ޓޫރިޒަމަށް ތަރައްޤީ ކުރުމަށް ތަރައްޤީކުރުމަށް ބައެއް ފަޅުރަށްތަކާއި ފަޅުތަކެއް ހިމެނޭހެން 17 ތަނެއް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނާގޮތުން ބީލަމަށް ހުޅުވާލީ ތަންތަނުގެ ތެރޭގައި 11 އަތޮޅަކުން 14 ރަށަކަށާއި ތިން ފަޅެއް ހިމެނެއެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލްއާ އެކު ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ލިބޭނެއެވެ.

ޓޫރިޒަމަށް އަލަށް ހުޅުވާލާފައިވާ ތަންތަނަކީ:

ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު)
ށ. ކުޑަޅައިމެންދޫ
ރ. ދިއްކުރެއްދޫ
ޅ. ދިއްފުށި
ޅ. ވިހަފަރުފިނޮޅު
ކ. ހިއްމިއްޔަ ފަޅު
ކ. އަތޮޅު ފަޅެއް
އއ .އަލިކޮއިރަށް
ވ. ފަޅެއް
ތ. ގާލީ
ތ. ރުއްތިބިރަށް
ތ. ކަނިމީދޫ
ލ. ކަށިދޫ
ލ. ހަންހުށި
ގއ. ބޭރުމައުޑޫ
ގދ. ކަޅެހުއްޓާ

މި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުއްޓަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯގަޔާ

    ޅ.އަތޮޅުގަ ވިހަފަރުފިނޮޅު ކިޔާތަނެތް އޮވޭތަ

  2. ކަލޯގަޔާ

    ޅ.އަތޮލުގަ ވިހަފަރުފިނޮޅު ކިޔާތަނެތް އޮވޭތަ

  3. ރާޒިފް

    ރިސޯރޓް ހެދުމަށް އާ ރަށްތައް ހަދަން އިޢުލާން ކުރާ އިރު ހަދަންފަށާފައި ހުއްޓިފައި ހުރި ރަށްތައް ހެދުމަށް ބަޔަކަށް ދެނީ ކޮން ދުވަހަކުންތޯ؟ 2008ވަނަ އަހަރު ރިސޯރޓެއް ހެދުމަށް ފަށާ ހުއްޓިފައިވާ ރަށެއް ގދ.ގައްދޫ ކައިރީގައި އެބައޮތް. އެރަށް ހަދަންފެށި ފަރާތަށް އެކަން ނުވީމާ އެހެން ފަރާތަކަށް އެކަން ކުރެވޭނެ ގޮތަކަށް އެރަށް ދޭން ވެއްޖެ ނޫންތޯ؟ ދިވެހި ރައްޔިތުންގެ އެސެޓެއް ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް 15 އަހަރުވެގެން ދާއިރު ބޭއްވުމަކީ ޚާއްޞަކޮށް އެރަށާއި ކައިރީގައި ތިބި ރައްޔިތުންނަށް މާލީގޮތުން ލިބިގެންދާ ވަރަށްބޮޑު ގެއްލުމެއް. މިފަދަ ކަންކަމަށް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިހާރުގެ ސަރުކާރުން އިސްކަން ދެއްވުމަކީ ވަރަށްބޮޑަށް އެދޭކަމެއް.