އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ހާދިސަގައި ލޯންޗް ދުއްވަން އިން ކައްޕި ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފާނަ މަސްވެރިކަމަށް ފީނަން ފައިބައިގެން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވި ހާދިސާގައި އެ ލޯންޗް ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެއްސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް ފައިބައިގެން އުޅެނިގެން އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ބިދޭސީ މިހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އދ. ދަނގެއްޗަށެވެ. އެ ރަށަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ ނިޔާވެފައެވެ.

އދ. ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަގުތަށް" ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ އަތޮޅުގެ ރަންވެލި ތިލަ ކިޔާ ފަޅެއް ކައިރިން ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތުގައި އެ ދޯނީގެ ހަތަރު މީހުން ފީނަށް ފައިބައިގެން އުޅުނު ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

" މި ހާދިސާގައި މި ރަށަށް ގެނައީ ބިދޭސީއެއް. އެއީ ބަންގްލަދޭޝް މީހެއް. ގާތްގަނޑަކަށް 7:30 އާއި 8:00 ދޭތެރޭގައި ގެނައީ މި ރަށް." މުއާވިޔަތު ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުއި

    ގިނަ ކައްޕިތައް ދެންމީ މާފުއްޕައިން އުޅޭ ބަޔެއް

  2. އަހު

    ޅޯންޗް ތައް ދުއްވާ މީހުން ވަރަށް ފަރުވާ ކުޑަ. ދަތުރު ކޮއްފާ ދާއިރުބެސް އަންނީ ގަޔާދިމާލައް.

    20
    1
    • Anonymous

      ނޭނގޭ ވާހަކަ ނުދައްކާ، ބިދޭސީ މީހާ އޮތީ އާއްމުކޮއް ލޯންޗު ދުއްވާ ސަރަހައްދެއްގަ، ފަތިސްގަޑީ ކިރިޔާ އިރުއެީ. އެގަޑީ ފޭނާއިރު ފީނަންވާނީ މީހަކު ފެންމަތީ ބަހައްޓާފަ. ކޮންމެހެން އެހެން މީހުންނައް ބްލޭމް ކުރަން އުޅޭނެ ކަމެއް ނެތް.

  3. ކަނޑު ރަސްގެފާނު

    ފީނަން ދިދަ ޖަހާފަހުއްޓާ މިހިނގީ ވަރަށް ހިތާމަވެރި ހާދިސާއެއް ، ލޯންޗް ދުއްވާމީހުންވެސް އެހެންމީހުންވެސް ކަނޑު ބޭނުންކުރާނެކަން ހަނދާންކޮށްގެން ދުއްވުން ބުއްދިވެރި.
    ބިދޭސީއެއްގެ ފުރާނަދިޔަޔަސް މީ ވަރަށް ހިތާމަވެރިކަމެއް ، މާދަމާއެއް ނީނގެދޯ ދިވެއްސެއްގެ ފުރާނަކަމެއް ދާނީ ބޯޓް ކެޕްޓަނުން މިގޮތަށް ފަރުވާކުޑަ އެފަދައުޅަނދު ދުއްވަންނާ

  4. ޠައްޔިބު

    ގަސްތުގަ ކުރިކަމެއް ވިއްޔާގޯސް ކަނޑުއުޅަނދު ދުއްވާސަރަހައްދު ތަކައްފީނާ ޑައިވްކޮއް ހެދުމުގެ ގަވައިދެއް އޮވޭ އުޅަނދެއް އޮތަސްއެތަނުގަ ބަޔަކު ޑައިވްކުރާ ކަމެއް ނޭނގޭނެ ގަވާއިދު ބުނަނީ ޑައިވަރުން ގޮވައިގެން އާއުޅަނދުގަ ޑައިވްދިދަ ހުރިހާފަރާތަކައް ފެންނަހެން ހުންނަން ވާނެކަމައް އޭގެއިން ބަޔަކުޑައިވް ކޮއްފިއްޔާ އެދިދައިންފެށގެން 200 މީޓަރައްވުރެ ކާރިކުރިމަކީ މަނާކަމެއް ކަމައް މިކަން ނުކޮއް ޑައިވްކޮއްފިއްޔާ އެއްޗަކުން ޖެހުމުގެ ފުރުސަތު ބޮޑު ނުރައްކާ

  5. ހާޖީ

    ތީގައި ދެކޮޅައްވެސް ބަލާލާ! ބިދޭސީ މީހާ މޫދައް ފައިބާ އޮތީ އެންމެ އެކަށީގެންވާ ސަލާމަތީ ކަންކަން ފުރިހަމަ ކޮއްފައިތޯ، ނޫނީ އޭނަ މޫދުގައި އޮތް ދިމާލުގައި ދުއްވާ އުޅަނދު ތަކަށް އިނގޭނެ ނިށާނެއް އިންތޯ!؟