އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައި ނުގަންނަ ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

އާސަންދައިން މިހެން ބުނީ ބައެއް ފަރާތްތަކުން ރިކޮމެންޑޭޝަން ފޯމް ބަލައި ނުގަންނަ ކަމަށް ބުނެ ވާހަކަތައް ފެތުރުމާއި ގުޅިގެންނެވެ.

އާސަންދައިން ބުނީ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާނުލާ ކަމަށާއި އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ބޭނުންވާނެ ކަމަށެވެ. މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ހުށަހަޅާނީ ޑޮކްޓަރު ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އާސަންދައިން ކުރި އިއުލާނެއްގައި ބުނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދިއުމަށް ޑޮކްޓަރުން ދޭ އާސަންދަ ރިކޮމެންޑޭޝަން ފޯމް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ ހަމައެކަނި "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މައި އާސްނަދަ ޕޯޓަލް މެދުވެރިކޮށް ރިކޮމެންޑޭޝަން ފޯމާއި ލިޔުންތައް ފޮނުވުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ. އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ބޭރަށް 1،691 މީހުން ފޮނުވާފައިވާކަމަށް އާސަންދަ ތަފާސްހިސާބުތަކުން ދައްކައެވެ.

އާސަންދައިގެ ހިދުމަތް ފުޅާކޮށް ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔޫއޭއީ އަދި ތައިލޭންޑުގައި އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އާސަންދައިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަލަ ދޮގުހަބަރުފަތުރާ ރައްޔަތުންނައްއޮޅުވާލާ ބިރުވެރިކަންއުފައްދަން މަސައްކަތްކުރާބަޔަކައްފިޔަވަޅުނެޅޭތީ މިގައުމުހަލާކުވަނީ ހިޔާނާތެރިން އަނިޔާވެރިން މި