ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދީފައި ނުވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމާއި ވަރަށް ގުޅުން ހުރި ބިލެއް ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ފެނިގެން ދިޔައީ ރައްޔިތުންގެ ލޮލުގައި އަނދުންތަކެއް އަޅުވިތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރުކާރުގެ ނިމެން ދިޔަ ތިން މަހުގެ ތެރޭގައި ތަފާތު ކަންތައްތަކެއް ކުރި ސަރުކާރެއް ގޮތުގައި ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

"ހުޅުމާލެއަކީ ރާއްޖޭގެ މުޅި ރައްޔިތުންގެ ބޮލުގައި ވަރަށް ބޮޑެތި ދަރަނިތަކެއް އަޅައިގެން ހިއްކާފައިވާ ބިމެއް. ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިން ހަރަދުކޮށްގެން ހިއްކާފައިވާ ބިމެއް. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވެހިކަން ފަހިވެގެން ދިއުމަކީ ވަރަސް އުފާވާ ކަމެއް. ހާއްސަ ގޮތެއްގައި ފާހަގަކުރެވޭނެ މިހާރުގެ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ޒާންމަތުގައި އެ ކުރެއްވި ބޯހިޔާވަހިކަމުގެ މަޝްރޫތަކަކީ މިއަދު ވެސް އެކަމުގެ ލާބައާއި މަންފާ އަދި އުފާވެރިކަން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެމުންދާ އުފާވެރި މަންޒަރުތަކެއް ފެންނަ ހުރި ހަގީގަތެއް." ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކިތައް ބޭފުޅުންނަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދިންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެންމެ ރައްޔިތަކަށް ވެސް ބޯހިޔާވެހިކަމުގެ ފުރުސަތު އެމްޑީޕީއިން ހޯދައިދީފައިނުވާ ކަމަށް ވިދާޅުވެއްޖެއެވެ.

"ހުޅުމާލެއިން ގޯތިތަށް ލިބުނު ފަރާތްތަކަށް ފާހަގަކުރަން ނޭންގޭ ގޯތިތައް ހުރި ތަންތަން. ތިން މަސް ދުވަހަށް ސަރުކާރެއްގެ މައްޗަށް ދޫކޮށްފައިވާ ގޯތިތަކެއް ހަވާލުކުރަން ލާޒިމްކުރާއިރުގައި ކަނޑުއަޑީގައި ގޯތިތައް ހުރިތަނުން ތިން މަސް ތެރޭގައި އެއްވެސް ރައްޔިތުން ގަބޫލެއް ނުކުރައްވާނެ ހަވާލުކުރެވޭނެ ކަމަށް. ތިން މަސް ދުވަހަކީ ހިއްކާފައި ހުރި ތަނަކުން ވެސް ގޯތި ދީފައި ލޭންޑްޔޫސް ޕްލޭން ފުރިހަމަކޮށްފައި ގޯތި ދޫނުކުރެވޭނެ." ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ ނަމުގައި ރައްޔިތުންނަށް ވެފައިވާ ހިޔާނާތުގެ ވާހަކަ ފާހަގަކުރައްވަމުން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިންމާލީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ޔަގީންކޮށްދީގެން ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރޮދިބެ

    ރަނގަޅަށް ތި ބުނީ ހަމަ. އަނގައިން އެ ހިފަހައްޓާ ނިންމާލީ ޗޯރުތައް 5 އަހަރު. ކުޅަދާނަ ދޯ އެކަމަށް. ދެން މީން ޒަމާނަކުވެސް ވެރިކަމަކަށް ނާންނާނެ ޗޯރު ޕާރޓީ މީހަކު އިންޝާﷲ

    15
    13
  2. ޙެހެހ

    ވެގެން ތިއުޅޭގޮތަކީ މީކާއީލްގެ އާއިލީ ބަޔަކަށް ހުޅުމާލެ ހިއްކިބިމުން ގޯތި ލިބެގެން ތިއުޅެނީ ، މީކާއީލް ވެސް ގުޅީފަޅުން ލިބުނުނަމަ ސަރުކާރަށް ބަވާނެ

    14
    5
  3. ސަރަފަކައްދަ

    ރައްޔިތުންނަކަށް ނުދޭނެ! ރާޖޫއަށް ދޭނީ!

    9
    4
  4. ސިފު

    ލައްކަ ރަނގަޅު ވާހަކަ އެއް ނުވީ ތަނަކަށް ދީފަ ހުރި ތަން ތަން ވެސް ރައްޔިތުން އަތުން ޖަހާގަތީ

  5. ޒާ

    އިބޫ ގޯތި ދިނީ ދެން އެކަން ހަޖަމު ނުވިޔަސް އޯކޭ. ކަލޭމެން ދިން ގޯއްޗެއް ދޭން ނިންމި ގޯއްޗެއްވެސްނެތް.

    14
    6
  6. ޕޮގުބާ

    އެމްޑީޕީ ވެރިކަމުގަ ބަށްކަންކޮއްފަ އިތުރުކަމެއް ނުވި

    5
    10
  7. ޕޮގުބާ

    އެމްޑީޕީ ވެރިކަމުގަ ވަށްކަންކޮއްފަ އިތުރުކަމެއް ނުވި

    6
    9
  8. މުހައްމަދު

    މީއަނދިރި ޥެފަހުރި ބްރާންޗެއް