ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަަހައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށެވެ.

މިރޭ ރާއްޖެ ގަޑިން 8:26ގައި މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައެވެ. 10 ކިލޯމީޓަރު އަޑިން މި ބިންހެލުން އަރަބިއަން ސީއަށް އައިސްފައިވާއިރު، އެ ސަަރަހައްދު ކައިރީގައި ތިބި ބައެއް މީހުންނަށް ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ވޮލްކެނޯ ޑިސްކަވަރީގައި ބުނެފައި ވެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިރޭ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތަައް ލިބިފައިވާ ކަަމަށެވެ. އަދި ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން މޮނިޓަރ ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރެކޯޑް ކުރެވިފައިވާ ކަމަާށްވެސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވެއެވެ.". މެޓް އިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިސްމޯ ބޭބެ

    ފާޑުފާޑުގެ އެޕް ތަކުން ނަގާ މަެލޫމާތު ނުދީ މިޓިއޮރޮލޮޖީ އިން ބަޔާނެއް ނެރެބަލަ.

    48
    9
    • ހނހ

      ކޮންމެ އެއްޗަކުން ވިޔަސް ތެދު މައުލޫމާތު ވެއްޖެޔާ ރަނގަޅުވާނެ

      40
      5
    • އއެ

      އެމީހުން ކިޔަނީ ރައްޔަތުން ކިޔާ އެއްޗެއް.. ކަލޭވެސް މާމޮޅައް މިކަމާބެހޭ ހަބަރު ދޭނެ....

  2. ނެގުނުކަތީބު

    ގިނަފަހަރަށް މިކަހަލަ މައުލޫމާތު އާންމުންގެ ފަރާތުން ފުރަތަމަލިބެނީ. އޭގެފަހުން މެޓުން އެކަން އެނގެނީ.

    5
    3
  3. ޖާނޭ

    މިބިންހެލުން ރާއްޖެއަށް އައި ގޮތަކީ ކޮބާ؟

  4. އަހަންމަދު

    ހަނިމާދޫ ރެކޯޑަރަށް ބިންހެލުމުގެ ބާރުމިން
    ރެކޯޑެއް ނުކުރެވޭ ދޯ؟

  5. ޢަހުމަދުވަގާރު

    އަދިވެސް ްަްަްަ އަންހެން ކުދިން ޖީންސް ލައްވާތި

    1
    1