ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ވިހިވަނަ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލި ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ހިމަނާފައިވާ ކަމަށާއި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއެއް މަޖިލީހުގައި ތައާރަފްކުރާނެ ކަމަށެވެ.

"މިއަދު ފާސްކުރި ފާސްކުރުމުގައި އަޅުގަނޑުމެން ވާނީ ހުރިހާ ކޮމިޓީއެއްގެ އަދަދަކީ 11 ކަމަށް ނިންމާފައި، ދެން އިސްތިސްނާ މިކުރީ 241 ކޮމިޓީއަށް. އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ. އެ ކޮމިޓީއަށް ކޮންމެ ޕާޓީއެއްގެ ފަރާތުން މެންބަރަކު އިންނަން ޖެހޭތީ އެ ކޮމިޓީގެ އަދަދަކީ 13 ކަމަށް ހަމަޖެއްސީ. ދެން އޭގެ އިތުރަށް މިހާރު ވެރިކަން ކުރާ ޕާޓީން ގެންނަން ބޭނުންފުޅުވޭ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއެއް އަލަށް ތައާރަފް ކުރަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދުމަށް ސަރުކާރު ހިއްސާ ވާ މައި ޕާޓީ، ޕީއެންސީން ބޭނުންވި ނަމަވެސް ވިހިވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާ ބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި ފެށޭ ޖޫން މަސް ނިމުމުގެ ކުރިން އެ ކޮމިޓީ އެކުލަވާލާނެ ކަމަށާއި އޭރުން ގެދޮރުވެރިކަމާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ގެދޮރުވެރިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހައްލުކުރަން ނިންމާފައިވާ އެއް މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިރާއްޖޭގައި ގެދޮރުވެރިކަން ހައްލުނުވެ އޮތީ ވަގުން ގިނަކަމުން، ކޮންމެހެން ކޮމޮޓީއެއް ނެތިގެނެއްނޫން، އެޓޯލް މިނިސްޓުރީ ހިންގި ދުވަސްވަރު ރައްރަށުގެ ބިންތަށް ރައްޔިތުންނަށް ނުދީ ހިފަހައްޓާފައި ހުރީ މާލެ ސަރަހައްދަ މީހުން ތޮއްޖަސާ މާލެ ކުލީ ކޮޓަރި ހިފަން ރައްޔިތުންނަށް މަޖުބޫރު ވާގޮތަށް !

  2. ...

    ގެދޮރުވެރިކަމަށް ހައްލު ނުލިބިގެން މިއުޅެނީ ކޮމިޓީ އެއް ނެތިގެން ބާ...؟
    ދިވެހިން ގައުމެއް ނެތް...މި ގައުމުގެ ޗާލުކަން ނެތި ހިނގައްޖެ...ތާރީހުގައި މިކަހަލަ ކަންކަމުގެ އާހިރު ނަތީޖާ ފެންނަން އޮތީ ލޭ އޮހޮރުވުމަކުން...
    މީ ކަންބޮޑުވާން ޖެހޭ ކަމެއް...

  3. ޙެހެހ

    ތިކޮމެޓީއަށް ވީހާވެސް ފަޤީރުންލާތި ! އޭރަށް އެމީހުންނަށް ބަހާފަ އެއްޗެއް އޮންނާނީ ،
    ނިމިދިޔަ ސަރުކާރުގައިވެސް ފްލެޓް ކޮމިޓީ ރައީސްއަކަށް އިންނެވީ ވަރަށް ހާލުގައި އުޅުއްވާ އަކްރަމް ކަމާލުއްދީން ، ދަމުން އެދިޔައީ މުޅިއާއިލާއަށް ހުޅުމާލެއިން އެއްތަނަކުން ގެ ބަހަާލާފަ

  4. އަބްދޫ

    މަޖިލީހުގަ ހަދާފަ ހުރި ތިޔަ ކޮމިޓީތަކަކީ މެމްބަރުންނަށް މުސާރައިގެ އިތުރުން ކޮމިޓީ އެލަވަނސް ނަމުގަ ފައިސާ ދިނުމަށް ރާވައިގެންހަދާފަހުރި ކޮމިޓީތަކެއް. ގާނޫނުއަސާސީގެ ކޮމިޓީގެ ވާހަކަ މިއޮންނަނީ ތިގޮތަށް ކޮމިޓީ ހަދައިގެން ތިބެ މެމްބަރުންގެ މުސާރައިގެ އިތުރު ފައިސާ ނަގާގޮތަކަށް ނޫން. މަޖިލީސްގަ ކޮމިޓީ މާލަމް ހުންނާނެ .2008 ގެ ކުރިން ވެސް ކޮމިޓީ ބާއްވާ މަޖިލީހަށް ހުށަހެޅޭ ބިލްތަކަށް ތަޅުމ8ުން ހާއްސަ ކޮމިޓީއެއް ކޮންމެ ބިލަކަށް މެމްބަރުންގެތެރޭން އެކަމަށް ގާބިލް ބަޔަކު މަޖިލީހުންފާސްކޮށް ކޮމިޓީ އެކުލަވާލާ.އެކޮމިޓީއަށް ބިލްގެ މައުލޫމާތު އެއްކުރުމަށް އާނަމު ފަރާތްތަކުގަ ތިއްބަވާ ތައުލީމީ ގާބި؛ލް މީހުންއެކޮމިޓީން ބައްދަލުކޮށް މައުލޫމާތު ހޯއްދަވާ. މިހާރު ކޮމިޓީގަ މަސައްކަތެއްނެތަސް ކޮމިޓީގެ އެލަވަންސް ނަމުގަ އަތްނުފޯރާ ވަރުގެ ބޮޑު އަދަދެއް އެބަލިބޭ ގައުމު ބަގުރޫޓް ކުރުމުގަ ތިޔަ ކޮމިޓީތަކުގެ ހިއްސާ ވަރަށް ބޮޑު. ގެދޮރުވެރިކަމާއިބެހޭ ކޮމިޓީއެއް މަޖިލީހުގަ އޮންނަން ނުޖެހޭނެ. އެކަމާއިބެހޭ މިނިސްޓްރީން އެކަންހިންގާ ބަލަހައްޓާނީ މިހާރު ހުރި ހުރިހާކޮމިޓީ ޖެހޭނީ އުވާލަން މެމްބަރުންނަށް ދެވޭ ކޮމިޓީއެލަވަންސް ދިނުންޖެހޭނީ ހުއްޓާލަން. ގައުމު ދެކެ ލޯބިނުވާ މެމްބަރުން މަޖިލީހުން ބޭރުވާންޖެހޭނެ. ގައުމު 2008 ން ފެށިގެން ހިންގަމުންގެންގޮސް ފަވަނީ ގޯސްކޮށް އަނެްއްކާ މިސަރުކާރުންވެސް ގޯސްފިޔަވަޅުި ތަކުރާރުކުރަންފަށަނީބާ؟

  5. ހުސެއިން ޝާމް

    ރައްޔިތުންގެ މަޖީލީހުގެ އެބަހުރި އެތެއް ވައްތަރެއްގެ ކޮމިޓީއެއް ،ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމެޓީ، އިޤްްިސާދާ ބެހޭ ކޮމެޓީ، މާލިއްޔަތާ ބެހޭ ކޮމެޓީ މިކޮމެޓީ ތަކުގެ ބޭނުމަކީ ކޮބާތޯ އައްޑޫ ލައިވުން އެބަ ސުވާލު ކުރޭ.އަޅުގަނޑު އެބޭފުޅުންނަށް ޖަވާބުދާރީ ވާނީ.ރަގަޅު އޮޑިޓަރ ޖެނެރަލް އެއްލައިގެން އެކޮމެޓީ ތައް އޮޑިޓް ކޮށްގެން އޭގެ ފަހުން އެހެން ހަރުފަތްތަކަށް ދާނީ.މަނިކުފާނު ސުޕްރީމް ކޯޓުގަ ރޮއިފަ ވާހަކަ ދައްކަން ޖެހެނީ ކޮމެޓީތައް އިސްލާހު ނުވާތީ.އިސްލާމިކް މިނިސްޓްރީން އެބަ ޖެހޭ މުނާފިޤުންގެ ސިފަތައް ބަޔާން ކޮށް ފޮތެއް ނެރެން .ނެރެންޖެހޭނީ އިގިރާސި ބަހުން.އިންޑިޔާގެ މުސްލިމުންނަށް ވެސް އަދި ޗައިނާގެ މުސްލިމުންނަށް ވެސް އެގޭނީ އެއިރުން.އަދި އެހެން ގޮތެއްވެސް އެބައޮތް ދީނީ ޢިލްމްވެރިން ނަސޭޙަތް ދިނީމަ އިގިރޭސި ބަހުން ތަރުޖަމާ ކޮށްފަ ސޯޝަލް މީޑިޔާގެ އާންމު ކުރޭ.އެއިރުން އަޅުގަނޑުމެންނަށް ނޭގުނަސް އެގޭ ބޭފުޅުން މާނައަކީ މުސްލިމް ބޭފުޅުން އެއަށް ކޮމެންޓް ކުރާނެ.ސޯޝަލް މީޑިޔާ އަކީ ހެޔޮގޮތުގަ ބޭނުން ކޮށްފިއްޔާ މީހުން ސުވަރުގެ އަށް ނުބައި ގޮތުގަ ބޭނުން ކޮށްފިއްޔާ ޖަހައްނަމަ މިދެއޮޕްޝަނަށް ތައްޔާރުކޮށްފައިވާ ޓެކްނޮލޮޖީ އެއް.މިސާލަކަށް ފަޑިޔާރު މައްސަލަ ކޯޓުގަ ގެންދެވިދާނެ ދެގޮތަކަށް އެއްގޮަތަކީ މައްސަލަ ހުށަހެޅި ފަރާތުން ވެސް އަދި ދަޢުވާ ލިބޭފަރާތުންވެސް ކޯޓު ރޫމަށް ހާޒިރުވުން ދެވަނަ ގޮތަކީ ދައުވާ ކުރާ ފަރާތުންވެސް އަދި ދަޢުވާ ލިބޭ ފަރާތުންވެސް އޮންލައިންކޮށް މައްސލައިގެ އަޑު އެހުމުގަ ބައިވެރިވުން. ޤާޒީ ނުޖެހޭނެ ބަލާކަށް އޮންލައިންވެގެން އޭނަ އޮތީ ޝައިތާނާ އެއްކޮށް ފާހާނާ ތެރޭގަތޯ ނޫންތޯ .އައްޑޫ ލައިވް ބައްލަވަމުން އަޑުއައްސަވމުން ގެންދަވާ ޒުވާނުން މިކަމާ ދޭތެރެ ދެކޭގޮތް އަޑުއަހަން އަޅުގަނޑު މިހިރީ ތައްޔާރަށް.ވަރަށް ސަލާމް.