މާލޭ ސަރަހައްދަށް މިއަދު އިހްސާސް ކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓުން ހާމަކުރި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މިއަދު 11:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން:

  • ހދ. ހަނިމާދޫ - 42.2 ޑިގްރީ ސެލްސިއަސް
  • ކ. ހުޅުލެ - 43 ޑިގްރީ ސެލްސިއަސް
  • ލ. ކައްދޫ - 43 ޑިގްރީ ސެލްސިއަސް
  • ގދ. ކާޑެއްދޫ - 41.8 ޑިގްރީ ސެލްސިއަސް
  • ލ. ގަން - 40.6 ޑިގްރީ ސެލްސިއަސް

ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ މާލެ ސަރަހައްދުގައެވެ. އެއީ 32.2 ޑިގްރީ ސެލްސިއަސްގައެވެ.

ހަނިމާދޫގެ ފިނި ހޫނުމިން 31.4 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ކައްދޫގައި ފިނި ހޫނުމިން ހުރީ 32.1 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދޫގައި 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގައި 31.7 ޑިގްރީ ސެލްސިއަސްގައި ފިނި ހޫނުމިން ހުރި ކަމަށް މެޓުން ވިދާޅުވެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު ފާއިދުވެދިޔަ ތިން ހަފްތާއަކީ ވަރަށް ބޮޑަށް ވިއްސާރަކުރި ދުވަސްކޮޅެކެވެ. ވިއްސާރަ ކުރުމަށް ފަހު މޫސުން ރަނގަޅުވާން ފަށާގައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެނެވެ.