އިންޑިއާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް އިސްވެ ހުށަހެޅީ އިންޑިއާ އިން ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ގާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ހުޅުއްވާލައްވައިފައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރިއެވެ. ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި ގާއިމު ކުރި މި އެއްބަސްވުން އަދިވެސް ދެމިއެބައޮތެވެ.
ސައީދު ވިދާޅުވީ، ވީހާ ވެސް ގިނަ ގައުމުތަކާ އެކު، ވިޔަފާރީގެ ފަސޭހަ ގޮތްތައް ހޯދުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.
ސައީދު ވިދާޅުވީ، ތުރުކީއާ އެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާތްގަނޑަކަށް ދެ ބައްދަލުވުން ފަހުގެ މަރުހަލާގައި އޮތް އިރު، މި އެއްބަސްވުމުގެ ދަށުން އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން އިނގިރޭސިވިލާތާ އެކު މިފަދަ އެއްބަސްވުމެއް ހެދިފައި އޮތް އިރު، އެ އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ބޭނުންވާ ކަމުގައި ސައީދު ވިދާޅުވިއެވެ.
މައިކަލާކޯ! މިސަރުކާރު ވެސް މި ޖެހުނީ އިންޑިއާ އިންޑިއާ ސަނާކިޔާ ފައިބުޑަށް ވެއްޓުނީ. ބަލަ މުއީޒު " އިންޑިއާ އުޓް " ޖަހާފަ ހުރި ޓީޝާޓް ލައިގެން އުޅުނު ދުވަސް ވެރިކަން ލިބުނީމަ ހަންދާން ނެތުނީ ދެއްތޯ؟ ހިތާމަ ހުރި........
އިނބަމެން އުނބަށް ޖެހީ ދޮތަ! ބަލަގަ ސަޢީދޫ! އެވެރިންނާއި ނުލައި އަފިރިންނަކަށް ނޫލެވޭނެކަން ޙުދު އިނބަވެސް ޤަބޫލު ކުރެއެވެ. ކަން މިހެން ހުރުމުން އިންޑިއާ އައުޓު! އިންޑިއާ އައުޓޭ ކިޔާ ގޮވީ ކޮން މުންޖެއް ހިތައް އަރައިގެން ހެއްޔެވެ. ކޮބާހޭ ބޭސް ފަރުވާ އަށް ތައިލޭންޑް އަށާއި ދުބާޢީ އަށް ރައްޔިތުން ފޮނުވުން. ޔޫރަޕުގެ ބޭސްތައް ކޮބާހޭ! އަދިވެސް ރާއްޖޭގެ ބޭސް ފިހާރަ ތަކުގައި ހުރީ ތިކިޔާ އިންޑިއާގެ ފަޑަކަ ބޭސް ތަކެކެވެ. އިނބަމެންކީ އުނބަށް ޖަހަން އާދަ ވެފައި ތިބި ބައެއް ދޮތަ އެވެ.
ޑިސެމްބަރު މަހު ތުރުކީއަށް ކުރި ދަތުރުނިންމާފައި އައިސް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޯދައަށް ކާޑު ތުރުކީއިން ލިބޭނެ ވާހަކަބުނި. ވަކި ގައުމަކަށް ބަރޯސާނުވެ އެހެން ގައުމުތަކުން ބިހާއި، ފިޔާ، އަލުއްވާއި އެހެނިހެން ތަކެތި ހޯދާނެވާހަކަ ބުނި. ކުޑަ ގައުމަކަށް ވެގެން ބޮޑެތި ގައުމުތަކުން ބުލީ ނުކުރެވޭނެއޭ ކިޔާފަ މިވަރުގެ ގައުމެއް ނެތް ކަމަށް ނިންމާ އެއްމެފަހުން ތުރުކީ ކާޑު ނުލިބި އެއްމެފަހުން އުބަށް ޖެހީ..
އޯރޑަރ ޖެހީ 1 އަހަރާއި އިތުރަށް 6މަހަށް ބޭނުންވާ ވަރަށް ކަމަށްބުނީ..
އިންޑިޔާއިން އެދުނަސް މިކަން ނުކުރަން ގޮވާލަން. އިންޑިޔާއިން އުޅެނީ ހަންފަތުރަން. ދިވެހި އިޤްދިޞާދު ފުދުންތެރި ބުންވަރުހުރި އިޤްތިޞާދަކަށް ހެދުމަށްޓަކައި، އެއްވެސް ބަޔަކަށް ބަރޯސާ ނުވުމާއި، އުފެއްދުންތެރިކަން އިތުރުކޮށް ޤައުމުގެ ފުދުންތެރިކަން އިތުރުކުރަންޖެހޭ. ރަނގަޅު ޕްލޭނެއްގެ ދަށުން ރާއްޖޭގެ ދިވެހި އާބާދީ އިތުރުކޮށް، ޢަޒުމްވަރުގަދަ ޖީލެއް ބިނާކުރުމަށް ތައުލީމީ މަންޙަޖުގެ ތެރެއިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން ވަޒަން ދެކެ ލޯބިވާ ހީވާގި މުރާލި މަސައްކަތްތެރި ޒުވާނުން އުފައްދަންވެއްޖެ. އެއަށްފަހު ދިވެހި އިޤްތިޞާދު ޑައިވަރސިފައިކުރުމަށްޓަކައި، ދުނިޔޭގެ ބާޒާރުގެ ވެލިއުގައި ދިވެހިރާއްޖޭގައި އުފެއްދޭނެ ކާބޯތަކެއްޗާއި އެހެނިހެން މުދާތައް އުފައްދައިގެން ނެރުމާއި، އަދި ކުރެވޭނަމަ ބޭރުގެ މާކެޓުތަކަށް ވިއްކޭވަރަށް އުފެއްދައިގެން ދިވެހި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރަން ވެއްޖެ.
ޚިޔާލުތަކަށް ދޭ ޚިޔާލު،
މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވަކި ޤައުމެއްގެ ފައިބުޑަށް ނުވަތަ އުނގަށް ވެއްޓުމެއް ނޫނެވެ. އެހެނަސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ، ދެޤައުމެއްގެ ދެމެދުގައި ކުރެވޭ ވިޔަފާރީ ވަކި ވަކި މުޢާމަލާތުތަކަށް ލުއިފަސޭހަ ގޮތްތަކެއް ޤާއިމު ކުރުމަށް ވެވ އެއްބަސްވުމެކެވ.