މާލެއިން އެއާޕޯޓަށް ކުރި ދަތުރަކަށް ޓެކްސީ ޑްރައިވަރަކު މީހެއްގެ އަތުން 500 ރުފިޔާ ނަގައިފިއެވެ.

އާދަމް ސޯލިހް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަވަސް ރައިޑް މެދުވެރިކޮށް މާލެ މާވެޔޮމަގުން އެއާޕޯޓަށް އޭނާ ކުރި ދަތުރެއްގެ އަގަކަށް ޑްރައިވަރު 500 ރުފިޔާ ނެގި ކަމަށެވެ. މިއީ "ތަންފުކަކަށް ވުރެ ދެތަންފުއް ބޮޑު" އަދަދެއް ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެޕް މެދުވެރިކޮށް ކާރު އޯޑަރު ކުރީ މެންދުރު 1:45 އަށް އަންނަ ގޮތަށެވެ. ލަގެޖް ހިފައިގެން ފައިބަން ޖެހޭތީ 10 ވަރަކަށް މިނެޓް ލަސްވެދާނެ ކަމަށް ޑްރައިވަރު ކައިރީގައި ބުނި ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

"1:30 ނުވަނީސް ޑުރައިވަރު އައިސް ގުޅަން ފަށައިފި. ދެން އޭނައަށް ލަސްވެދާނެތީ އެ ކާރު ކެންސަލް ކޮށްފައި އެހެން ކާރަކަށް ޖެހީ. ނަމަވެސް ފަހުން ޖެހި ކާރު އައުމުން ކުރީ ކާރުގެ ޑުރައިވަރު ފަހުން އައި ކާރު ފޮނުވާލި. ދެން އައިސް ކާރަށް އެރުމުން ބުނީ ކީއްވެހޯ އިތުރު ކާރުތަކަކަށް ތިޔަ ޖެހީ." ޕޯސްޓުގައި ބުނެފައިވެއެވެ.

އާދަމް ސޯލިހް ބުނެފައިވާ ގޮތުގައި ކާރު މަޑުކުރަން ޖެހުމުން ޖޫރިމަނާ ލައިގެން 800 ރުފިޔާ އަރާނެ ކަމަށް ޑްރައިވަރު ބުނި ކަމަށެވެ. އެ ވާހަކަ ބުނީ ވެސް ބްރިޖު މައްޗަށް އެރި ފަހުން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެއީ ކީއްވެހޭ ސުވާލުކުރުމުން 500 ރުފިޔާ ދިނުމުން ރަނގަޅުވާނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

ފްލައިޓަށް ވަގުތު ކުޑަތަންވެފައި ވާތީ އިތުރަށް ޒުވާބުނުކޮށް ޑްރައިވަރު ބުނި ވަރެއް ދީފައި ކާރުން ފޭބީ ކަމަށް ވެސް ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ. އާދަމް ސޯލިހް ވަނީ އޭނާ ދަތުރުކުރި ކާރުގެ މައުލޫމާތު ވެސް އެ ޕޯސްޓާއެކު ހިއްސާކޮށްފައެވެ.

ކާރު ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ގިނައިން ދަތުރަށް ފައިސާ ނަގާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ. މި ފަހުން ޑްރައިވަރުންގެ މައްސަލަ ބޮޑުވެ މިނިސްޓްރީއިން ކާރު ދަތުރުތަކުގެ އަގުތައް އަލުން މުރާޖާކޮށް އިއުލާނުކޮށްފައިވެއެވެ. އަދި އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ތިޔަމީހަ

    ލައިސަން ބާތިލްކުރޭ

    157
    3
    • ނަނަނަ

      ނުކުރާނެ.. ތިކަން ބަލާ ނިމޭއިރު ތިމީހާ ހަދައިގެން ދައްކާ ވާހަކައަކަށްވެފަ އޮންނާނީ..

      45
      7
    • ...

      އެކަމުގަ ކޮބާ ލައިސަންސްގެ މައްސަލައަކީ...
      ކޮންމެވެސް ހަރުދަނާ ހައްލެއް ހޯދަން ހިނގާބަލަ...

      7
      20
      • ދަގަނޑު

        ދަތުރަކަށް 500 ރުފިޔާ މީހެއްގެ އަތުންނެގުމީ ހާދަ ނުބައި އިންސާނަކު ކުރި ކަމެކޭ

        16
    • މަ

      އަވަސް ރައިޑް ލައިސަންސް ވެސް ކެންސަލް ކުރަންވީ. ކާރު ވެސް ޓޯކުރޭ

      51
      0
    • މިމީހާ

      އެބުނާހެން ކުރިންދުވަހުވެސް އަހަރެން ބަސްނައްޓާލަނިކޮށް ގޮވާ އެގެތެޅީމަވެސް މަޑުނުކުރި މީދެންބޮޑުވަރު މިކަންކަން ރަގަޅުކުރޭ އަރަންމީހަކު ހުރިކަން އިގޭއިރު މަޑުކުރަންޖެހޭނެ

      26
      4
  2. އެޑްމުންޑޯ

    ކަލޭގެ ގަމާރުކަން ތިއިން އެގިގެން ދަނީ ، ޑްރައިވަރެއްނޫން ގޯހީ ، ކަލޭ އޭނާބުނިވަރަކަށް ރުފިޔާ ދިނުން ގޯހީ

    46
    18
  3. ކަސްޓަމަރެއް

    އެކަމަކު މިއުޅޭ ދަހި ޑުރައިވަރުން ކިޔަނީ ކަސްޓަމަރުން 30 ރުފިޔާ ދޭން ޖެހޭތީ ކަން ބޮޑު ވަނިއްޔޭ؟؟ މިހުރީ އަގެއް ކަނޑައަޅާފަ އޮންނަ އިރުވެސް މީހުންގެ އަތުން ރުފިޔާ ނަގާ މިންވަރު..ދަހިކަމުން ލަނގޮނޑީގަ ނާށިލާފަ ތިބޭ ބައެއް.

    34
    3
  4. Anonymous

    ކީއްވެތޯ ޓެކްސީ ނަމްބަރ ހާމަނުކުރީ ؟؟
    ތިޔައީ ހަގީގަތެއްނަމަ ކޮއްގެންވާނެކަމެއް ނޫއް ދެރަކަމެއް

    30
    2
    • ޙަނާ

      މި ނޫހުގަ ނުޖެހިޔަސް އެމީހާގެ ޕޯސްޓް ގަ ކާރުފެ މަޢުލޫމާތު އޮތް ކަމަށް އެއޮތީ ލިޔެފަ

      19
      2
      • މއ

        މި ނޫހުގައި ވެސް ހަމަ ޖަހަންވީނު. މި ނޫހަކީ ހަމަ ވަކި ބަޔަކާދޭތެރޭ ފިތުނަ އުފައްދަން އުޅޭ ބައެއް ހެން ވ ހީވޭ

        8
        3
  5. ވެރިން

    ކާރު އައިސް ގެ ދޮރުމައްޗަށް މަޑުކުރީމަ މަތިން ފައިބާނީ، ފޭބޭއިރު ކާރު އެތާ މަޑުކޮއްގެން ނޯވިގެން ދެތިން ފަހަރު ބުރުޖަހަންޖެހޭ އެހެން ވީމަ އިތުރައް ލާރިނަގާނެ

    22
    18
    • Anonymous

      އެހެންވެ ދޯ އޭނަގެ ކާރު ކެންސަލް ކުރީ. ދަހިންނަށް އެވެރިން ވަރެއް ނޯންނާނެ. ކަންތައް ހިނގައިދިޔަގޮތް ކިތަންމެ ސާފުވި ނަމަވެސް...

      12
  6. އަލީ

    ވަރައް ގިނައިން ދިމާވެފަ އެބަހުރި މުޅި އަގަމަތީގަ ލިޕްޓިކް ޖަސްސާގެން ތިބޭކުދިން މީހުން އަދި މީހާ އައްވުރެ ބޮޑެތި ޓައި އަޅާގެން ތިބޭ މީހުން ކުދިން ޑުރައިވަރައް ލާރިނުދީ ގެއައްވަދެ ޓްރާންސްފަކުރާނަމޭ ކިޔާފަދޭ

    25
    2
  7. އަށްޒާމު

    ފައިސާގެ ދަހިވެތި ކަމުގައި ތިޔަހަމަ ފެލާލީ އެފައިސާ ހަލާލެއް ނުވާނެ

    18
    4
  8. ހާދީ

    ޞއްލަވާ އެއީ ޓެކްސީއެށްނޫން، ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލަން ތިކުރައްވާ މަސައްކަތް ހުއްޓާލަށްވާ.

    15
    18
  9. ހ. ހުސައިން

    ބުނާވަރަށް ދޭތީ މައްސަލައަކީ، އަގަށް އެއްބަސްވެގެން ކާރު އައީ. އެއްބަސްވި އަގު ދިނުމުން ފުދޭނެ. ދިވެހިން މުއްސަނދިކަން ދެއްކުން އޮންނަނީ އަބަދުވެސް.

    9
    4
  10. Anonymous

    ލައިސެންސެއްނޫންބާތިލް ކުރަންވީ ކާރު ނަގަންވީ

    13
    1
  11. ޢާއްމު މީހެއް

    ޢެ ދަތުރުކުރި ކާރު އެއީ ޓެކްސީއެއްތޯ ނުވަތަ ޕްރައިވެޓް ކާރެއްތޯ ޔަޤީންކޮށްފައި ޚަބަރުގައި ޖެހުން މުޙިއްމުކަމަށް ފެނޭ.

    17
  12. ނަމަ

    1000 ރުފިޔާ ވެސް ނަގާނެ އެހެންނު ވާނީ ތާކުންތާކުނުޖެހޭ މީހުން ގާނޫނު ހެދީމަ ދެންވާނެ ގޮތެއް ނުބަލާ އައުގުރާނަ ގޮވަން ތިބޭނީ

    8
    1
  13. އަލިބެއްޔާ

    ފޭކް ސޮޓޯރީއެއް!

    8
    13
  14. ޓެކްސީ

    ތިޑްރައިވަރު ތިހުރީ އިންޑިއާއިން ތަމްރީން ވެފައި

    8
    3
  15. މީހާ

    ފުރަތަމަ ގެންދަން އެއްޗެހި ހުރިއްޔާ ކީއްވެ އެތަކެތި ނުބޭލީ އިގެންވާނެ މާލޭ މަގުމަތީގެ ހާލަތު.
    އަނެއްކަމަކީ ވަކި އަގެއް ކަނޑައެޅިފަ އޮއްވާ އެއަގަށްވުރެ ބޮޑުކޮށް ނެގުން.

    14
    1
    • ޚަދީޖާ

      އޭނާ އެބައޮތް ބުނެފައި 1:45 އަށޭ އަންނަން ބުނީ. އޭގެ މާކުރިންނޭ ޓެކްސީ އައީ. ބުނި ގަޑިއަށްވުރެ މާކުރިން އައީ ކީއްކުރަން؟

  16. އަލީ މައިޒް

    ތި ކާރުތައް ފުޑާލަންވީ ތިހެން ހަދާބަލަ އަހަރުންނައް ކާރެއް ނޯންނާނެ ސަލާމަތުން ބިރެއް ނުގަނޭ ޖަލައް ލިޔަސް ،،ނޯ ވްމެން،ނޯ ކިޑްސް

  17. Anonymous

    ރާއްޖޭގަ މީހުން ފެލަން ޑުރައިވަރުން އުޅެނީ! ބޮޑު ނޫނީ މާދުރު ތަނަކަށް ދުއްވަން ޖެހޭ ނަމަ މީހުން ފެލާނެ ވަރު ވިސްނާލާ! ބޭރު ގައުމު ތަކުގަ ހުޅުލޭ މާލޭ ކީކުރަން އައްޑު އާ ހަމައަށް ދުއވިޔަސް މީޓަރު ގަ އެ އިންނަ އަދަދެއް ނަގާނީ! ހިތަށް އެރި ވަރެއް ނަގާގެން އަމިއްލަ ނާޖާއިޒު ފައިދާ ހޯދާކަށް ނޫޅޭ! މި ތާ ކޮންމެ ބަޔަކު ބަލަނީ މީހުން ފެލަން!

    11
    2
  18. އަހްމަދު

    މިބާވަތުގެ ކަންކަން އެބަޖެހޭ ތަހްގީގުކޮށްބަލަން އަދި މިފަދައަމަލުކުރާ މީހުންގެ ލައިސަންސް ބާތިލުކުރަންޖެހޭ އެހެންނޫނީ މިކަންކަން އިސްލާހެއްނުވާނެ

    11
  19. އިސްމާއިލް

    ކޮބާ ކާރުގެ ނަމްބަރ ތިއީ ހުސް ފޭކު ހެންހީވަނީ ؟؟؟؟؟

    9
    3
  20. ފިތުނަ ނޫސް

    ތިބުނާ ކާރަކީ ރީނދޫ ބޯޑު ޖެހި ކާރެއްނޫން. ފިތުނަ އުފެދޭ ގޮތަށް ތިކުރާ ނޫސްވެރިކަމުން މިަދު ކަލެއަށް ވަރަށް ސަޕޯޓު އާއި މެޑަލްތައް ލިބިދާނެ. ޢަވަސް ރައިޑްގަ ޕްރައިވެޓް، އަދި ކޮންޕެނީ ކާރުތަށް ވަރަށްގިނަ. ޙަޤީޤތް އޮޅުވާގެން ތިގޮތަށް ފިތުނަ ނުފެތުރުމަށް ނަސޭހަތް ތެރިވަން.

    17
    1
  21. ހީލަތްތެރިންގެ ރާއްޖެ

    ބައެއް ޑްރައިވަރުން މިހާރުވެސް ހަމަ މަކަރު ހަދަނީ. މީ ދެން ދެރަކަމެއްނު!

    5
    4
  22. އަލީބުނީ

    ކާރު ޑްރައިވަރު މައްސަލައެއް ނެތް މީގަ . 1.30 އައް އަންނަން ބުނީމަ އައިމަ ދެން ފޮށި ގިނަވީމައޭ 10މިނިޓް މަޑުކޮއްލަން ޖެހުން އެއީ މައްސަލައަކީ ގަޑިބުނީމަ ގަޑިއައް އައިމަ 10 މިނިޓް ވީމަ 500 ވެސްކުޑަ. ބޭނުންހާއިރެއް ވަންދެން ލަސްކުރީމަ ވާންވީގޮތްތިވީ.

    18
    18
    • އަލީ ނުބުނޭ

      ބޭބޭ 1:45 އަށް އަންނަން ބުނެފައިނީ....

      10
      1
  23. ހާދީ

    ސ އަކުރުގަ ޓެކުސީ ނުހުންނާނެ.
    ތިއީ ކޮމްޕަނީ އެއްގެ ވެހިކަލެށް.

  24. Anonymous

    ކޮން ޖޫރިމަނާ ކުރާކަށް. ވަގުތުން ލައިސަންސް ހިފަހައްޓަންޖެހޭ. ނޫންނަމަ ކާރު ޓޯކުރަންފެނޭ

  25. ކިޔު

    މާލޭގައި މީޓަރު ހަރުކުރުމަކީ ހައްލެއް ނޫން.

    1
    1
  26. މުހައިމިނު

    ތި ކާރުގެ މައުލޫމާތުވެސް ޖެހިނަމަ އެއްނުން...

  27. ބުޅާގޯނި

    އަވަސް ރައިޑުގާ އުޅޭނެ ޕުރަޢިވެޓް ކާރު ތައްވެސް ޕުރައިވެޓް ކާރުތައް އާމުކޮށް ބޮޑުއަގުނަގާ ބައެއް ތީ ތިބޭފުޅާއަށް އިގޭތޯ އެއީ ޓެކްސީ އެއް ކަމެއް ނޫނީީ ޕުރައިވެޓް ކާރެއް ކަމެއް ޕުރައިވެޓްކާރު ފައިސާގިނައިން ނެގިޔަސް ނަންވަނީީ ޓެކްސީ ޑުރައިވަރުން މީވަރަށް ދެރަކަމެއް

  28. މަޓީ

    ނިކަން ތި ޑްރައިވަރުގެ ހުއްދަ ބާތިލްކޮށްފަ އެކަން އިއުލާންކޮށްބަލަ މިނިސްޓްރީން، އޭރަށް ތިކަން ކުރުން ހުއްޓުމަކަށް އަންނާނެ، މިހާރު ފިޔަ ވަޅު އަޅާނެއޭ ބުންޏަސް އެކަން ނުކުރެވޭނެކަން ޓެކްސީ ޑުރައިވަރުންނަށް އެގެނީ، އެހެންވީމާ ތިކަން ތިހެން ވަނީ. ނިކަން ފިޔަވަޅޫ އަޅާބަލަ

  29. ޝިހާމް

    ޙަބަރެއް ޖަހާއިރު ވާނުވާ ބެލުން އެދެން ތިބުނާ ދަތުރު ކޮށްފައި އެވަނީ އަވަސް ރައިޑުން ކުރި ދަތުރެއް ކޮމްޕެނީ ރެޖިސްޓަރޑް ވެހިކަލްއެއްތީ ޓެކްސީ އެއް ނޫން..

  30. ވާނުވާ.

    ތިޔަށް ކިޔާނީ ފޭރުމޭ. ހިތަށް އެރި އަދަދެއް ކިޔާފައި ނަގައިގެން ޙަލާލުވާނެ އެއްވެސް ގޮތެއް ނޯންނާނެ.

  31. ަިބުރާހީމް ރަޝީދު

    ކަސްޓަމަރު ތީގަ ގޯހީ،،

  32. #މިނިވަން ޤައުމު

    ޑްރައިވަރުންގެމައްސަލަހައްލުވާނީ ޕޮލިހުން ޓެކްސީކުރުން މަނާކުރެވިގެން އަދި އެކަން މޮނީޓަރކުރެވިގެން