ހުޅުލެ ނެރު ކައިރިން ރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރޭ 23:00 އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި 7 މީހަކަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައެވެ.

އައިޖީއެމްއެޗުން "ވަގުތު"އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލި ކަމަށާއި ނަމަވެސް، އެކަކު އެޑްމިޓްކޮށްގެން އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ.

"މިކޮޅަށް ގެނައި ޕޭޝަންޓުންގެ ތެރެއިން އެންމެ ޕޭޝަންޓެއް މިހާރު މިކޮޅުގައި އެޑްމިޓްކޮށްފައި އޮތީ، ހުރިހާ ޕޭޝަންޓުން ޑިސްޗާޖްކޮށްފި. ވޯޑުގައި އެޑްމިޓްކޮށްފައި އޮތީ." އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ހުޅުލެ ނެރު ކައިރިން ރޭ ހިނގި އެކްސިޑެންޓުގައި ދެ ލޯންޗަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

މިދުވަސްވަރަކީ ކަނޑުމަތީ ހާދިސާތައް ގިނަވަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ހޮނިހިރ ދުވަހުވެސް ވަނީ ލޯންޗެއްގެ ދަށުވެ މީހަކު މަރުވެފައެވެ. އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ހާދިސަގައި ނިޔާވި ބިދޭސީ މިހާ އޮތީ ދެ ބުރި ވެފައި ކަމަށް އެ މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިހާދިސާއާ ގުޅިގެން ލޯންޗު ދުއްވަން އިން ކައްޕި ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޓިޔަރި ކައްދައިދީގެ އާމިނައިދީގެ ކަލޯގެ ފުތާ

    މި ލޯންޗު ދުއްވާ ފަރާއްތަކުން ލޯންޗު ދުއްވަނީ ޖޭމްސްބޮންޑް ފިލްމު ތަކުގަ ދުއްވާ އުސޫލުން އެއްގޮތަކައްވެސް އޭގެ ތެރޭގަ ސޭފްޓީއާ އެކީ މަންޒިލަކައް ދާން އަރާފަ ތިބި ބަޔަކު ތިބި ކަމަކައް ނޫން. ސަރުކާރު ކުންފުނިތަކުގަ ވެހިކަޅްތައްވެސް ދުއްވާމީހުން ހިތަކައް ގޮތެއް ފޮތެއްނެތި ދުއްވަމުން ގެންދަނީ.

    • ސަގަރު

      ވާގޮތަކީ ކަޑު ރަސްގެފާނު ހެދެން ވެގެން ޓިކްޓޮކް ހަދަމުން ރޭސް ޖަހަމުން ކައްޕިން އުޅެނީ. ހަގީގަތުގަ މިމީހުންނަކީ ފެރީ ދުއްވަން މުސާރަ ދީފަ ތިބޭ ބައެއް، ކޮން ކިންގެއް ހެދޭކައް.