މާލޭގެ މިސްކިތްތަކުގައި ފަސް ތަރީގެ ފާހަނަތަކެއް ތަރައްގީ ކުރަން ނިންމާފައިވާ ކަަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، މިސްކިތްތަކަކީ ސާފްކޮށް އޮންނަން ޖެހޭ ކަމަށެވެ. އަދި އިސްލާމީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފާފުޅާއި އެއްގޮތަށް މިހާރު މިސްކިތްތައް ސާފް ކުރުމުގައި ހަރަކާތްތެރިވާނީ ދިވެހިން ކަަަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު ތިޔަބޭފުޅުންގެ ޒިންމާއަކީ މިސްކިތްތައް ރީތިކޮށް ބެހެއްޓުން، މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވާށޭ،".

އޭނާ ވިދާޅުވީ، މިސްކިތްތަކުގެ ފާހަނަތަކަކީ ފަސް ތަރީގެ ފާހަނަަތަތަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

"އަޅުުގަނޑުގެ އަމާޒެއް މިސްކިތުގެ ފާހަނަ ތަަކަކީ ފަސް ތަރީގެ ފާހަނަތަކަށް ހެދުން، އެކަމުގެ މަސައްކަތް ފަށައިގެން މި ދަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަސް ތަރީގެ ރީތި ފާހަނަ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފާހަނަތައް ސާފްކޮށް ބެހެއްޓުމަކީ ގައުމެއްގެ ހަޔާތުގައި، ވަަރަށް މުހިންމު އެއްޗެއް ކަމަށެވެ.

"ގެއަކަށް ވަދެފައި، ފަހަނައަށް ވަދެ، ފާހަަނަ ރީތިކޮށް ހުރެއްޖެއްޔާ ބަލާނެ ކަމެއް ނެތް، އެެއީ ސާފް ތާހިރުކޮށް އުޅޭ ބައެއް، އެއީ މިންގަނޑެއް،". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮރަލް

    މިސްކިތައް ނަމާދައް ނާރާ ބިދޭސީން ފާހާ ނާ ބޭނުން ކުރާ މައްސލަ ވ ބޮޑެވެ.

    30
    1
  2. ހުސޭނުބޭ

    ވީމާ ތި ފާޚާނާ ތަކުގައި ފާޚާނާ ތައްޓަށް އެ ބޭރުކުރާ ތަކެތީވެސް 5 ތަރީ އަގު ހުންނާނެ ދެއްތޯ!

    4
    9
  3. ފިޔަވަޅު

    ތި ފާހާނާތަކައް ވަދެވެން ޖެހޭނީ ހަމަ އެކަނި ދިވެހިންނަށް.

    ބޭރު މީހުންނަށް ވަކިން ފާހާނާ ބަރިއެއް ހަދާ

    24
    3
  4. ކަކުނިބޯ

    ބިލިގާ އާއި ޖެކޫޒީ އަދި ސައުނާ ބާތް ދެން ހުންނާނެދޯ މިސްކިތްތަކުގެ ފާހާނާގައި މިހެން މި އަހާލީ 5 ތަރި އޭކިޔާތީވެ.

    3
    8
  5. މަޗާ

    މިސްކިތް ތަކުގަ އެކަންޏެއްނުން އެހެން ބައެއް ތަންތަނުގަ ވެސް ޕޭ ޓޮއިލެޓު ބެލެހެއްޓޭ ނަމަ ހުންނަން ޖެހޭ.

    15
    1
    • ޜަނާ

      ޜަގަޅު ކަމެއް ޕޭ ޓޮއިލެޓް ހުރުމަކީ. ޢެކަމަކު ވަރަށް ރަގަޅަށް ސާފު ތާހިރު ކުރެވެން ޖެހޭނެ

  6. Anonymous

    މާލޭގައި ރީތި ޕޭ ޓޮއިލެޓް ޕާކު ތަކުގައިވެސް ހުންނަން އެބަޖެހޭ، މާލެ އަކީ ވެރިރަށް ގިނަ މީހުން ޒިޔާރަށް ކުރާ ތަނެއް، ޕާކް ތަކިގައި ކުޑަ ރީތި މިސްކިތް ވެސް ހުންނަން ޖެހޭ ރީތި ޓޮއިލެޓް ލާފައި ! އޭރުން ޢައިރު މުސްލިމުންނަށް ވެސް އިސްލާމް ދީނުގެ ރީތިކަން ފެނިގެންދާނެ !

  7. ބޮންދު

    މޭޔަރަށް ދަންނަވާލަން އޮތީ މިރާއްޖޭގައި މިހާރު މަސައްކަތަށް ފަރުވާ ބަހައްޓާމީހުން ވަރަށް މަދޭ
    ކިތަންމެ ރަނގަޅުމުސާރަ އެއް ދިނަސް އެމީިހުން ބަލާނީ ހަމަ އެކަނި ލިބޭ މުސާރަ ކޮޅަށް
    އެކަން މިދެތިން ދުވަސް ތެރޭގައިވެސް މިސްކިތުން ފެނިއްޖެ

    3
    1
  8. ވިސްނަންޖެހޭ ކަމެއް

    ޚަބަރުތައް ކިޔާފައި ކޮންމެ ކަމަކަށް ޖޯކު ނުޖަހަމާ ހިނގާ. ދޫ ރައްކާތެރި ކުރޭ.

  9. ނެގުނުކަތީބު

    ފަސްތަރީގެ ބަދަލުގައި މިސްކިތްތަކުގައި ފަސްތަށީގެ ނޫނީ އެއަށްވުރެ ގިނަ ތަށީގެ ފާޚާނާ ބަހައްޓަންވީ. މިހާރު ތިތަންތަނަކީ ބޭރުމީހުންގެ އާންމުފާޚާނާ.

  10. އަބްދޫ

    5 ތަރީގެ ފާހާނާ އަބަދުވެސް ހުންނާނީ ތަޅުލާފަ ވަކި މީހަކު ނާންނަނިސް ފާހާނާ ނުހުޅުވޭނެ މިސްކިތު ފާހާނާ ތަކަކީ މިސްކިތަށް ދާއެންމެނަށް އަބަދުވެސް ބޭނުންކުރެވޭގޮތަށް ހުންނަންޖެހޭ ހިދުމަތެއް. އެކަމަކު މިސްކިތްތަކުން އެހިދުމަތްލިބޭނީ ނަމާދުވަގުތުންފެށިގެން ޖަމާއަތް ނިމެންދެން މިހިނދުކޮޅަށްޓާކާ ތަރި އެރުވުމުގެ ބޭނުމެއްނެތް އާދައިގެ ފާހާނާ އާންމުކޮށް ލިބޭގޮތަށް ތިރި ތަށީގަ ހެދީމާ ހުންނަނީ ރަނގަޅަށް.އާންމުކޮށް މީހުން ބޭނުންކުރާ ފާހާނާގަ އުސްތަށި ބެހެއްޓުމަކީ ހަމުގެ ބަލިތައް ގައިނަގަޔަށް އަރާކަމެއް.