ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.
ކަރަންޓު ޖެހިގެން ބުރާސްފަތި ދުވަހު ގެނައި ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ގެއަށް ވަނީ ދޫކޮށްލާފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 އަހަރުގެ ޒުވާނާއަށެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "ވަގުތަށް" ވިދާޅުވީ، އެ ޒުވާނާއަށް މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.
"އެ ޒުވާނާ މާލެ ގެންދަން ޑޮކްޓަރުން އަދި ނުވިސްނާ. ވެންޓިލޭޓަރުގައި އެ ޒުވާނާއަށް ފަރުވާ ދެމުން ދަނީ،"
ކަރަންޓުގައި ޖެހިގެން އުނގޫފާރު ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ 8 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.
މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި 8 އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުނީ ކަމަށް ފަޒީލް ވަނި މައުލޫމާތު ދެއްވާފައެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޖހގގ
ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން!
ކައުންސިލާ ފެނަކަ ޒިންމާދާރުކުރުވާ. އަނިޔާލިބުނު މީހުންނަށް ފެނަކަޔާ ކައުންސިލުން ބަދަލުދީ
ބަދަލު ދެވޭނެ ގޮތެއް ބުނެބަލަ..ޒުވާނާ އޮތީ ވެންޓިލޭޓަރގަ.. ވަރަށް ހިތާމަ ހުރި ކަމެއްތި ހަގީގަތުގަތި
ވަރަށް އަވަސް ޝިފާއަކަށް މިންވަރުކުރައްވާށި. އަދި ޒުވާނާގެ ޢާއިލާއަށް ކެތްތެރިކަންވެސް ލައްވާށި. އާމީން!