މާލޭގައި މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު ދިވެހި އަންހެނަކާއި ފިިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ މާލެއަށް ނިސްބަތްވާ އަންހެނަކާއި، މާލެ އަށް ނިސްބަތްވާ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވެއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ރަހީނުކޮށް، ބިރުދައްކާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

މި މީހުންނާއި ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ ދެ މީހުން ވެގެން މީހަކު ކޮޓަރިއަކަށް ވެއްދުމަށް ފަހު އޭނާގެ އަތުން ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތައްވެސް ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި މަސް ތެރޭގައި މިފަދަ މައްސަލަތަކެއް ފެންމަތިވިއެވެ. މިގޮތުން ހަފްތާއެއް ކުރިން މިފަދަ މައްސަލައެއް ފ. ނިލަންދޫ އަށް ނިސްބަތްވާ ދެމަފިރިން ހައްޔަރުކޮށްފައި ވެއެވެ. އަދި އޭގެ ކުރިން ބިދޭސީ ފިރިހެނަކު ރަހީނު ކުރި ދެ މީހަކު ހައްޔަރު ކުރިއެވެ.

މި އަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ 27 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކުށްވެރ ޙިމާޔަތް ކުރަން ޤާނޫނު ހަދައިގެން ނަންޖަހާލަން ނުކެރޭ.
    ސަލާމަތް ވާންވެސް އެނގޭނީ އޭރަކަށްނު
    ފޮޓޯ އާއި އެކީ މިކަހަލަ މީހުންޖަހާލަންވީ

    32
    • ...

      މި ކޮމެންޓް ކުރި މީހާ އެއީ ވަރަށް ވިސްނޭ މީހެއްކަމަށް އެއް އިރެއްގަ މަށަށް ހީކުރެވުނު...
      ނަމަވެސް މިހާރު ޔަގީން ކުރަން ޖަޒްބާތުގަ އުޅޭ ކުއްޖެއްކަން އެއީ...
      ސަލާމަތްވެވޭނެ ގޮތަކީ ފޮޓޯ އާއި ނަމެއް ނޫން...

      16
      • ފަސޭހަވާނެ

        އޭރުންް ފެނުނީމަަ އެނގޭނެ

    • ނީނާ

      އަސްލުވެސް، ފޮޓޯ، އާ، ހުރިހާ، މައުލޫމާތެއް، ހާމަ، ކުރަންވީ،. ރައްޔިތުންްއަށް ނުރައްކާ،މީހުންދޯއެއީ

      27
  2. ާެެއަހުމަދު

    ޢެފިރިހެން މީހާ އެއީ މިދިޔަ އިންތިހާބަށް ޝަރުތުގަ ދޫކޮއްލާފަ ހުރި މީހެއް ، އުމުރައް ޖަލައްލާފަ ހުއްޓާ