ރާއްޖޭގައި އެކި ގޮތް ގޮތަށް ހިންގަމުން އަންނަ އޮންލައިން ނޫސްތަކުގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރިކޯޑްތަކުން ދައްކައެވެ. އޭގެ ތެރޭގައި ވަރަށް ރަނގަޅަށް ހިންގަމުން އަންނަ ނޫސްތަކާއި ދުވާލަކު ދެތިން އާޓިކަލް ފެންނަ ނޫސްތައް ހިމެނެއެވެ. އެއްވެސް ގޮތަކަށް އާޓިކަލެއް ހިސާބު ވެސް ނުފެންނަ ނޫސްތައް ވެސް އެބަހުއްޓެވެ. ގިނަ ނޫސްތަކަކީ ކޮންމެވެސް ބައެއްގެ އެހީތެރިކަމާއެކު ހިންގަމުން އަންނަ ނޫސްތަކެވެ.

"ވަގުތު" އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކިޔަމުން އަންނަ އެންމެ ދުވަސްވީ އޮންލައިން ނޫހެވެ. މެއި 18، 2014 ގައި ވަރަށް ޒުވާން ޓީމަކާ އެކުގައި ވުޖޫދަށް ގެނައި އޮންލައިން މިވީ 10 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވެބްސައިޓުތައް ރޭންކު ކުރަމުން އަންނަ ސިމިލާ ވެބް އިން ދައްކާ ގޮތުން ރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކުގެ ތެރެއިން އެއް ވަނަ މީޑިއާގެ ގޮތުގައި އަދިވެސް އޮތީ "ވަގުތު" އޮންލައިނެވެ. މި މަގާމު "ވަގުތު" އޮންލައިނުން ދަމަހައްޓަމުން އަންނަތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ގިނައީ "ވަގުތު" އާ އަރާ ހަމަނުކޮށްލެވޭ ނޫސްތަކެވެ.

ރާއްޖޭގައި މީހުން ވަންނަ ވެބްސައިޓުތަކުގެ ތެރެއިން ހަތް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓަކީ ވެސް "ވަގުތު"އެވެ.

އެކަމަކު، ދިވެހިން ހައިރާންކުރުވަނިވި ކަހަލަ ހަބަރެއް ދެން ހެއްޔެވެ؟

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުންޏަކީ އުރީދޫއެވެ. އުރީދޫއަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ވަރުގަދަ ބްރޭންޑެކެވެ. އުރީދޫން ދަނީ ރާއްޖޭގައި ހިންގަމުން އަންނަ ވަރަށް ގިނަ ނޫސްތަކަށް ސްޕޮންސާ ދެމުންނެވެ. އުރީދޫގެ އޮތީ އެންމެ ބޭނުމެކެވެ. އުރީދޫގެ ހަބަރުތައް ގަވައިދުން ގެނެސް ދިނުމެވެ. އުރީދޫއާ ދެކޮޅަށް ބަހެއް ބުނެލެވޭ ވަރުގެ ފެންވަރު އެ ނޫސްތަކުގައި ނުހުރެއެއެވެ. އެކަހަލަ އާޓިކަލެއް އެފަދަ ނޫހަކުން ފެނުނުތޯއެވެ؟

އުރީދޫ އިން ކޮންމެ މަހަކު ސްޕޮންސާ ދެމުން އަންނަ ނޫސްތަކުގެ ތެރޭގައި ބޮޑެތި ނޫސްތަކާއި ކުދި، ނޫސްތައް ހިމެނެއެވެ. އެކަމަކު، މި ލިސްޓުގައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަންނަ "ވަގުތު" ނުހިމެނޭ ކަމީ ބޮޑު އަޖައިބެއް ނޫންތޯއެވެ؟ އެކަމާ ހައިރާންވާ ވަރު ނުވޭ ހެއްޔެވެ؟

"ވަގުތު" އޮންލައިނަށް އުރީދޫން ސްޕޮންސާ ނުދޭތާ މިހާރު އަށް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމަކު، ޝުކުރުވެރިކަމާއެކުގައި ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެއް އެބައޮތެވެ. އެއީ "ވަގުތު" ފުޓްސަލް ޗެލެންޖު ތިން ފަހަރެއްގެ މަތިން ބޭއްވުމަށް އުރީދޫ އިން ދިން ސްޕޮންސާއެވެ.

އެކަމަކު، އުރީދޫއަކީ އަބަދުވެސް މަހުން މަހަށް "ވަގުތު" އަށް ސްޕޮންސާ ދިނުމަށް ދެކޮޅު ހަދަމުން އަންނަ ކުންފުންޏެކެވެ. ސްޕޮންސާ ނުދޭ ސަބަބާ ބެހޭ ގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެއެވެ. އެ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެއެވެ. އުރީދޫ އިން "ވަގުތު" ގެ މާކެޓިން ޓީމާ ބައްދަލު ކުރަން ވެސް އުޒުރުވެރިވެއެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އުރީދޫގެ މާކެޓިން ޓީމުގައި ހިމެނޭ ގިނަ މީހުންނަކީ ވަކި ފިކުރަކަށް ތާއީދު ކުރާ މީހުންނެވެ.

އުރީދޫ އިން "ވަގުތު" އޮންލައިނަށް ސްޕޮންސާ ނުދިން ކަމުގައި ވިޔަސް، އެ ކުންފުނީގެ އަގު ވައްޓާލައި، އެ ކުންފުންޏަށް ދެރައެއް ލިބޭނެ ފަދަ އާޓިކަލްތައް ޖަހައި ކުންފުނި ފަޟީހަތް ކުރަން މަސައްކަތްކޮށްފައި ނުވާނެއެވެ. އެފަދަ ނިޔަތެއް ނުވެސް ނެތެވެ. އެކަމަކު، މި ޒަމާނުގައި އެއީ ވެސް ބައެއް ނޫސްތަކުން ގެންގުޅޭ އުކުޅެކެވެ.

"ވަގުތު" އޮންލައިނުން މި ގޮވާލަނީ އުރީދޫ އިން "ވަގުތު" އޮންލައިންއާ މެދުގައި ތަފާތު ކުރުން ގެންގުޅޭ ސަބަބެއް އޮޅުން ފިލުވައި ދިނުމަށެވެ.

"ވަގުތު" އޮންލައިން އޮތީ އުރީދޫ އާ އެކީގައި ވެސް މަސައްކަތް ކުރަން ތައްޔާރަށެވެ. އެ ކުންފުނި ކުރިއަރުވަން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށެވެ. "ވަގުތު" އޮންލައިންގައި އުރީދޫގެ އިސްތިހާރެއް، ނޫނީ އާޓިކަލެއް ހިތުން، ރުހުމުން ލޯތްބާއެކުގައި ޖަހައި ދޭން މިތިބީ ތައްޔާރަށެވެ.

ރާއްޖޭގެ މުއާސަލާތީ އެންމެ ބޮޑު އެއް ކުންފުނި ދިރާގުން "ވަގުތު" ގެ އަހަރީ ދުވަހު ތަހުނިޔާ ފޮނުވި އިރު، އުރީދޫ އިން އެ ދުވަހުގެ ތަހުނިޔާ ނުކިޔުމަކީ ލިބުނު ހިތާމައެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫއާ އެކުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަންނު

    ވަގުތު ގޮތުގަ ހިފަހައްޓާ، ހަތިޔާރު ބަހައްޓާ، އެމީހުންގެ ފައިބުޑައް ނުވެއްޓޭ. އެމީހުންވެސް ސައިޒް ކުރެވޭނެ. ދިރާގާއެކު ތިކަން ވާނެ. ވަގުތަށް ކާމިޔާބީ އެދެން.

    12
    5
  2. ހައްހައް

    ވަގުތުގެ ނޫސްވެރިން މިހާރު ބްލެކްމޭލް ކޮށްގެން މީހުން އަތުން ފައިސާ ހޯދަން ހިފީހެއްޔެވެ!

    19
    8
  3. އަހަންމަދު

    އޫރެޑޫ އުރީދޫއެއް ނޫން.

    3
    2
    • ޗަކޮއި

      ވަރިހަމައެއްނުން.. ކޮން އޮރެޑޫ އެއް.. ތިޔަ އުރީދޫ އަކީ ހަމަ ހަގީގަތުގައުވެސް ވަކިފިކުރަކަށް ވަކި ކޮޅަކަށް ތާއީދު ކުރާބައެއް. ހާއްސަކޮށް މެސީމެންކަހަލަ ޔަހޫދީންނަށް ހަރަދުކުރަން ފޫގަޅައިގެން ތިބޭބައިގަނޑެއް..

      9
      3
  4. Anonymous

    އުރީދޫގެ ސްޕޮންސަރ ވަގުތަށް ދިނުމާ ނުދިނުން އެއީ އުރީދޫގެ އަމިއްލަކަމެއް. އެކަމަކު އެއްބަޔަކަށް ސްޕޮންސަރ ދީފަ އަނެއްބަޔަކަށް ނުދޭ ސަބަބު ބުނެދެވެންވާނެ. ނޫހުގެ ކިޔުންތެރިންނަށް ކޮންމެހެން ސަބަބު އެނގެން ނުޖެހޭނަމަ ނޫހުގަ ނުޖަހާގޮތަށް ނޫހުގެ އިސްވެރިންނަށް އުރީދޫއިން އެކަން ހިއްސާކުރުން ވަރަށް މުހިއްމު. އެހެންނޫންނަމަ ބެލެވޭނީ އުރީދޫއިން ވަގުތު ނޫހާ މެދު ޒާތީ ތައައްސުބެއް ގެންގުޅެނީ ކަމަށް.

    13
    4
    • ޒައިކް33

      ނުދޭ ސަބަބު ނުވެސް ޖެހޭނެ ބުނެދޭކަށް.. އެއީ އެމީހުންގެ އަމިއްލަ ވިޔޔަފާރިއެއް ކުންފުންޏަަށް ފެންނަ ބަޔަކަށް ދޭނެ ނުފެންނަ ބަޔަކަށް ނުދޭނެ.. ކުރެވޭނެ ކަމެއް ވެސް ނޯންނާނެ

      6
      4
  5. ކަޑައޭ

    ބުރޯ ތީތި ކަޑަ. ތި އާޓިކަލް ފަޅާނުލާވެސް ނުރަސްމީކޮށް ތިޔަ އިޝްތިހާރުތަކާއި އާޓިކަލްތައްޖެހުމަށް ފެހި ސިގުނަލެއް ހޯދާލުން ބުއްދިވެރި. މާކެޓިން ޓީމުން ރަސްމީކޮށް ބައްދަލުނުކުރަންޏާ ނުރަސްމީކޮށް ބައްދަލުވޭތޯ ބެލުން ބުއްދިވެރީ. މިހާރު ތި ފަޅާލީ ތިޔައިން ކުރިއެރުމެއް ލިބުން ވަރަށް ނާދިރު.

    11
    2
  6. ޯއުރީދޫ

    ތިޔަ ހަބަރަކީ އަހަރެންނަށް ވަކިން ފޮނުވަންޖެހޭ ހަބަރެއް. ޢެކަމަކު ވަގުތުން ތިކުރީ ސްޕޮންސާރ ދެވޭ ވަރުގެ އަމަލެއް ނޫން. އެހެންމާ އަހަރެން ދެން ބޭނުމެއްނޫން ވަގުތައް ސްޕޮންސަރ ދޭކަށް.
    ވަރަށް ސަލާމް.

    8
    1
  7. ހަމީދު

    އަޅުގަނޑުގެ ތަޖްރިބާ ހިއްސާކޮއްލާނަން
    ކޮވިޑްގެ ފަހުދުވަސްކޮޅު އުރީދޫގެ ސްޕަރނެޓް ނެގިން، ޕެކޭޖް ބޮޑުކަމަށް ފާހަގަވުމުން ޖެހިގެންއައިމަހު ޕެކޭޖް ކުޑަކޮއްދޭން އެދުނިން، ކުޑަކުރަން އެދުމުން އައިޑީކާރޑް މުއްދަތުހަމަވެފައިކަމަށްބުނެ ޕެކޭޖް ބަދަލުނުވި، އެކަމާއި ހިތްހަމަނުޖެހިގެން ގުޅައިގެން ޚިދުމަތްދިނީވެސް މުއްދަތުހަމަވެފައިވާ އައިޑީ ކާރޑަކަށް ނޫންތޯއޭ މުއްދަތު ހަމަވިޔަސް އައިޑީކާރޑް ހަދާދޭ ފަރާތުން 1 އަހަރުދުވަހަށް މުއްދަތުހަމަވެފައިވާ ކާރޑްތައް ބޭނުންކުރެވޭނެކަމަށް އިއުލާންކޮއްފައިވާ ވާހަކަ ބުނިން، އަދި އެވާހަކަ ޓްވިޓަރގައި ދެއްކުމުން ގުޅާފައި އަލުންހުށަހަޅަންބުނި، އޭގެފަހުން 4 ފަހަރު ހުށަހަޅައިފިން އަދިވެސް ޕެކޭޖް ބަދަލުވުނޭ އެތާގައިއުޅޭ ރައްޓެއްސަކު މެދުވެރިކޮށް ވެގެންއުޅޭގޮތެއް ބަލައިދޭން އެދުނިން، އެތެރެއެތެރެއިން ބެލިއިރު ޓްވިޓަރގައި އެވާހަކަ ދެއްކުމުން ބްލެކްލިސްޓްވީޔޯ؟؟
    ވަގުތައްވެސް ދިމާތިވީ އެޒާތުގެ ކަމެއް އިންޓަރނެޓް ބޑނުންވާތީ އަދިވެސް ބޭނުންކުރަން އެކަމަކު އަހަރެން ގަބޫލުކުރަނީ އުރީދޫއިން އަހަރެންގެ ނުރުހުމުގައި ފޭރުމުގެ އަމަލެއް ހިންގާކަމަށް ޚިދުމަތް މެދުކަނޑާލަން ނުއެދެނީ އެހެން އޮޕްރޭޓަރެއްގެ ކޭބަލް ގެއަށް ވައްދަން ދަތިވުމުން

  8. ަސދަސދަ

    އޫރިދޫއަކީ އެއްމެ ބޮޑު މުވާސަލާތީ ކުންފުނިކަމަކަށް ގަބޫލު ނުކުރެވޭ. އެމީހުންގެ އަހަރީ ރިޕޯޓް އެހެން މުވާސަލާތީ ކުންފުނި ތަކުގެ އަހަރީ ރިޕޯޓާއި އަޅާކިޔާއިރު އޫރިދޫ އޮތީ ދެވަނާގައި.

    އެހެން ނޫނަސް އެއްވަނައިގައި އޮންނަ ކުންފުންޏަކުން ހުރިހާ ނޫހަކަށް އަދި މާކެޓިންއަށް ހުރިހާ ޗެނަލެއް ބޭނުން ނުކުރާނެކަން ޔަގީނެވ.

    • ޖަގޫ

      ބުރޯ ރާއްޖޭގަ އެއީ އަދި ކުޑަ ޕޯޝަނެއް.. ދުނިޔޭގެ އެތަށް ޤައުމެއްގަ އޮޕޕަރޭޓް ކުރާ ބޮޮޑު ބިޔަ މުޢާސަލާތީ ކުންފުންޏެއް އެއީ..

      1
      1
  9. ރާއްޕެ ފޭދޫ

    ެދިރާގު އެއީ އެއްވަނަ. ވަގުތު ނޫސް ދާނީ ބާރައް ކުރިޔައް ދިރާގު ގޮވައިގެން. އުރީދޫ ޖެހޭނީ ބަކަތަޅަން

    4
    6
  10. މަރީ

    މީ ނޫސްވެރިކަމޭ ކިޔަކަސް ޕަބްލިކް ބްލެކްމޭލް!

    2
    2