ގިނަ އަދަދެއްގެ ބައިވެރިންނާއެކު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވައު ކިޑްސް ރަން ބާއްވައިފިއެވެ.

ތިން އުމުރުފުރާ އަކުން 760 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި، ގިނަ ބައިވެރިން ބައިވެރިވި "ބީއެމްއެލް ވައު ކިޑްޒް ރަން" އަކީ ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދުވުމެކެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުން ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރ، ދެ ކިލޯ މީޓަރ އަދި ތިން ކިލޯ މީޓަރގެ ދިގުމިނަށެވެ.

ވައު ކިޑްސް ރަން ބޭއްވި އުމުރުފުރާތައް:

  • 3 އަހަރާއި 5 އަހަރާއި ދެމެދު
  • 6 އަހަރާއި 8 އަހަރާ ދެމެދު
  • 9 އަހަރާއި 11 އަހަރާ ދެމެދު

ބީއެމްއެލްއިން ބުނީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެކެވެ. އެ ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ބާއްވާ އަށްވަނަ ދުވުމެވެ.