ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނީ އަންހެނެއް ކަމަށާއި އެމީހާ ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އެއީ ދިވެހި އަންހެނެއްތޯ ނުވަތަ ބިދޭސީއެއްތޯ އަދި ޔަގީން ނުކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެކަން ޔަގީންކުރެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ކަނޑުމަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:35 ގައި ކަަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.
އަދި އެމީހާގެ ހަށިގަނޑު މާލެ ގެނައީ ޑިންގީއަކަށް އަރުވައިގެންނެވެ.
ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.
މުއިއްޒުސަރުކާރުގެ މިވޭތުވެދިޔަ ދުވަސްތަކުގައި ކުރީސަރުކާރުގެ 5އަހަރުވެސް ހިނގާފާ ނުވާވަރަށް ގޮތް ނޭގޭ މަރުތަކާއި ގޮތް އެނގޭ މަރުތައް އިތުރުވެއްޖެ.