އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ހާދިސަގައި ނިޔާވި ބިދޭސީ މިހާ އޮތީ ދެ ބުރި ވެފައި ކަމަށް އެ މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް މޫދަށް ފައިބައިގެން އުޅެނިކޮށް އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ބިދޭސީ މިހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އދ. ދަނގެއްޗަށެވެ. އެ ރަށަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ ނިޔާވެފައެވެ.

ފީއަލީ ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހުމަދު "ވަގުތަށް" ވިދާޅުވީ އެ ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ދަނގެއްޗަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. އަދި އެ މީހާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ޒަހަމްވެފައި އޮތީ. ގާތްގަނޑަކަށް ދެ ބުރި ވެފަ ކަމަށް ވެސް ބުނެވިދާނެ. އަޅުގަނޑު ދެކުނިން އެ މަންޒަރު." އިމްރާން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން މާމިގިލީ ލޯންޗް ދުއްވަން އިން ކައްޕި މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން މި މައްސަލަ އިތުރަށް ދަނީ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނު

    އެމީހާ ޖަލަށްލާ ހައްޔަރު ކުރުމަކުން އަދި ނުފުދޭ

    34
    2
    • Anonymous

      ރަނގަޅު ވާހަކައެއް

  2. ޙ. ޙުސައިން

    ގާނޫނަށް ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާ ތައް ހިނގުން މަދުކުރަން މަސައްކަތް ކުރަންވެއްޖެ ނޫންތޯ؟

  3. އަމިއްލަ ހިޔާލް

    ހައްޔަރު ކުރުން ރަގަލު، ހައްޔަރު ކުރީ ކަމުގެ ބާވަތައް ބަލާފައި ތަހުގީގް ކުރުމައް ކަމައް މިބަލަނީ، ސަލާމަތީ ގޮތުން ހުރިހާކަމަކައް ވެސް ބަލަން އެބަޖެހޭ ގާނޫނު ހަދާފައި ގާނޫނު ދަށުން ގަވާދް ތަކެއް ހެދިފަ ހުއްޓަސް އަމަލް ކުރުން ނުވަތަ އަމަލް ކުރޭތޯ ކޮންފަރާތަކުން ތޯބަލަނީ،އެއްގަމު އަދީ ކަނޑުމަތީ ގަވާދް ތަކައް އަހުލުވެރި ކޮއް ގާނޫނައް އަދި ގަވާދައް އުޅެނީ ކޮންބައެއްތޯ ބަލާނެ ފަރާތެއް ފުރަތަމަ ހޯދަން ޖެހޭނީ

  4. އަހައްމަދޫ

    އެއްގަމުގަވެސް ހޭކެނޑޭ ވަރައް ދުއްވަނީ. ކަނޑުމަތީ ގަވެސް އެވަރު.ޖައްވައް އެރިއްޖެއްޔާ އެތާގަވެސް...

  5. މެސީ1

    އް. ގަވައިދާ ހިލާފައް އެތެރެވި މިހާ ކުއްވެރި ވާންޖެހޭނީ، ވަގައް އެތެރެވެގެން އުޅޭ ބިދޭސީން މިނިވަން ކަމާ އެކު، ގަވައިދާ ހިލާފައް ދުއްވި ދިވެހި މީހާ ޖަލައް، ވަރައް އިންސާފުވެރި