މި އަހަރު ހަައްޖު އަޅުކަމުގައި ބައިވެރިވަޑައިގަންނަވާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފިއެވެ.

އެ ފްލައިޓް ފުރާފައި ވަނީ މިއަދު މެންދުރުފަހު 15:51ގައި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ ފްލައިޓް ޖިއްދާގައު ޖައްސާނެ ގަޑިއަކު މިރޭ 9:12 ގައެވެ.

މި ފްލައިޓްގައި 296 ހައްޖާޖީން ވަނީ ފުރާފައެވެ.

ރާއްޖެއިން ހައްޖަށް ދާ ހުރިހާ ފަރާތްތަކުންވެސް ދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. އެ ހައްޖުވެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ އިންތިޒާމްތައް އެ ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ފުރުން — ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

ޖުމްލަ 1000 ހައްޖުވެރިން މި ދަތުރުތަކުގައި ބައިވެރިވާއިރު އޭގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ އުސޫލުގެ ތެރެއިން، ބޮޑެތި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންގެ އެހީތެރިންނާއި އަދި 70 އަހަރުން މަތީގެ ބޭފުޅުންނަށް ކަނޑައެޅުނު އެހީތެރިންނާއި އަދި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްޖަށް ގެންދާ 50 ފަރާތްތައްވެސް ހިމެނެއެވެ.

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ފުރުން — ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

ސައުދީ އެއާލައިންސްގެ ޑައިރެކްޓް ފްލައިޓްގައި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ފުރިިއިރު، ދެވަނަ ފްލައިޓް ފުރާނީ ޖޫން ތިން ވަނަ ދުވަހެވެ. އަދި ތިން ވަނަ ފްލައިޓް ފުރާނީ ޖޫން ހަތް ވަނަ ދުވަހެވެ.

މިދަތުރުގައި 05 ޑޮކްޓަރުންނާއި 05 ނަރުހުން ބައިވެރިވެއެވެ. އަދި މި ދަތުރުގައި ފުލުހުންނާއި، އެމްއެންޑީއެފްގެ ބޭފުޅުން އެހީތެރިންގެ ގޮތުގައި ބައިވެރިވާނެއެވެ.

ހައްޖު ކޯޕަރޭޝަނުން ނިންމާފައިވާގޮތުގައި ދިވެހި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ ހައްޖުވެރިއެއްގެ އަތުގައި ލޮކޭޝަން ޓްރެކިންގ ޑިވައިސެއް އަޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު