ސްރީނަގަރަށް ދަތުރު ކުރަމުންދިޔަ ވިސްޓާރާ ފެލައިޓް އިމަޖަންސީގައި ޖައްސައިފި އެވެ.

ފްލައިޓް ނަންބަރު ޔޫކޭ-611 ދިއްލީން ފުރައިގެން ރައްކާތެރި ކަމާއެކު ސްރީނަގަރު އެއާޕޯޓަށް ޖައްސާފައި ވަނީ އިއްޔަގެ 12:10 ހާއިރު އެެވެ.

މިފަދަ އިންޒާރުތަކަށް ސްޓޭންޑަޑް ޕްރޮޓޮކޯލް އަށް ތަބާވެ، މަތިންދާބޯޓު ޖެއްސުމުން ވަގުތުން އައިސޮލޭޝަން ބެއި އަކަށް ގެންދިޔަ އެވެ. އައިސޮލޭޝަން ބައިގައި ހުރިހާ ފަސިންޖަރުންވެސް ވަނީ ރައްކާތެރި ކަމާއެކު ޑީބޯޑުކޮށްފައެވެ. އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށް ބޯޓުގެ ސެކިއުރިޓީ ކަންކަން ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

31 މެއި 2024ގައި ދިއްލީން ފުރައިގެން ސްރީނަގަރަށް ދަތުރުކުރަމުން ދިޔަ ފްލައިޓް އިމަޖެންސީގައި ޖައްސާފައި ވީނަމަވެސް ހުރިހާ ފަސިންޖަރުން ސަލާމަތުން ތިބިކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެމީހުންގެ ސަލާމަތާ ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުންނެވެ.

ވިސްޓާރާ ބޯޓުގެ ކަސްޓަމަރުންނާއި ކުރޫ އަދި މަތިންދާބޯޓުުުގެ ސަލާމަތާ ރައްކާތެރިކަަމަކީ އެންމެ މުހިންމު ކަންތައް ކަމަށާ މަތިންދާބޯޓު އަލުން އޮޕްރޭޝަން ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ މަތިންދާބޯޓު ކްލިއާކޮށްފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.