ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ނަގައި އެސަރަހައްދު ތަރައްގީކުރަން ނިންމައިފިއެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަންވަނީ އަންގާފައެވެ. މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި ދެވިފައިވާ މުއްދަތުގައި އެ ތަކެތި ނަގާފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާނެ ކަމަށާއި މިގޮތުން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

ފޮޓޯ: އެޗްޑީސީ

މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުން ދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފޮޓޯ: އެޗްޑީސީ

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޭވާހޮޅި

    ގަވާއިދާ ޚިލާފަށް ހުޅުމާލޭގެ މަގުމަތީގައި ސައިހޮޓާ ހިންގުން ހުއްޓުވާނީ ކޮންއިރަކު. މަގެއްގެ ދުވާރުމަތިން ހިނގޭކަށް ނެތް. މީގެ އިތުރުން މަގުމަތީގައި ގަސްއިންދަން ހުންނަ ތަންތަންވެސް މިހާރު ބައެއް މީހުންގެ ގުދަނަށް ވެއްޖެ. އަނެއް ބަޔަކަށް ވާރކްޝޮޕަކަށް ވެއްޖެ. އަނެއް ބަޔަކަށް ކުނިއަޅާ ގޮނޑަކަށް ވެއްޖެ. ގާނޫނާއި ގަވާއިދު ތަންފީޒު ނުވާ ތަނަކީ ޖައްގައްޔެއް ނޫންތަ!

  2. Anonymous

    އެޗްޑީސީ ދުވަނީ ވަކިބައެއްގެ ކަންކަން ކޮއްދެވޭތޯ.

  3. Anonymous

    ބިން ވިއްކަން ހަޓު ނަގަނީ ވޯޓް ލާ ނިމެންދެން ތިބީ ވޯޓް ލާނިމި މޮޅުވީމާ ބޭނުން ގޮތެއްތާ އޮންނާނީ !

  4. ޜައްޔިތުމީހާ

    ފޭސް 1 ގެ ބީޗްގަ ވޯޓަސްޕޯޓްސް ހިންގަން ދިންތަންތަން ބޮޑެތިރެސްޓޯރަންޓްއައް ބަދަލުކޮއްނިމިއްޖެ
    ޟުޅިސަރަހައްދު އެއްކޮއްނަގާ އާންމުންނައް ބީޗްބޭނުންނުކުރެވޭގޮތައް ބައެއްތަންތަން އެބަހުރި މިލަން ފެންނަ ބަޔަކުނެއް

  5. ކުޅިކަނބިލި

    ތިކަންބަހައްޓާ ފުރަތަމަ ހިޔާޓަވަރުތަކުގެ އެކްސެސް ސިސްޓަމް ޤާއި،މް ކޮށްދެއްވާ... ކޮބާ 11 ޖަހާއިރު ބޭނުންކުރަންބުނި ކާޑު ގޭތެރޭގައިންނަ ޑިވައިސްއަކުނ ްކުރިން މެއިންއެންޓްރީ ފެނޭ..މިހާރު އެއަށްކަރަންޓްވެސް ނާދޭ ..މީ އަހަރުމެނަށް ދިން އިންވެންޓްރީލިސްޓްގައިވެސް ހިމެނޭ އެސެޓެއް..