ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވާ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފިއެވެ.
މި މަހާސިންތާ މިއަދު ފަށާފައިވާއިރު މި މަހުގެ 27 ގެ ނިޔަލަށް ގއ. ވިލިނގިލީގައި މަހާސިންތާ ކުރިއަށްދާނެއެވެ.
މި މަހާސިންތާގަައި ޖުމްލަ 60 ފަރާތަކުން ބައިވެރިވެއެވެ.
މަހާސިންތާ ފައްޓަވައިދެއްވީ ވަޒީރު އިބްރާހިމް ވަހީދެވެ.
މަހާސިންތާއަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ޖަމިއްޔާތަކަށް ފަހި ވެށްޓެއް ޤާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއަށް ވާސިލުވުމަށް ވަކިވަކި ރަށްރަށާއި، އަތޮޅު ފެންވަރުގައި ހުރި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އަމިއްލަ ޖަމިއްޔާތަކުން އަދާކުރާ ދައުރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ރޭވިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.
އެރަށުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ އެ ހަރާކާތުގެ ބައިވެރިންގެ ތެރޭގައި، އަތޮޅަށް ނިސްބައްވާ މަދަނީ ޖަމިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ފުލުހުންގެ އިދާރާގެ ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ހިމެނެއެވެ.
އެ މަހާސިންތާގެ މަގުސަދުތައް:
ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުން
ޖަމްއިއްޔާތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓާތަކާއި ދެމެދު ގުޅުން ބަދަހިކުރުން
އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމިއްޔާތަކުގެ ދައުރު އިތުރު ކުރުން
މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ގުޅޭ މުއައްސަސާތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރުން
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، އެ މަހާސިންތާގައި ޖުމްލަ ހަ ފަރާތަކުން ތަފާތު އެކި މައުލޫއުތަކަށް ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މައުޟޫޢު ތަކަށް ގަޑި ނަގައި ދޭނެ
ދިވެހިރާއްޖޭގައި ސިޔާސީ ޤަބީލާ ހަދައިގެން ދިވެހި ޤައުމު ހިންގި މިދިޔަ 15 އަހަރަކީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ހެދި 15 އަހަރު 😆
ދިވެހި ޒުވާނުން ޒިއްމާ ދާރުނުވުމުންކަމަށް ބުނެ މިއަދު ވިޔަފާރިވެރިން ބޭރު މީހުން ގެނެސްގެން މަސައްކަތް ކުރުވަނީ، އެވެސް ޤައުމަށް އެހާ ފައިދާ ހުރިގޮތެއްނޫން، ދިވެހި ޒުވާނުން ޒިއްމާ ދާރުބަޔަކަށް ހެދުމައްޓަކައި، ހޭލުންތެރި ކަމުގެ ވޯކްޝޮޕްތައް ހިންގަން އެބަޖެހޭ!