މަގާމާއި ހަވާލުވިއިރު ތިޖޫރީގައި އޮތީ އެންމެ ހަތް ރުފިޔާ ކަމަށާއި، ކުންފުނީގެ ދަރަނި އޮތީ 261 މިއަލަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ނޮވެމްބަރު 28 ވަނަ ދުވަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ހަވާލުވެވަޑައިގެންނެވި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޒީނާ ވިދާޅުވީ، އޭނާ މަގާމާއި ހަވާލުވިއިރު ކުންފުނީގެ ދަރަނި އޮތީ 261 މިލިއަން ރުފިޔާގައި ކަަމަށެެވެ.

"މިއީ އަދި ކޯޓުތަކުގައި ހިނގަމުންދާ ކޭސްތައް ނުހިމަނާ، ކުންފުނީގެ ދަރަނި އޮތް ވަރު މި ދަންނަވާލީ،" ޒީނާ ވިދާޅުވިއެވެ.

އޭގެ ތަފްސީލު ދެއްވަމުން ޒީނާ ވިދާޅުވީ، ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ އިތުރުން، ބޭރުގެ އެކި ކުންފުނިތަކަށް ދަރަނި 24 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަަރާ ކަަމަށެވެ.

"ލޯނުގެ ގޮތުގައި އެބަހުރި ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައި 87 މިލިއަން ރުފިޔާ ނުދެއްކި، މި ލޯނަށްވެސް އިންޓަރެސްޓް އަރަމުން ދަނީ،". އޭނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ، ސަރުކާރާއި މަޝްވަރާކޮށްގެން، ސަރުކާރުގެ އެހީތެރިކަމާއި އެކީގައި ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޕީއެސްއެމްގެ އާ މެނޭޖްމެންޓް ހަވާލުވެގެން ދަރަނީގެ ގޮތުގައި 9 މިލިއަން ރުފިޔާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ.

"މީގެ ތެރޭގައި ކޯޓު ކޭސްތަކާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ، ފައިސާ އާައި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ، އަޅުގަނޑުމެން މި ފައިސާ ދެއްކުމުގައި އެންމެ ބޮޑަށް އިސްކަން މި ދެނީ އަޅުގަނޑުމެންގެ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް ހިދުމަތްތައް ކުރިއަށްގެންދެވޭނެ ގޮތަކަށް ބަލައިގެން ފައިސާ ދެއްކުމަށް،". ވަޒީރު ވިދާޅުވިއެެވެ.

އަދި އެ ކުންފުނިން ހޯދަމުންދާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން މިހާރު ދުވަހުން ދުވަހަަށް ކުރެވެމުންދާކަމަށްވެސް ޒީނާ ވަނީ ފާހަގަކުރަައްްވާފައެވެ.

ޒީނާ ވަނީ އެ ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތަކަށްވެސް އަލި އަޅުވާލައްވާފައެވެ. ޒީނާ ވިދާޅުވީ، ދުވަހުން ދުވަހަށް ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން %20 ކުޑަކުރެވިފައިވާ ކަަމަށެވެ. އަދި ކުންފުނިން ނަގާފައިވާ ބައެއް ބޭނުން ނުކުރާ ލައިންސަންސް އާއި ފްރިކުއެންސީތައް ބާތިލް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މަގާމާއި ހަވާލުއިިރު އެ ކުންފުނީގެ ތިޖުރީގައި އެންމެ ފައިސާއެއްވެސް ނެތް ކަމަަަށެވެ.

"މި ދެންނެވީ އެންމެ 10ރުފިޔާއެއްހާ ހިސާބުވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތް، ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި އެންމެ ޑޮލަރެއްވެސް ނެތް. ތަހުގީގަށް ދައްކާގޮތުގައި ތިޖޫރީގައި ހުރީ ހަތް ރުފިޔާ.".

މި މައްސަލަތަކާއި ގުޅިގެން ޕީއެސްއެމް އިން ވަނީީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކުންފުނީގެ ފައިނޭންސް ހެޑް ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    ކަލޭދާއިރު 1 ރުފޔާ ެސް ނޯންނާނެ

    30
    52
    • އަލީ

      ދެން ދިޔައިމަތާ ތިކަން އެނގޭނީ

  2. މުހައްމަދު

    ދައުލަތުން ހިއްސާވާ ކޮންމެ ތަނެއްގެ ޙާލަތުވެސް ތިދަރަޖަޔައް ވައްޓާލީ ހަމަ ޗޯރޭ.. ޗޯރޭ އައްބާނައިފިތަނެއް ބަލާނެކަމެއްނެތް އެތަނެއް އޮންނަނީ ދަވާލާފައި..
    ނަމަވެސް ރައްޔިތުން ތެރޭގަ އުޅޭ އަދިވެސް ޗޯރޭއައް ސަނާ ކިޔާ ބައިގަނޑެށް.. އެމީހުންނަ ނުފެންނާނެ ނީޥެނޭ.. އެމީހުންނަށް ހަމައެކަނި ފެންނާނީ ޗޯރޭ ކިބިއްސެއް އަޅާލާފަ އަޅްހަމްދު ކިޔާލިނަމަ ހަމައެކަނި އެތަންކޮޅު..

    51
    25
  3. ކޮރަލް

    ޓީވީ އިމާރާތުގެ ހުޅަނގުފަޅީގަ ބޮޑު ރެސްޓޯރަންޓް އެއް އެހަދަނީ އިއުލާން ކޮށް ގެންތޯ އެވެ.

    33
    11
    • މޫސާ

      އާދެ ކޮށްގެން. އިއުލާނު ވެސް ދެކުނިން.

  4. ފަރަހް

    ނުކިޔަވާ ހުރި ކޮއްކޮއަށް ނިއުސް ހެޑްކަން ދިނީވެސް ކަމަނާ. އެމަގާމު ކޮއްކޮއަށް ދޭން މަގާމްގެ ހުރިހާ ޝަރުތެއް އުވާލީ

  5. ރާޖޫ

    ނުކިޔަވާ ހުރި ކޮއްކޮ އަށް ނިއުސް ހެޑްކަން ދީގެން، ކޮއްކޮ ދަނީ މީހުންގެ އަނބިންނާއި ހިތާވެ ޕީއެސްއެމް ތެރޭގައި ގަނޑުގަންނަމުން

  6. އަހްމަދ

    މިޒަމާނުގަ ތިޖޫރޫގަ ލާރިއެއް ނުހުންނާނެ. ލާރި ހުންނާނީ ބެންކް އެކައުންޓުގަ. ތަނެއްދޮރެއް ނޭންގޭކަން ތީގެން އެނގެނީ

  7. ެބެލުންތެރިޔާ.

    މި ގައުމުގާ ހާދަހާ ޚިޔާނާތެއް ވާނެތާދޯ!؟

  8. ރަނގަޅަކަށް

    ތިތާ ތިބި މޫހިފާފަ ތިބި މަތީ ފަޑީގަ ތިބި ހިޔާނަތްތެރިން ބޭރުކުރޭ އެއްފަހަރުން ތިތަން ހަމަ އަކަށް އެޅޭނެ
    މީ ވަރަށް ވާހަކަ އަހަންނަށް ތިތަން ރަނގަޅަށް އަނގޭތީ މިބުނަނީ

  9. ސލ

    މޑޕ އަކީ ދައުލަތް ހިންގުމަށް ކުފޫ ހަމާވާ ބަޔަކުތިބި ތަނެއް ނޫނެވެ ރައްޔިތުން ވިސްނާ ފިކުރު ހިންގަން ޖެހެއެވެ. 19 ވަނަ މަޖިލީހުގައި ވަކިހިއްޕާލާފައި ތިބި ގިނަމީހުންނަކީ ދައުލަތް ދަރަނިވެރިކޮށް އަންބޮޑިތައް ފުރާލުމުގެ އަޒްމުގައި މޑޕ ގައި ލައްވެގެން އުޅުނު ބައެކެވެ.

  10. ނަގުލާ

    އިބްރާހިމް ތިއޮތީ ހަމަ ރަނގަޅަށްވެސް ޒީރޯ ޓޮލަރެންސްވެފަ!

  11. ތަކަތުވާ

    ތިޖޫރީގައި ފައިސާ ހުންނާކަސް ނުޖެހޭ ކޮޔާ ފައިސާ ހުންނަން ޖެހެނީ އެކައުންޓްގައި މޮޔަ ގޮވިޔަސް ބޮދުވަރު

  12. Anonymous

    ދައުލަތް ބަނޑު އަޅާލީމަ ކޯއްޗެއްތޯ އޮންނާނީ ދެވަނަ ދައުރެއް ދިންނަމަ ތި ތަންވެސް އިންނާނޫ އިންދޑިއާގަ ލޮލް

  13. ކަށިކެޔޮ އާދަނު

    ނޫން ނޫން ކަނބުލޯގެއާ .. އަހަރެން ތިޖޫރީ ހަވާލުކުރިއިރުގާ އެތިޖޫރީގާއޮންނާނީ ހަތްލާރި .. ވީމާ އެކަންހަނދާންކޮށްދެން.. ހަތްރުފިޔާއެންނޫން އެއީ ހަތްލާރި..

  14. Anonymous

    ހިލޭސާބަހަށް މީހުން ގެންގޮސްގެން ޕްރޮގްރާމު ހަދާފަ އޭގެ އަގުވެސް ކާލަނީ ތިތާއެތެރޭގަ އުޅޭ މީހުން. އެއީ އެންމެން ދަންނަ ކަމެއް. ތިތަނުން އޮފީހަކަށް ކަމެއް ކޮށްދިނަސް އެއޮފީހަކުން ތިތަނަށް އަގުނަގާ. އެކަމަކު އޮފީސްތަކުން ތިތަނަށް މަސައްކަތް ކޮށްދޭންޖެހެނީ ހިލޭ. ބަންގާޅީ ބުނީ ޕީއެސްއެމް ކޮން ވައްތަރު ހުންނަނީ؟؟؟

  15. އައްޔު

    ކަމަނާ ކުރަންވީ ކަމަކީ ޚަރަދުކުޑަކޮށްގެން ފައިދާހުރި ތަނަކަށް ތިތަން ހެދުން ކުރިއަށް އޮތް 10 އަހަރަށް ކުންފުނި ހިންގާނެގޮތުގެ ޕްލޭން އެކުލަވާލާ ދަރަނިން ސަލާމަތް ވެވޭނީ އޭރުން

  16. ސަރަފަކައްދަ

    އިނބަމެންގެ ވެރިކަމުގައި އެބަހީ:- ޔާމީނުގެ ވެރިކަން ނިމި މޑޕ ވެރިކަމާއި ހަވާލުވިއިރު ތިތަނުގެ ހާލަތު ކަމަނާއަށް އެނގޭތޯ! ޙަލީލުމެން ހިންގި ޖަރީމާތައް ކަމަނާ އަށް އެނގޭތޯ! ރައްޔިތުންގެ އަނގަ ގޮއްވަން ނުލޭ! މަންޒަރެއް ރީއްޗެއް ނުވާނެ!

  17. ބަބޫ

    މިޔަށް ކިޔަނީ އުނބައް ޖެހުން. ނިމިދިޔަ ސަރުކާރުންވެސް ކުރީސަރުކާރުން ހެދި ގޯސް ދެއްކުމުގަ 5 އަހަރު ދިޔައީ. މިހާރުވެސް މިވަނީ އެހެން

  18. މުކޭ

    ޒިނާ ވެސް އެ 7 ރުފިޔާ ބާއްވާފަ ދާތި ، އެއީ ތިޖޫރީ ބާކީ ..... ވައްކަން ކުރަންވާނީ އެކަން ދަސްކޮށްގެން ، އެހެން ނޫނީ މަޅީގައި ބެދޭނީ

  19. ކޮވިޑް ހަސަން

    މާލިއްޔާތު ގަވާއިދުގައިވާގޮތުން މިޒަމާނުގައި ތިޖޫރީގައި ފައިސާއެއް ނުބެހެއްޓޭނެ. ފައިސާ ދުވަހުން ދުވަހަށް އެކައުންޓަށް ޖަމާ ކުރަންޖެހޭނެ. އެހެންވީމާ ތިތާ ފައިސާ ހުންނާނީ ތިތަނުގެ އެކައުންޓް ތަކުގައި

  20. ކުޅިކަނބިލި

    މިގައުމުގައި ހާވާލި ކޮންމެތަނެއް ފޫގޮސްފަ އަދަބު ނުދެވޭނަމަ ނެތްހައްލެއް

  21. ލިކާ

    ނާގާބިލު ނުކިޔަވާހުރި ރައީސަކު ދައުރު ނިންމާލި އިރު މުޅި ގައުމު ދަރުވާލާފި