގޮތަށް މުޢާމަލާތް ނިމިގެން ދާންވާނީ ގެއްލުމުގެ ބަދަލަކީ ސީދާ ގެއްލުންވި މިންވަރަށް ނަގައިދޭންޖެހޭ އެއްޗެއް، ޢަދުލު އިންސާފު ކިޔަނީ އެހެންވެ..

    2
    1
  6. ލޯކަލް އާޓިސްޓް

    ރިސޯޓުތަކުން މިހާރު މުވައްޒަފުން ގޮތުގަ ބޭރު ފިލިޕީންސް ތަންތަނުން މީހުން ގެނެސްގެން އެ މީހުން ލައްވާ މިއުޒިކް ކުޅުވަނީ ކުޑަ އަގެއް ދީގެން. ދިވެހި އާޓިސްޓުންނަށް ލިބެންއޮންނަ ޑޮލަރު ކޮޅު އެއީ. އަދި އެއީ މިހާރު ގާނޫނާ ވެސް ހިލާފު ކަމެއް، ވަގުތު ނޫހުން މިކަން ރަނގަޅަށް ބަލައިދީ

  7. ގާނޫނުބެ

    ވަކި ތަނެއްގައި އެކަނި މަސައްކަތް ކުރަން އެއްބަސްވާއިރު، އޭގެ މާނައަކީ ދެން އެ މީހުންނަށް ލިބެން ހުންނަ އެތައް ފުރުސަތުތަކެއް ދޫކޮށްލާފަ އެކަމަށް ހުސްވަނީ އޭ. ކުއްލިއަކަށް ކުރިން ބުނި އެތި ކެންސަލް ކުރީމާ އެއީ ލިބެން އޮތް އާންމްދަނީ އެ ގެއްލުވާލަނީ. އެހެންވީމަ ގެއްލުން އެހާ ބޮޑު ވަނީ. ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދު

    1
    1
  8. ސުކުރިއްޔާ

    މީ ދިވެހި އާޓިސްޓުންނަށް ލިބުނު ކާމިޔާބީއެއް

    2
    1
  9. ރަދީފު

    ރަނގަޅު ނިންމުމެއް. ހިތުހުރިހާ ގޮތަކަށް އެއްބަސްވުންތައް ނިންމާ ފަރާްތްތަކަށް ލިބުނު ރަނގަޅު މެސެޖެއް